ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ލާލް ކިއްލާކައިރީގައި ގޮވުން: 8 މީހުން މަރުވެ 24 މީހުން ޒަޚަމްވެއްޖެ
ދުނިޔެ

ލާލް ކިއްލާކައިރީގައި ގޮވުން: 8 މީހުން މަރުވެ 24 މީހުން ޒަޚަމްވެއްޖެ

އއިބްރާހީމްް ސަމީރު11 ނޮވެމްބަރު 2025
އިންޑިއާގެ އެންމެ ބޮޑު އެއް ސަރަހައްދު ކަމަށްވާ ދިއްލީގައި މިރޭ ބާރުގަދަ ގޮވުމެއް ގޮވައިގެން އަށް މީހުން މަރުވެ، 24 މީހުން ޒަޚަމްވެއްޖެއެވެ. މި ގޮވުން ގޮވާފައި ވަނީ ޗާންދްނީ ޗޯކް މެޓްރޯ ސްޓޭޝަން ކައިރީގައި އޮތް ކާރެއްގައެވެ. މި ހާދިސާ ހިނގާފައި ވަނީ ރޭގަނޑު 7:00 ހާއިރެވެ. ގޮވުމުގެ ސަބަބުން ސަރަހައްދުގައި ހުރި ކާރުތައް ވަނީ ބައިބަޔަށް ވެއްޓި، އުޅަނދުތައް އެކި ދިމަދިމާލަށް އެއްލާލާފައެވެ. ދިއްލީ ފުލުހުންގެ މަސްދަރުތަކުން ބުނެފައި ވަނީ މިއީ ވަރަށް ބާރުގަދަ ގޮވުމެއް ކަމަށެވެ. ގޮވުމުގެ ސަބަބުން ކާރެއްގެ ދޮރުތައް ވަނީ ބުރައިގެން ގޮސްފައެވެ. އަދި އެހެން ކާރެއް ވަނީ މުޅިން ބައިބައިވެފައެވެ. އަނެއް ކާރެއްގެ ވިންޑްސްކްރީން ވަނީ ތަޅާލާފައެވެ. ބިންމަތީގައި މީހުންގެ ހަށިގަނޑުތައް ފެންނަން ހުއްޓެވެ. ޗާންދްނީ ޗޯކް މެޓްރޯ ސްޓޭޝަން ކައިރީގައި ކާރެއް ގޮވާފައިވާ ކަމުގެ މައުލޫމާތު ލިބުމާއެކު، ދިއްލީ ފަޔަރ  އިން ވަގުތުން ހަތް ޔުނިޓް އެ ސަރަހައްދަށް ފޮނުވިއެވެ. އަދި ރޭގަނޑު 7:29 ގައި އަލިފާން ވަނީ ކޮންޓްރޯލް ކުރެވިފައެވެ. މި ހާދިސާ ހިނގި ސަރަހައްދަށް ފަހުން 20 ފަޔަރ އިންޖީނު ފޮނުވާފައި ވެއެވެ. އަދި ފުލުހުން ވަނީ މުޅި ސަރަހައްދު ބަންދުކޮށްފައެވެ. މި ސަރަހައްދަކީ އަހަރުގެ ތެރޭގައި ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާ ތަނެކެވެ. ލާލް ކިއްލާ (ރެޑް ފޯޓް) އަކީ މުސްކުޅި ދިއްލީ ސަރަހައްދުގައި ހުންނަ އެންމެ މަޝްހޫރު ފަތުރުވެރިންގެ މަންޒިލެކެވެ. ގޮވުމުގެ ބާވަތް އަދިވެސް އެނގިފައެއް ނުވެއެވެ. މި ހާދިސާއާ ގުޅިގެން މުމްބާއީ، ޖައިޕޫރު، އުއްތަރު ޕްރަދޭޝް އަދި އުއްތަރާކަންދް ގައި ވަނީ ތައްޔާރީ ހާލަތަށް ގެނެސްފައެވެ.

ގުޅުންހުރި ޚަބަރު