ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
ޤާހިރާގައި ހުންނަ ޖަރުމަނު އެމްބަސީއަށް ބުޅަލެއް ވަދެއްޖެ
ދުނިޔެ

ޤާހިރާގައި ހުންނަ ޖަރުމަނު އެމްބަސީއަށް ބުޅަލެއް ވަދެއްޖެ

އއިބްރާހީމްް ސަމީރު14 ނޮވެމްބަރު 2025
ޤާހިރާގައި ހުންނަ ޖަރުމަނު އެމްބަސީގެ އިމާރާތަށް މިޞްރު ބުޅަލެއް ވަދެފައިވާ މަންޒަރު، އެމްބަސީގެ ރަސްމީ ފޭސްބުކް ޕޭޖުން ހިއްސާކުރުމާ ގުޅިގެން، މީސްމީޑިއާގައި އެކަމަށް ބޮޑު މަޝްހޫރުކަމެއް ހޯދާފައި ވެއެވެ. އެމްބަސީން މިކަން ޑޮކިއުމެންޓްކޮށްފައިވަނީ މަޖާ ގޮތަކަށެވެ. އަދި އެކަމަށް އާންމުންގެ ފަރާތުން ވަރަށް ބޮޑު ތަރުޙީބެއް ލިބިފައިވެއެވެ. އެމްބަސީގެ މުވައްޒަފުން ބުނެފައި ވަނީ މިސްރު ބުޅާ އެމްބަސީ ތެރެއަށް ވަދެގެން އައިސް އޮފީހުގެ  ތެރޭގައި އެއްވެސް ހުރަހެއްނެތި ހިނގައި ތަންތަން ބަލަމުންދާތީ ހައިރާންވި ކަމަށެވެ. ނަމަވެސް، މުވައްޒަފުން ބުޅަލަށް ހޫނު މަރުޙަބާއެއް ކިޔައި، އެ ބުޅަލުގެ މިޒިޔާރަތަކީ އެމީހުންގެ ދުވަހުގެ ހެޔޮ ފާލެއް ކަމުގައި ބަލައިގަތެވެ. އެމްބަސީ ތެރޭގައި މިސްރު ބުޅާ އުޅުނު މަންޒަރު ފޮޓޯ ނަގައި، އެމްބަސީގެ ފޭސްބުކް ޕޭޖުގައި ޝާއިޢުކޮށްފައި ވެއެވެ. އެމްބަސީން ވަނީ މޭޒެއްގެ މަތީގައި އެސޮރު އިން މަންޒަރުގެ ފޮޓާއަކާއެކު އިތުރުމައުލޫމާތުވެސް ހިމަނާފައެވެ. "މިޞްރުގެ ބޮޑު މިއުޒިއަމަށް އަޅުގަނޑުމެން ކުރި ޒިޔާރަތަށް ފަހު، އެނގުނީ މިޞްރުގައި ބުޅަލަކީ ހަމައެކަނި އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރެއް ނޫން ކަމަށެވެ. އެއީ އެސޮރުގެ ފަރިކަމުގެ އިތުރުން، ރައްކާތެރިކަމުގެ ރަމްޒެއް ވެސް މެއެވެ. އަދި ޤަދީމީ މިޞްރުގެ ޙަޟާރަތުގެ ޖާދޫގެ ބައެއްވެސް މެއެވެ." މިހާރު ޖަރުމަން އެމްބަސީންވަނީ އެސޮރަށް 'އެމްބަސީ ކެޓް' ގެ ލަގަބް ދީފައެވެ.

ގުޅުންހުރި ޚަބަރު