ދިވެހި|English 9 ޖުލައި 2026 · 05:09
Top banner
Advertisement
އަނބިމީހާ "ހަވަރަށްދިން" ކާފަބޭ ދޫކޮށްގެން ނުވާނެ
ދުނިޔެ

އަނބިމީހާ "ހަވަރަށްދިން" ކާފަބޭ ދޫކޮށްގެން ނުވާނެ

އއިބްރާހީމްް ސަމީރު18 ސެޕްޓެމްބަރު 2024
އަނބިމީހާ މަސްތުގެ ހާލަތަށް ގެނެސް ހިލޭ ފިރިހެނުން ލައްވައި ރޭޕްކުރުވި ކާފައަކު ކޯޓުގައި ބުނެފައި ވަނީ އެކަމުގައި ތުހުމަތު ކުރެވޭ އެހެން މީހުންނެކޭ އެއްފަދައިން އޭނާއަކީވެސް ރޭޕިސްޓެއް ކަމަށެވެ. ފްރާންސްގެ ވެރިރަށް ޕެރިހުގައި ކުރިއަށްދާ ޝަރީއަތުގައި ރޭޕިސްޓް ޑޮމިނިކް ޕެލިކޯ ފުރަތަމަފަހަރަށް ވާހަކަ ދެއްކީ އިއްޔެއެވެ. އޭނާއާއެކު އަންހެނުން ރޭޕްކުރުމުގައި ބައިވެރިވި 50 މީހުންވެސް ކޯޓަށް ހާޒިރުކޮށްފައި ތިއްބެވެ. އުމުރުން 71 އަހަރުގެ ޑޮމިނިކް ޕެލިކޯ ގެ ޖަރީމާ ބޭޒާރުވީ ޝޮޕިން މޯލެއްގެ ފިހާރަތަކުން އަންހެނުންގެ ޖަނގިޔާތަކެއް ވީޑިއޯ ކުރަން އުޅުމުގެ ތެރޭގައި ފުލުހުންނަށް ރިޕޯޓު ކުރުމުން އޭނާއާ މެދު ޝައްކުވެގެން އޭނާގެ ގެ ފާސް ކުރުމުންނެވެ. ޕެލިކޯ ވަނީ އޭނާގެ ދަޢުވަތަށް އަންހެނުން ރޭޕްކޮށްދޭން އައި މީސްމީހުންގެ ހިސާބުކިތާބު ނިކަން ބަރާބަރަށް ބަލަހައްޓާފައެވެ. އެމީހުން ޖަރީމާ ހިންގާއިރު ޕެލިކޯ މަންޒަރު ބަލަން އިނދެއެވެ. އޭނާގެ މައްޗަށް ދައުވާ އުފުލުމުން އޭނާގެ ކުރީގެ އަންހެނުން ޖިސެލް ބޭނުންވީ މި ޝަރީޢަތް ދުރަށް ދައްކައިގެން ކުރިއަށް ގެންދިޔުމަށެވެ. އޭނާ ބުނީ ރޭޕިސްޓުންނާ ދެކޮޅަށް މީހުން ހޭލުންތެރި ކުރަން ޖެހޭ ކަމަށެވެ. ޕެލިކޯގެ ލިސްޓުގައި ހިމެނޭ 50 މީހުންގެ ތެރޭން 14 މީހުން ވަނީ މި ހާތަނަށް ރޭޕް ކުރިކަމަށް އިއުތިރާފް ވެފައެވެ. ކާފަ ބޭގެ ޝަރީއަތް އިއްޔެ ބާއްވާފައި ވަނީ އޭނާ ކެއްސާތީ އުޅުމުން ޑޮކްޓަރަށް ދެއްކުމަށް ޝަރީއަތް މެދުކަނޑާލި ފަހުންނެވެ. މި ބޭގެ ދެމަފިރިންނަށް އަންހެން ކުއްޖަކު ލިބިފައިވެއެވެ.

ގުޅުންހުރި ޚަބަރު