ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
އިންޑިއާއިން ވެނެޒުއޭލާއަށް 2.7 ޓަނުގެ ވެކްސިން ފޮނުވައިފި
ދުނިޔެ

އިންޑިއާއިން ވެނެޒުއޭލާއަށް 2.7 ޓަނުގެ ވެކްސިން ފޮނުވައިފި

އއިބްރާހީމްް ސަމީރު12 ނޮވެމްބަރު 2025
އިންޑިއާއިން ވަނީ ލެޓިން އެމެރިކާގެ ގައުމެއް ކަމަށްވާ ވެނެޒުއޭލާއަށް 2.7 ޓަނުގެ ވެކްސިން ފޮނުވާފައެވެ. މިއީ ގްލޯބަލް ސައުތު އިނިޝިއޭޓިވްގެ ދަށުން ބައިނަލްއަޤްވާމީ ސިއްހީ އެއްބާރުލުން ވަރުގަދަ ކުރުމަށް އިންޑިއާއިން ވެދޭ އެހީއެއް ކަމަށް އެގައުމުގެ ޚާރިޖީ ވުޒާރާއިން ބުނެއެވެ. އިންޑިއާގެ ޚާރިޖީ ކަންތައްތަކާ ބެހޭ ވުޒާރާ އިން އިއުލާނުކުރި ގޮތުގައި މި ޝިޕްމަންޓަކީ ދެކުނު-ދެކުނު އެއްބާރުލުމުގެ ތެރެއިން ދެމުންގެންދާ އިންސާނީ އެހީގެ ބައެކެވެ. މި ވެކްސިންތަކުގެ މަޤްސަދަކީ ވެނެޒުއޭލާގެ އާންމު ސިއްހަތުގެ އޮނިގަނޑު ވަރުގަދަ ކުރުމާއި، އެތައް ހާސް ބަޔަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. ތަރުޖަމާނު ރަންދީރު ޖައިސްވާލް އެކްސްގައި ހިއްސާކުރެއްވި ބަޔާނެއްގައި، ވަނީ ދުނިޔޭގެ ސިއްހީ ހަމަހަމަކަން ގާއިމުކުރުމަށް އިންޑިއާއިން ދޭ އަހަންމިއްޔަތު ފާހަގަކުރައްވާފައެވެ. އިންޑިއާއަކީ ދުނިޔޭގެ ބޭސްތަކުގެ ބޮޑު މަރުކަޒެއްގެ ގޮތުގައި ބެލެވޭއިރު، މިފަދަ އެހީތައް ދިނުމަކީ ގްލޯބަލް ސައުތު ގައުމުތަކަށް އެހީތެރިވުމުގެ ގޮތުން ކުރިއަށް ގެންދާ މުހިންމު މަސައްކަތެކެވެ. އިންޑިއާއާއި ވެނެޒުއޭލާއާ ދެމެދު 60 އަހަރަށް ވުރެ ދިގު މުއްދަތެއްގެ ޑިޕްލޮމެޓިކް ގުޅުން އޮވެއެވެ. މި ގުޅުންތައް ވަރުގަދަކުރުމުގެ ގޮތުން ކަރަކަސް އާއި ނިއުދިއްލީގައި އެމްބަސީތައް ގާއިމުކޮށްފައިވެއެވެ. ދެ ގައުމުގެ ދެމެދު އެއްބާރުލުން އޮންނަ މައިގަނޑު ދާއިރާތަކުގެ ތެރޭގައި ތެލުގެ ވިޔަފާރި، ބޭސްވެރިކަން ޑިޖިޓަލް ގަވަރނަންސް އަދި ބައިނަލްއަޤްވާމީ މުއައްސަސާތަކުގައި އެއްބާރުލުން ދިނުން ހިމެނެއެވެ. 2023 ވަނަ އަހަރު މި ދެ ގައުމުގެ ދެމެދުގައި އޮތް ޑިޕްލޮމެޓިކް ގުޅުމަށް 64 އަހަރު ފުރިފައިވެއެވެ.

ގުޅުންހުރި ޚަބަރު