ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
މިސްރުގެ އިސްލާމީ ޢިލްމުވެރިޔާ ޒަޣްލޫލް އައްނައްޖާރު އަވަހާރަވެއްޖެ
ދުނިޔެ

މިސްރުގެ އިސްލާމީ ޢިލްމުވެރިޔާ ޒަޣްލޫލް އައްނައްޖާރު އަވަހާރަވެއްޖެ

އއިބްރާހީމްް ސަމީރު10 ނޮވެމްބަރު 2025
މިޞްރުގެ މަޝްހޫރު ޢިލްމުވެރިޔާ އަދި ޖިއޮލޮޖިސްޓް ޑރ. ޒަޣްލޫލް އައްނައްޖާރު އަވަހާރަވެއްޖެއެވެ. ޑރ. އައްނައްޖާރަކީ، އިސްލާމީ ފިކުރާއި ސައިންސުގެ ދާއިރާއަށް ދިގު މުއްދަތަކަށް ހިދުމަތްތަކެއް ކުރެއްވި ސައިންޓިސްޓެކެވެ. އަދި ދަންނަބޭކަލެކެވެ. އުމުރުފުޅުން 92 އަހަރުގައި ޑރ. އައްނައްޖާރު އަވަހާރަވީ އާދީއްތަ ދުވަހު ޖޯޑަންގެ އައްމާނުގައެވެ. ޑރ. ޒަޣްލޫލް އައްނައްޖާރު އުފަންވެވަޑައިގަތީ 1933 ވަނަ އަހަރު މިޞްރުގެ ޣަރްބިއްޔާ ގަވަރުނަރޭޓްގައެވެ. އޭނާއަކީ ޖިއޮލޮޖީގެ ދާއިރާއިން ޕީއެޗްޑީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. ދަންނަބޭކަލެއްގެ ހައިސިއްޔަތުން ޤުރުއާނުގައިވާ ސައިންސާ ގުޅުންހުރި މުޢުޖިޒާތްތައް ދިރާސާކުރައްވައި އެކަންކަން އާންމުންނަށް ތިލަކޮށްދެއްވުމުގައި އޭނާއަކީ އިސްދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. އޭނާ އަވަހާރަވުމުގެ ޚަބަރު އިއުލާނު ކޮށްފައި ވަނީ ނޮވެމްބަރު 9 ވަނަ ދުވަހުއެވެ. އައްނައްޖާރު އަވަހާރަވީ ޖޯޑަންގެ އައްމާނުގައެވެ. ކަށުނަމާދު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 10 ވަނަ ދުވަހު މެންދުރު ނަމާދަށްފަހު އަބޫ އާއިޝާ މިސްކިތުގައެވެ. އަދި ފަސްދާނުލެވޭނީ އުންމުލް ޤުތައިން ގަބުރުސްތާނުގައެވެ. ޑރ. އައްނައްޖާރު ވަނީ ޔުނިވަރސިޓީ އޮފް ވޭލްސް އިން ޕީއެޗްޑީ ހާސިލުކުރައްވައިފައެވެ. އަދި، އޭނާއަކީ، ޤުރުއާނާއި ސުންނަތުގައިވާ ސައިންސުގެ މުޢުޖިޒާތްތައް ދިރާސާކުރާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާގެ ބާނީ އަދި މެންބަރެއް ވެސް މެއެވެ. އޭނާ އަވަހާރަވުމާ ގުޅިގެން، ބައިނަލްއަޤްވާމީ މުސްލިމް ޢިލްމުވެރިންގެ އިއްތިހާދުން ވަނީ ތަޢުޒިޔާ ފޮނުއްވާފައެވެ. އެ އިއްތިހާދުން ވިދާޅުވީ، ޑރ. އައްނައްޖާރަކީ "ސައިންސާއި ހިކުމަތުގެ އަލީގައި އީމާންކަން ވަރުގަދަކުރެއްވި އިޚްލާސްތެރި ދަންނަބޭކަލެއް" ކަމުގައެވެ. އޭނާގެ ތަރިކައަކީ، ޤުރުއާނުގައިވާ ޖިއޮލޮޖީ، އެސްޓްރޮނޮމީ އަދި ބަޔޮލޮޖީއާ ގުޅުންހުރި ނައްސުތައް ދިރާސާކުރައްވައި އެކަމާ ބެހޭ ގިނަ ފޮތްތަކާއި ޓީވީ ޕްރޮގްރާމްތައް އުފެއްދެވުމެވެ.

ގުޅުންހުރި ޚަބަރު