ދިވެހި|English 9 ޖުލައި 2026 · 05:12
Top banner
Advertisement
ފަލަސްޠީނު މީހުންގެ ގުނަވަންތަކުން ޔަހޫދީން ވައްކަން ކުރަނީ
ދުނިޔެ

ފަލަސްޠީނު މީހުންގެ ގުނަވަންތަކުން ޔަހޫދީން ވައްކަން ކުރަނީ

އއިބްރާހީމްް ސަމީރު10 ނޮވެމްބަރު 2025
އިސްރާއީލުން ފަލަސްތީނުގެ ފަރާތްތަކާ ހަވާލުކުރި މަރުވެފައިވާ ފަލަސްތީނުގެ ރައްޔިތުންގެ ހަށިގަނޑުތަކުން ގުނަވަންތައް ވަގަށް ނަގާފައިވާކަމުގެ ހެކިތައް ފެންނަ ކަމަށް، ފަލަސްޠީނު ދަރިކޮޅުގެ ޔޫކޭގެ މަޝްހޫރު ޕްލާސްޓިކް އަދި ރީކޮންސްޓްރަކްޓިވް ސާޖަން ޑރ. ޣައްސާން އަބޫ ސިއްތާ ވިދާޅުވެއްޖެއެވެ. އަބޫ ސިއްތާ ވިދާޅުވީ މިކަން ކޮށްފައިވަނީ ވަރަށް ހުނަރުވެރިކަމާއެކު ކަމަށާއި ކަން ކޮށްފައިވާ ގޮތުން ސާބިތު ވަނީ މިއީ ގުނަވަންތައް ވަގަށް ނަގަން ކޮށްފައިވާ ކަމެއް ކަމަށެވެ. ޑރ. އަބޫ ސިއްތާ ވަނީ ޖެނޮސައިޑް ހަނގުރާމައިގެ ތެރޭގައި އެތައް މަހެއް ވަންދެން ޣައްޒާގެ ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރައްވާފައެވެ. ޑރ. އަބޫ ސިއްތާ ފާހަގަކުރެއްވި ގޮތުގައި، ޔަހޫދީން ވަގަށް ނަގާފައި ވަނީ ހިތާއި ފުއްޕާމޭ، ފުރަމޭ، ގުރުދާ އާއި ލޮލުގެ ކަޅި އެވެ. މި ޕްލާސްޓިކް އަދި ރީކޮންސްޓްރަކްޓިވް ސާޖަން އިތުރަށް ވިދާޅުވީ، ގުނަވަންތައް ނަގާފައިވާ ގޮތުން ސާބިތު ވަނީ މިކަން ކޮށްފައި ވަނީ ހުނަރުވެރި ބަޔެއް ކަމަށެވެ. އަދި އޭނާ ވިދާޅުވީ، ގުނަވަން ނެގުމުގެ ވައްޓަފާޅިން ފެންނަ ގޮތުގައި މޭމަތީގެ ކަށިތައް ވަނީ ތޫނު އާލާތަކުން ކީހާފައެވެ. އަދި އެކަން ކޮށްފައި ވަނީ ބޭނުން ނޫން ގުނަވަންތަކަށް އެއްވެސް ގެއްލުމެއް ނުވާނެހެން ހިތާއި ފުއްޕާމޭ ނެގުމަށް މަގުފަހިކުރުމަށް ޓަކައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ގުނަވަންތައް ނަގާފައިވާ އެންމެންގެ ހަންގަނޑު ވަނީ ލިކުއިޑް ނައިޓްރޮޖަންއިން އަންދާފައެވެ. އެއީ ޓިޝޫ ރައްކާތެރިކުރުމަށް ބޭނުންކުރާ ކެމިކަލެކެވެ. ޑރ. އަބޫ ސިއްތާ ވިދާޅުވީ، ޔަހޫދީން ވަގަށް ނަގަން ބޭނުން ނުވި އެހެން އެއްވެސް ގުނަވަނަކަށް ގެއްލުމެއް ދީފައެއް ނުވެއެވެ. މާނައަކީ، އެކަން ކޮށްފައި ވަނީ ތަޖުރިބާކާރު ފަޅާ ޑޮކްޓަރަކު ސާޖަރީއެއް ކުރާ ބީދައިންނެވެ. އަދި އިތުރަށް އޭނާ ފާހަގަ ކުރެއްވީ ގުނަވަންތައް ވަގަށް ނެގިއިރު އެމީހުން ދިރިތިބި ކަމަށެވެ! ޔަހޫދީން ގުނަވަން ވަގަށް ނަގާފައި ހަވާލުކޮށްފައިވާ 135 މީހެއްގެ ހަށިގަނޑު ފަލަސްޠީނުން ބަލައިގެންފައި ވެއެވެ. ޖެނޮސައިޑް ހަނގުރާމައިގައި ޔަހޫދީން ހިންގާފައިވާ މި ޖަރީމާގެ ޑޮކިއުމެންޓްތަކާއެކު ބައިނަލްއަގްވާމީ ޑޮކްޓަރުންގެ ޓީމަކުން ވަނީ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހަޅާފައެވެ. ޔަހޫދީންގެ ބޮޑު ވަޒީރާއި ސިފައިންގެ މިނިސްޓަރަކީ އެ ކޯޓުން ހޯދަން ނޯޓިސް ނެރެފައިވާ މީހުންނެވެ.

ގުޅުންހުރި ޚަބަރު