ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
އެމެރިކާގައި މުސްލިމުން ވަނީ މަތިފަޑިއާ ދިމާއަށް މިސްރާބު ޖަހާފައި
ދުނިޔެ

އެމެރިކާގައި މުސްލިމުން ވަނީ މަތިފަޑިއާ ދިމާއަށް މިސްރާބު ޖަހާފައި

އއިބްރާހީމްް ސަމީރު11 ނޮވެމްބަރު 2025
އެމެރިކާގެ މުސްލިމުން ދަނީ އެމީހުންގެ މުޖުތަމައުތައް ތަމްސީލު ކުރާ ބާރަކަށް ވަމުންނެވެ. މިއީ 11 ސެޕްޓެމްބަރުގައި ޔަހުދީން ގެ ޖާސޫސީ އިދާރާއިން ޓުއިން ޓަވަރު ގޮއްވާލި ހާދިސާގައި މުސްލިމުން ބަދުނާމުކޮށް މުސްލިމުން ނުބައި މީސްކުރުމަށް ހިންގި ކެމްޕޭނާ ދިމާ އިދިކޮޅު މަންޒަރެކެވެ. މިއަދު މުސްލިމުން ފެންނަނީ ބާރުވެރި މަގްބޫލު އިތުބާރު ހިފޭ ޒުވާން ލީޑަރުންގެ ގޮތުގައެވެ. އެގޮތުން މުސްލިމުންގެ ސިޔާސީ ގޮތުން ހަރަކާތްތެރި ޖީލެއް މިހާރު ވަނީ ލީޑަރޝިޕްގެ ދައުރުތަކަށް ނިކުމެފައެވެ. އިންތިޚާބު ކާމިޔާބު ކުރި ޒުވާން މުސްލިމު ލީޑަރުން: 2025 ވަނަ އަހަރު އެމެރިކާގައި ނިމިގެން މިދިޔަ އިންތިޚާބުތަކުގައި، ލޯކަލް، ސްޓޭޓް އަދި ފެޑެރަލް ފެންވަރުގައި ޖުމްލަ 38 މުސްލިމް ކެންޑިޑޭޓުން ވަނީ ގޮނޑި ކާމިޔާބުކޮށްފައެވެ. މިއީ އެމެރިކާގެ ތާރީޚުގައި މިހާތަނަށް މުސްލިމުން ބާރުވެރި  މަގާމުތައް ހޯދިކަމަށް ރެކޯޑް ކުރެވުނު އެންމެ މަތީ އަދަދެވެ. މި ކާމިޔާބީއަކީ އެމެރިކާގެ ސިޔާސީ މައިދާނުގައި މުސްލިމް ކޮމިއުނިޓީގެ ބާރު އިތުރުވަމުންދާކަން ހާމަކޮށްދޭ ކަމެކެވެ. މިއީ އެމެރިކާގެ ޑިމޮގްރަފީއަށް އަންނަ ބަދަލުތަކުގެ ތެރެއިން ފެންނަ މަންޒަރެކެވެ. މި ރެކޯޑް އަދަދުގެ ތަމްސީލުވުމަކީ އެމެރިކާގެ ސިޔާސަތުތަކަށް މުސްލިމް ކޮމިއުނިޓީގެ އަސަރު ފޯރުވުމަށް ލިބުނު ބޮޑު ފުރުސަތެކެވެ.

ގުޅުންހުރި ޚަބަރު