ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
ނަތަންޔާހޫއަށް މައާފްދީ ޝަރީއަތް ހުއްޓާލަން ނިންމައިފި
ދުނިޔެ

ނަތަންޔާހޫއަށް މައާފްދީ ޝަރީއަތް ހުއްޓާލަން ނިންމައިފި

އއިބްރާހީމްް ސަމީރު14 ނޮވެމްބަރު 2025
ޔަހޫދީންގެ ރައީސް އިސްހާގް ހަރްޒޮގް ވަނީ ޖެނޮސައިޑްގެ މޭސްތިރި ނަތަންޔާހޫއަށް މައާފު ދިނުމަށް ނިންމާފައެވެ. އޭނާއަށް މައާފް ދިނުމަށް ނިންމީ ޖެނޮސައިޑަށް ވާގިވެރިވި ކަމަށް އެއްބަސްވެފައިވާ ޓްރަމްޕް އެކަމަށް އިޒްރޭލުގެ ރައީސްގެ ގާތުން އެދުމުންނެވެ. ޓްރަމްޕް ފޮނުވި ސިޓީގައި ބުނެފައިވަނީ "އިސްރާއީލުގެ ޝަރުއީ ނިޒާމުގެ މިނިވަންކަމާއި ޝަރުތުތަކަށް އިންތިހާއަށް އިހުތިރާމާއެކު، އިސްރާއީލުގެ ބޮޑު ދުޝްމަން އީރާނާ ދެކޮޅަށް އަހުރެންނާ އެކު ގިނަ ދުވަސްތަކެއް ވަންދެން އުދުވާނީ ހަނގުރާމަކުރި ބީބީ (ނަތަންޔާހޫ)އާ ދެކޮޅަށް ކޮށްފައިވާ މި މައްސަލައަކީ ސިޔާސީ ގޮތުން ކޮށްފައިވާ ދައުވާއެއް ކަމަށް ގަބޫލުކުރަމުއެވެ." އެހެންވެ އޭނާއަށް މައާފް ދޭންވީ ކަމަށް ޓްރަމްޕް ބުންޏެވެ.  އެމެރިކާގެ ރައީސް ޓްރަމްޕަކީ ވެސް ގިނާއީ މައްސަލަތަކުގައި ކުށްވެރިވެފައިވާ ނަމަވެސް ހުކުމެއް ލިބިފައި ނުވާ މީހެކެވެ. އޭނާއަށް ޝަރީއަތް ކޮށްފައިވާ އެތައް މައްސަލާގެ ތެރޭން އެއް މައްސަލައަކީ އޮރިޔާން ފިލްމު ކުޅުނު ޑެނިއެލް ސްޓޯމީ ރޭޕް ކުރުމަށްފަހު އެކަން މަތިޖަހަން އޭނާއަށް ރިޝްވަތު ދިނުމެވެ. ނަތަންޔާހޫއަށް ޝަރީއަތް ކުރަނީ ރިޝްވަތު ނެގުމާއި މަގާމުގެ ނާޖާއިޒު ބޭނުން ހިފުމުގެ ކުށުގައެވެ. ނަތަންޔާހޫ ވަނީ ގާތްގަނޑަކަށް 700،000 ޝެކެލް (ގާތްގަނޑަކަށް 212،000 ޑޮލަރު) ގެ ރިޝްވަތު ހަދިޔައާިއ ފައިސާގެ ގޮތުގައި ވިޔަފާރިވެރިންގެ އަތުން ހޯދާފައެވެ. 2019 ވަނަ އަހަރުން ފެށިގެން އޭނާއާ ދެކޮޅަށް ތިން މައްސަލައެއްގައި ދައުވާ އުފުލާފައިވެ އެވެ. އިސްރާއީލުގެ ރައީސް ބުނެފައ ވަނީ، ނަތަންޔާހޫ އޭނާގެ ކުށަށް އިއުތިރާފުވެ އަންނަ އިންތިހާބުގައި ވާދަ ނުކުރުމަށް ވައުދުވާ ނަމަ މައާފް ކުރާނެ ކަމަށެވެ. ނަމަވެސް މިވާހަކައިގެ ސައްހަކަން އަދި ކަށަވަރެއް ނުކުރެވެއެވެ. ހަރްޒޮގްގެ އޮފީހުން ބުނެފައި ވަނީ "ރިޔާސީ މައާފަށް އެދޭ ކޮންމެ މީހަކު ވެސް ރަސްމީކޮށް އެދި ހުށަހަޅަން ޖެހޭނީ ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް" ކަމަށެވެ.

ގުޅުންހުރި ޚަބަރު