ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
ފަލަސްތީނުގެ ރައްޔިތުންގެ ގުދުރަތީ ވަޞީލަތްތަކަށް އެމީހުންގެ ސިޔާދަތު އޮންނާނެ: އދ
ދުނިޔެ

ފަލަސްތީނުގެ ރައްޔިތުންގެ ގުދުރަތީ ވަޞީލަތްތަކަށް އެމީހުންގެ ސިޔާދަތު އޮންނާނެ: އދ

އއިބްރާހީމްް ސަމީރު13 ނޮވެމްބަރު 2025
އ.ދ.ގެ އިޤްތިޞާދީ އަދި މާލީ ކަންކަމާ ބެހޭ ކޮމިޓީ އިން، ފަލަސްތީނުގެ ސަރަހައްދުތަކާއި ހިފާފައިވާ އިރުމަތީ ޤުދުސްއާއެކު ޔަހޫދީން ޣަޞަބުން ފޭރިގެންފައިވާ ފަލަސްތީނުގެ ސަރަހައްދުތަކާއި ޔަހޫދީން ޣަޞަބުކޮށްފައިވާ ސީރިޔާގެ ގޯލާން އުސްބިންތަކުގައި ދިރިއުޅޭ ޢަރަބި ރައްޔިތުންނަށް އެމީހުންގެ ގުދުރަތީ ވަޞީލަތްތަކުގެ މައްޗަށް ދާއިމީ ސިޔާދަތު އޮތްކަން ކަށަވަރުކޮށް އދން ޤަރާރެއް ފާސްކޮށްފިއެވެ. މި ޤަރާރު ހުށަހެޅީ ގްރޫޕް އޮފް 77 އާއި ޗައިނާއިންނެވެ. މި ޤަރާރަށް ތާޢީދުކޮށް 152 ޤައުމުން ވޯޓުދީފައިވާއިރު، މީގެ ތެރޭގައި ޔޫރަޕިއަން ޔޫނިއަންގެ ހުރިހާ މެމްބަރު ޤައުމުތަކާއި ކެނެޑާ ވެސް ހިމެނެއެވެ. ޤަރާރާ ދެކޮޅަށް ވޯޓުދިނީ 8 ޤައުމުންނެވެ. އެއީ ޖެނޮސއިޑަށް ފައިސާއާއި ހަތިޔާރު ދޭ އެމެރިކާ، ޖެނޮސައިޑް ހިންގާ އިޒްރޭލު، ނައުރޫ، މައިކްރޮނޭޝިއާ، ޕަޕުއާ ނިއު ގިނިއާ، ޕަލާއު، ޕެރަގުއޭ އަދި އާޖެންޓީނާއެވެ. 12 ޤައުމަކުން ވަނީ ވޯޓު ނުލާން ނިންމާފައެވެ. މި ޤަރާރުގެ މަޤްޞަދަކީ، ޔަހޫދީން ޣަޞަބުން ފޭރިގެންފައިވާ ފަލަސްތީނުގެ ބިމުގައި ހަނގުރާމައިގެ ވަގުތުތަކުގައި ރައްޔިތުން ރައްކާތެރިކުރުމާ ބެހޭ ޖެނީވާ ކޮންވެންޝަންއާއި އިޤްތިޞާދީ، އިޖްތިމާޢީ އަދި ސަގާފީ ޙައްޤުތަކާ ބެހޭ ބައިނަލްއަޤްވާމީ މުއާހަދާ ގެ ދަށުން ފަލަސްތީނުގެ ގުދުރަތީ ވަޞީލަތްތަކަށް އެ މުއާހަދާތަކުގައި ބަޔާން ކޮށްފައިވާ ގޮތަށް ކަންކަން ހިނގާނެކަން ކަށަވަރުކުރުމެވެ. މީގެ އިތުރުން، އިޒްރޭލުގެ ސިޔާސަތުތަކާއި ޢަމަލުތަކުގެ ސަބަބުން ދިމާވާ ޤާނޫނީ އަސަރުތަކާ ބެހޭ ގޮތުން 2024 ވަނަ އަހަރުގެ ޖުލައި މަހުގެ 19 ވަނަ ދުވަހު ބައިނަލްއަޤްވާމީ އަދުލު އިންސާފުގެ ކޯޓުން ނެރުނު ޙުކުމަށް ވެސް މި ޤަރާރުން އިޝާރާތްކޮށްފައިވެއެވެ. މި ހުކުމްގައި އިރުމަތީ ޤުދުސްއާއެކު ޔަހޫދީން ޣަޞަބުން ހިފާފައިވާ ފަލަސްތީނުގެ އެންމެހައި ބިމުގައި އިޒްރޭލު ދެމިއޮތުމަކީ ޤާނޫނީ ގޮތުން ސައްހަ ނޫން ކަމެއްކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ނަސްލީ ތަފާތުކުރުމުގެ ގޮތުން ޔަހޫދީން ބުނާ ކޮށްފައިވާ ފާރު ބިނާކުރުމާ ބެހޭ ގޮތުން ބައިނަލްއަޤްވާމީ ކޯޓުން ނެރުނު ޙުޔކުމަށް ވެސް މި ޤަރާރުގައި ހަނދާންކޮށް ދީފައި ވެއެވެ. ޤަރާރުގައި ވަނީ އިޒްރޭލުން ފަލަސްތީނުގެ ގުދުރަތީ ވަޞީލަތްތައް ފޭރިގަތުމާއި ފަލަސްތީނުގެ ބިމަށާއި ދަނޑުވެރިކަމަށް ދެމުންދާ ގެއްލުންތަކާ މެދު ބޮޑު ކަންބޮޑުވުން ފާޅުކޮށްފައެވެ. ޚާއްޞަގޮތެއްގައި ޣައްޒާ ސިޓީގައި ފެނާއި ކަރަންޓުގެ ޚިދުމަތްތަކަށް ޔަހޫދީން ގެއްލުން ދިނުމާއި، ދަނޑުތަކަށް ބޮޑެތި ގެއްލުންތައް ދިނުންވެސް ކުށޑްވެރިކޮށްފައި ވެއެވެ. އަދި ޤާނޫނާ ޚިލާފަށް ބިނާކޮށް ލަޓޯފަޓޯ ޔަހޫދީން އާބާދުކޮށްފައިވާ ބަސްތީތަކުގެ ސަބަބުން ފަލަސްތީނުގެ ދިރިއުޅުމުގެ ހުރިހާ ދާއިރާއަކަށް ކުރާ ނޭދެވޭ އަސަރުތަކަށް ވެސް އިޝާރާތްކޮށްފައިވެއެވެ. މި ޤަރާރުން ވަނީ ފަލަސްތީނުގެ ރައްޔިތުންގެ ގުދުރަތީ ވަޞީލަތްތަކުގެ މައްޗަށް އޮތް ހައްގު ނުގެއްލޭނެ ކަން ކަށަވަރުކޮށް، އެ ވަޞީލަތްތަކުން ނާޖާއިޒް ފައިދާ ބޭނުންކުރުން ހުއްޓާލުމަށް އިޒްރޭލަށް ގޮވާލާފައެވެ. އަދި އިޒްރޭލުން މި ވަޞީލަތްތައް ބޭނުންކުރުމުގެ ބަދަލު ހޯދުމުގެ ޙައްޤު ފަލަސްތީނުގެ ރައްޔިތުންނަށް ލިބިގެންވާކަން ވެސް ކަށަވަރުކޮށް ދީފައި ވެއެވެ. މީގެ އިތުރުން، އިޒްރޭލުން ޔަހޫދީންނަށް ބަސްތީ ބިނާކުރުމާއި ނަސްލީ ތަފާތު ކުރުމަށް ސިޓީތަކުގައި ފާރު ރާނައި އަދި އެނޫންވެސް އެފަދަ ޢަމަލުތަކަކީ ފަލަސްތީނުގެ ތިމާވެއްޓަށް ގެއްލުންދޭ ކަންކަން ކަން ވެސް ޤަރާރުން ބަޔާންކޮށްފައިވެއެވެ. އަދި ސަލާމަތީ މަޖިލީހުގެ ޤަރާރު ނަންބަރު 2334 ގައި ގޮވާލާފައިވާ ގޮވާލުން މި ޤަރާރުން އަލުން ކަށަވަރުކޮށް ދީފައި ވެއެވެ.

ގުޅުންހުރި ޚަބަރު