ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
ފޮތްތަކަށް ބަދަލު ގެނެސް ބަގަރާ ސޫރަތް އުނި ކުރަން އުޅެނީ ކީއްވެ؟
ދުނިޔެ

ފޮތްތަކަށް ބަދަލު ގެނެސް ބަގަރާ ސޫރަތް އުނި ކުރަން އުޅެނީ ކީއްވެ؟

އއިބްރާހީމްް ސަމީރު11 ނޮވެމްބަރު 2025
ފަލަސްޠީނު މީހުން އެމީހުންގެ ބިމަށާއި މިނިވަންކަމަށް ހަނގުރާމަ ކުރަމުންދާ އިރު އެހެން ހަނގުރާމައެއްގައި ވެސް އެމީހުން ދަނީ އަވަދިނެތި ވަގުތު ހޭދަ ކުރަމުންނެވެ. އިޒްރޭލުގެ ފިއްތުމާއެކު އެމެރިކާއާއި ޔޫރަޕުން ދަނީ ފަލަސްޠީނުގެ ސްކޫލުތަކުގެ މަންހަޖާއި ޓެކްސްޓް ފޮތްތަކަށް ބަދަލު ގެނައުމަށް މަޖުބުރު ކުރަމުންނެވެ.
ބަދަލު ގެނައުމަށް މަޖުބޫރު ކުރާ ތަކެއްޗަކީ ޔަހޫދީންގެ ހިޔަޅުކަމާއި މުނާފިގު ކަމާ ބެހޭ ގޮތުން ބާވައިލެއްވި ފޮތުގައި އައިސްފައިވާ ވާހަކަތަކާއި؛ ފަލަސްޠީނުގެ އަސީރުންނަށާއި މުޖާހިދުންނާ ބެހޭ ގޮތުން ދައްކާ ވާހަކަތަކާއި؛ މިނިވަންކަމަށް މަސައްކަތް ކުރާ މީހުންނާ ބެހޭ ގޮތުން ދައްކާ ވާހަކަތަކާއި؛ ޤުދުސްއާއި މަސްޖިދުލް އަގްސާ އާ ބެހޭ ގޮތުން ދައްކާފައިޥާ ވާހަކަތަކާއި؛ ހިފާފައިޥާ ފަލަސްޠީނުގެ ނަސްލު ސާފުކޮށްފައިވާ އައްކާއާއި އަސްޤަލާނާއި ޔާފާއާ ބެހޭ ވާހަކަތަކާއި؛ ފަލަސްޠީނުގެ ޗާޓް ދެއްކުމުގެ ބަދަލުގައި އިޒްރޭލު ޗާޓު ދެއްކުމަށާއި؛ ބަގަރާ ސޫރަތް ނުހިމެނުމަށާއި؛ 1948ގެ ޖެނޮސައިޑްގެ ވާހަކަތަކެވެ.
އެމެރިކާއާއި ޔޫރަޕުން ބުނަނީ ޔުނެސްކޯގެ މިންގަނޑުތަކާއެއް ގޮތަށް ފޮތްތައް ބަހައްޓާށެވެ. އަދި ދުނިޔޭގެ އިންސާނީ ހައްގަށް ރިއާޔަތް ކުރާށެވެ. ޔައުނީ ޔަހޫދީންގެ ނުލަފާ ވާހަކަ ނުދައްކާށެވެ! މަގާމުގެ ގެރެންޓީ ހަމަވެފައިވާ ފަލަސްޠީނުގެ އައްބާސް މަގާމުގައި ގިނަ ދުވަސް ވޭތިކުރުމަށް ފަހު އޭނާ ވަނީ މި ތިން ބާރަށް ދީލާލާފައެވެ. ޔަހޫދީން ވަގަށް ނަގައިގެން ޖަލަށް ލާފައިޥާ އަސީރުންގެ އާއިލާތަކަށް ޒަމާނުއްސުރެން ދެމުން އައި މާލީ އިނާޔަތްތައް ނުދޭން އައްބާސް ވަނީ ނިންމާފައެވެ. އަދި އައްބާސް ވަނީ އދގެ އާންމު ޖަލްސާގައި ވާހަކަ ދައްކަމުން ޔުނެސްކޯގެ މިންގަނޑާ އެއް ގޮތަށް ފޮތްތައް ބަދަލު ކުރާނެ ކަމުގެ ޔަގީންކަން ދީފައެވެ. ފަލަސްތީނުގެ އެޑިއުކޭޝަން މިނިސްޓްރީގެ ކަރިކިއުލަމް ސެންޓަރުގެ ކުރީގެ ވެރިޔާ ސަރުވަތު އަލްކީލާނީ ވިދާޅުވާ ގޮތުގައި އިސްރާއީލުން ދެކެނީ "ޒަޔަނިޒަމްގެ ހުތުރު ނަން ފާހަގަކޮށް، ފަލަސްތީނުގެ ހަނގުރާމައިގެ ވާހަކަ ދެއްކުމާއި، ފަލަސްތީނުގެ ރައްޔިތުންނާއި އެމީހުންގެ ތާރީޚީ ލީޑަރުންގެ މަސައްކަތަށް އަލިއަޅުވާލުމަކީ އަނިޔާވެރިކަމާއި ނަފްރަތަށް ބާރުއެޅުން" ކަމަށެވެ. އޭނާ ވިދާޅުވަނީ އެމެރިކާއާއި ޔޫރަޕިއަން ޔޫނިއަން އިން އިސްރާއީލުގެ ވާގިވެރިކަމާއެކު ބޭނުން ވަނީ ފަލަސްތީނުގެ ތައުލީމީ މަންހަޖުތަކަށް އިސްރާއީލުގެ ކޮންސެޕްޓްތަކާއި ނަންތަކާއި ވާހަކަތައް ހިމަނާށެވެ. މިކަމުގައި މަކަރުވެރި ރޭވުން ރާވާ އެއްފަރާތަކީ ޖަރުމަނެވެ. ޖަރުމަންގެ ޖޯޖް އެކަރޓް ފައުންޑޭޝަނަށް ޔޫރަޕިއަން ޔޫނިއަން އިން ފައިސާ ދީގެން ހަދާފައިވާ ދިރާސާއެއްގައި ވަނީ މަތީގައި ބުނެފައިވާ ކަންކަން މުގައްރަރާއި ފޮތްތަކުން އުނިކުރުމަށް އަންގާފައެވެ.

ގުޅުންހުރި ޚަބަރު