ދިވެހި|English 9 ޖުލައި 2026 · 04:21
Top banner
Advertisement
ސަލާމަތީ ސަބަބުތަކަށްޓަކައި ޗައިނާގެ ކެމެރާތައް ނަގައިފި
ދުނިޔެ

ސަލާމަތީ ސަބަބުތަކަށްޓަކައި ޗައިނާގެ ކެމެރާތައް ނަގައިފި

އއިބްރާހީމްް ސަމީރު18 ސެޕްޓެމްބަރު 2024
ދެކުނު ކޮރެއާގެ ސިފައިންގެ މަރުކަޒުތަކެއްގައި ބޭނުން ކުރަމުން ދިޔަ ޗައިނާއިން އުފައްދާފައިވާ 1300 ކެމެރާއެއް ނަގައިފިއެވެ. މި ސީސީޓީވީ ކެމެރާތައް ފަރުމާކޮށްފައި ވަނީ އެއިން ފެންނަ މަންޒަރުތައް ޗައިނާގައި ހުންނަ ސަރވަރަކަށް ފޯރުވައިދޭ ގޮތަށް ކަމަށް ދެކުނު ކޮރެއާއިން ބުނެއެވެ. ސަލާމަތީ ކަންބޮޑުވުންތަކާ ގުޅިގެން ޗައިނާގެ ސަވައިލެންސް އިކުއިޕްމަންޓްތަކާ ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި ފިޔަވަޅު އެޅުން ވަނީ އާންމު ކަމަކަށް ވެފައެވެ. ދެކުނު ކޮރެއާގެ ނޫސް އެޖެންސީ ޔޮންހަޕް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ދެކުނު ކޮރެއާގެ ސިފައިންގެ މަޢުލޫމާތު ޗައިނާއަށް ފޮނުވަން ބޭނުންކުރެވިދާނެކަން އެނގުމުން 1،300 އަށް ވުރެ ގިނަ ސަވައިލެންސް ކެމެރާ ނަގަން މަޖުބޫރުވެފައި ވެއެވެ. ޔޮންހެޕްއިން ބުނެފައި ވަނީ، ދެކުނު ކޮރެއާގެ ކުންފުންޏަކުން ސަޕްލައިކޮށްފައިވާ މި ކެމެރާތަކަކީ "ޗައިނާގެ ވަކި ސާވަރަކާ ގުޅައިގެން މަންޒަރުތައް ދުރަށް ފޮނުވޭ ގޮތަށް ފަރުމާކޮށްފައިވާ ކެމެރާތަކެއް ކަން އެނގުނު" ކަމަށެވެ. ކޮރެއާގެ ޖާސޫސީ އިދާރާތަކަށް މިކަން ފާހަގަ ވެފައި ވަނީ މިދިޔަ ޖުލައި މަހު އަސްކަރީ ސާމާނުތައް ޗެކް ކުރުމުގެ ތެރެއިން ކަމަށް ވެސް ބުނެފައި ވެއެވެ. މި އިން ބައެއް ކެމެރާތަކަކީ އުތުރު ކޮރެއާގެ ބޯޑަރު ކައިރީގައި ބަހައްޓާފައި ހުރި ތަކެއްޗެވެ. މިވާހަކަތައް ގެނސްދިނުމަށްފަހު ޔޮންހެޕްއިން ބުނެފައި ވަނީ "ހަގީގަތުގައި އެއްވެސް ޑޭޓާއެއް ލީކުވެފައެއް ނުވޭ،" މިފަދައިންނެވެ.

ގުޅުންހުރި ޚަބަރު