ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ބޭރު ފައިސާގެ ރިޒާވަށް ބޮޑުކުރިއެރުމެއް
ދުނިޔެ

ބޭރު ފައިސާގެ ރިޒާވަށް ބޮޑުކުރިއެރުމެއް

އއިބްރާހީމްް ސަމީރު17 ސެޕްޓެމްބަރު 2024
އިންޑިއާގެ ބޭރު ފައިސާގެ ރިޒާވަށް މިއަހަރު 66 ބިލިއަން ޑޮލަރު އިތުރުވެއްޖެއެވެ. އެއާއެކު ބޭރު ފައިސާގެ ޖުމުލަ ރިޒާވް ވަނީ، 689.235 ބިލިއަން ޑޮލަރަށް އިތުރު ވެފައެވެ. މިއީ މިފަހުން މިހާ ބޮޑުކޮށް ރިޒާވް އިތުރުވި ފަހަރެވެ. ރިޒާވް ބެންކު އޮފް އިންޑިއާއިން މި ހަފްތާގައި އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު ބޭރުފައިސާގެ ރިޒާވްގެ ތެރޭން މިހާރު ރަނުގެ ރިޒާވްގެ އަގުގެ ނިސްބަތަކީ 61.988 ބިލިއަން ޑޮލަރެވެ. އިންޑިއާގެ ބޭރުގެ ރިޒާވްގެ މި އަދަދުތަކުން، ލަފާކުރެވެނީ، އިންޑިއާގެ ފޮރިން އެކްސްޗޭންޖް ރިޒާވް މިހާރު ގާތްގަނޑަކަށް އަހަރެއްހާ ދުވަހުގެ ލަފާ ކުރެވޭ އިމްޕޯޓް ފޫބެއްދުމަށް ފުދޭނެ ކަމަށެވެ. ނިމި ދިޔަ އަހަރު 2023 ގައި އިންޑިއާގެ ފޮރިން އެކްސްޗޭންޖް ރިޒާވަށް އިތުރުވީ، ގާތްގަނޑަކަށް 58 ބިލިއަން ޑޮލަރެވެ. އޭގެ ކުރީ އަހަރަކީ ކޯވިޑާ ހެދި ބޭރު ފައިސާގެ ރިޒާވް އިތުރު ނުވެ ދަށްވި އަހަރަކެވެ. އެއަހަރު 71 ބިލިއަން ޑޮލަރު އުނިވެފައި ވެއެވެ. ޤައުމެއްގެ ފޮރިން އެކްސްޗޭންޖް ރިޒާވަކީ އެޤައުމެއްގެ މަރުކަޒީ ބޭންކެއް ނުވަތަ މަނިޓަރީ އޮތޯރިޓީއެއްގެ އަތުގައި ހުންނަ އެސެޓްތަކެކެވެ. ބޭރު ފައިސާގެ ރިޒާވް އާންމުކޮށް ހިފަހައްޓަނީ ރިޒާވް ފައިސާގައި އާންމުކޮށް ބޭނުން ކުރާ އެމެރިކާ ޑޮލަރާއި، ކޮންމެވެސް މިންވަރެއްގެ ޔޫރޯ، ޖަޕާނު ޔެން، އަދި އިނގިރޭސި ޕައުންޑުންނެވެ.

ގުޅުންހުރި ޚަބަރު