ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
އިންޑިއާއިން އީޕާސްޕޯޓް ތައާރަފް ކޮށްފި
ދުނިޔެ

އިންޑިއާއިން އީޕާސްޕޯޓް ތައާރަފް ކޮށްފި

އއިބްރާހީމްް ސަމީރު14 ނޮވެމްބަރު 2025
އިންޑިއާ ސަރުކާރުން ވަނީ ދަތުރުފަތުރުގެ ލިޔެކިޔުންތައް އިތުރަށް ސަލާމަތްކޮށް، ރައްޔިތުންނަށް ލިބޭ ހިދުމަތްތައް ފަސޭހަކުރުމުގެ ގޮތުން ރޭޑިއޯ ފްރީކުއެންސީ އައިޑެންޓިފިކޭޝަން ޓެކްނޮލޮޖީ ހިމެނޭ ޕާސްޕޯޓް ތައާރަފް ކުރަން ފަށާފައެވެ. މި އީ-ޕާސްޕޯޓްތަކުގެ އެންމެ މުހިންމު ސިފައަކީ އޭގައި ހިމަނާފައިވާ އާރްއެފްއައިޑީ ޗިޕާއި އެންޓަނާއެވެ. މި ޗިޕްގައި ޕާސްޕޯޓް ގެންގުޅޭ މީހާގެ ފޮޓޯ، އިނގިލީގެ ނިޝާން އަދި އަމިއްލަ މައުލޫމާތު ރައްކާތެރިކަމާއެކު އެންކްރިޕްޓްކޮށްފައި ވެއެވެ. މި ޓެކްނޮލޮޖީއަކީ އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަނ ގެ މިންގަނޑުތަކާ އެއްގޮތް ޓެކްނޮލޮޖީއެއް ކަމުން ދުނިޔޭގެ އެކި ގައުމުތަކުގައި ވެސް މި ޕާސްޕޯޓްތައް ބޭނުންކުރުމަށް ފަސޭހަވެގެންދެއެވެ. މިކަމުގެ ސަބަބުން އިމިގްރޭޝަން ކައުންޓަރުތަކުގައި ޕާސްޕޯޓް ޗެކްކުރުން އަވަސްވެ، ލިޔެކިޔުން އޮޅުވާލުމުގެ ފުރުސަތު ކުޑަވެގެންދެއެވެ. ޕާސްޕޯޓް ހޯދުމުގެ މަސައްކަތް ފަސޭހަކުރުމަށް އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި ޑިޖިޓަލް ހިދުމަތްތައް ވަނީ ތަޢާރަފްކޮށްފައެވެ. މިގޮތުން، ފޯމު ފުރުމާއި ޝަކުވާ ހުށަހެޅުމުގައި އެހީތެރިވުމަށް އޭއައި ޗެޓް އަދި ވޮއިސް ބޮޓްތައް ބޭނުންކުރަން ފަށާފައި ވެއެވެ. މީގެ އިތުރުން، ވެބްސައިޓާއި މޯބައިލް އެޕް ވެސް އަޕްގްރޭޑްކޮށް، ފޯމު ފުރުމާއި ލިޔެކިޔުންތައް އަޕްލޯޑްކުރުން ފަސޭހަކޮށްދީފައި ވެއެވެ. މިހާރު ޔޫޕީއައި ނުވަތަ ކިއުއާރް ކޯޑް ބޭނުންކޮށްގެން އޮންލައިންކޮށް ފައިސާ ދެއްކޭގޮތްވެސް ހަމަޖައްސާދީފައި ވެއެވެ. މި ހިދުމަތްތައް އިންޑިއާގެ އެތެރޭގައިއާއި އިންޑިއާގެ އެމްބަސީތަކާއި ކޮންސިއުލޭޓްތަކުގައި ވެސް ލިބެން ހުންނާނެއެވެ. މި ފީޗާތަކާއެކު ރާއްޖެއިން އީ ޕާސްޕޯޓްތައް ބޭނުންކުރަމުންދާތާ މިހާރު އަހަރުތަކެއް ވެއްޖެއެވެ. އަދި ރާއްޖެ ނޫން ގައުމެއްގައި އެއް ދުވަހުން ޕާސްޕޯޓެއް ނުހެއްދޭނެއެވެ.

ގުޅުންހުރި ޚަބަރު