ދިވެހި|English 9 ޖުލައި 2026 · 04:29
Top banner
Advertisement
އިސްރާއީލުގެ އިސް އޮފިސަރުން ޚިދުމަތުން ވަކިވުމަށް އެދެފި
ދުނިޔެ

އިސްރާއީލުގެ އިސް އޮފިސަރުން ޚިދުމަތުން ވަކިވުމަށް އެދެފި

އއިބްރާހީމްް ސަމީރު13 ނޮވެމްބަރު 2025
އިސްރާއީލުގެ ސިފައިންގެ ތެރޭގައި މިދިޔަ އަހަރުތަކުގައި ދިމާވެފައި ނުވާފަދަ ބޮޑު އެތެރޭގެ ކާރިސާއަކާ ކުރިމަތިލާން ޖެހިއްޖެއެވެ. މިކަން ދިމާވީ އެތައް ހާސް ސިފައިންގެ މީހުން، އިސްތިއުފާ އެދި ސިޓީ ފޮނުވުމުންނެވެ. އޭގެ ތެރޭގައި ކެޕްޓަން ރޭންކުން ފެށިގެން ލެފްޓިނަންޓް ކާނަލް އަދި އެއަށް ވުރެ މަތީ ރޭންކުގެ އޮފިސަރުން ވެސް ހިމެނެއެވެ. މިކަން ހާމަކޮށްފައިވަނީ އިސްރާއީލުގެ ޗެނަލް 12 އިން ބުދަ ދުވަހުއެވެ. ޗެނަލް 12 އިން ބުނި ގޮތުގައި މި ކާރިސާ އަކީ ސިފައިންގެ ހުރިހާ ބައިތަކަށް ވެސް ކުރިމަތިވެފައިވާ ކަމެކެވެ. އަދި މިއީ މުސްތަޤްބަލުގައި ސިފައިންގެ ލީޑަރޝިޕްގެ މައިބަދައެއް ކަމަށް ބެލެވޭ ރޭންކުތަކަށް އަސަރުކުރާނެ ކަމެކެވެ. ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މި ކާރިސާ އިތުރަށް ގޯސްވެފައިވާ ސަބަބުތަކުގެ ތެރޭގައި ޖެނޮސައިޑާއި ޣައްޒާ ހަނގުރާމައިގެ ނަތީޖާއާއި، ޚިދުމަތުގެ ޙާލަތު ދަށްވުމާއި، ސިޔާސީ ހަމަނުޖެހުންތަކާއި، އަދި ސިފައިންގެ ލީޑަރޝިޕްގެ ތެރޭގައި އެންމެ ފަހުން ހަމަޖެއްސި ބަދަލުތަކާ މެދު އުފެދިފައިވާ ނުރުހުން ހިމެނެއެވެ. އިސްރާއީލުގެ ޗެނަލް އިން ފާހަގަކުރި ގޮތުގައި ސިފައިންގެ އިސް ލީޑަރޝިޕްއާއި ޗީފް އޮފް ސްޓާފް ލެފްޓިނަންޓް ޖެނެރަލް އިޔާލް ޒަމީރާއި، ހިއުމަން ރިސޯސަސް ޑިޕާޓްމަންޓްގެ ވެރިޔާ މޭޖަރ ޖެނެރަލް ދާދޯ ބާރް ހަލީފާ ދަނީ މިކަން ހައްލުކުރުމަށް މަސައްކަތް ކުރަމުންދެއެވެ.

ގުޅުންހުރި ޚަބަރު