ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
ތައިނާވާންގެ މައްސަލާގައި ޖަޕާނާއި ޗައިނާއިން ބަހުގެ ހަމަލަތައް ބަދަލުކޮށްފި
ދުނިޔެ

ތައިނާވާންގެ މައްސަލާގައި ޖަޕާނާއި ޗައިނާއިން ބަހުގެ ހަމަލަތައް ބަދަލުކޮށްފި

އއިބްރާހީމްް ސަމީރު16 ނޮވެމްބަރު 2025
ޗައިނާގެ ތައިވާނާ ގުޅޭ މައްސަލަތަކުގެ ތެރެއަށް ޖަޕާނުން ވަދެދާނެ ކަމަށް ބޮޑުވަޒީރު ސަނާއީ ތަކައިޗީ ވިދާޅުވުމާ ގުޅިގެން ޗައިނާއާއި ޖަޕާނާ ދެމެދު ހޫނު ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފިއެވެ. މިކަމާ ގުޅިގެން ދެ ގައުމުން ވަނީ ހަރުކަށި އިހުތިޖާޖުތައް ހުށަހަޅާފައެވެ. މި ހާދިސާ ހިނގާފައިވަނީ ހުކުރު ދުވަހުއެވެ. ބެއިޖިންގ އިން ވަނީ ޖަޕާނުގެ ސަފީރު ހާޒިރުކޮށް، ތަކައިޗީގެ ވާހަކަތަކަކީ "އިންތިހާއަށް ވިޔާނުދާ އަދި ނުރައްކާތެރި"   ވާހަކަތަކެއް ކަމަށް ބުނެ އެ ވާހަކަތައް އަނބުރާ ގެންދިއުމަށް އެދިފައެވެ. ޗައިނާގެ ނައިބު ފޮރިން މިނިސްޓަރު ސުން ވެއިޑޮންގ ވަނީ ޗައިނާގެ  "އެއްބައިކުރުމުގެ މަސައްކަތަށް" އެއްވެސް ފަރާތަކުން ނުފޫޒު ފޯރުވައިފިނަމަ ވަރުގަދަ ރައްދަކާ ކުރިމަތިލާން ޖެހޭނެ ކަމުގެ އިންޒާރު ދެއްވާފައެވެ. މީގެ އިތުރުން، ޗައިނާގެ ފޮރިން މިނިސްޓްރީން ވަނީ ޖަޕާނުގެ ސަލާމަތީ ހާލަތު ގޯސްވަމުންދާ ކަމަށް ބުނެ، ޗައިނާގެ ރައްޔިތުން ޖަޕާނަށް ދަތުރުކުރުން މަދުކުރުމަށް އިލްތިމާސްކޮށްފައެވެ. ޓޯކިޔޯއިން ވެސް ވަނީ ޗައިނާގެ އޮސާކާގައި ހުންނަ ޑިޕްލޮމެޓަކު ސޯޝަލް މީޑިއާގައި ޝާއިއުކުރި ހަރުކަށި ޕޯސްޓަކާ ގުޅިގެން އިހުތިޖާޖު ހުށަހަޅާފައެވެ. ޖަޕާނުގެ ނައިބު ފޮރިން މިނިސްޓަރު ތަކެހިރޯ ފުނަކޯޝީ ވަނީ ޗައިނާގެ މަންދޫބަށް ހާޒިރުކޮށް މިކަމަށް މުނާސިބު ފިޔަވަޅު އެޅުމަށް އެދިވަޑައިގެންފައެވެ. މިކަމާ ގުޅިގެން ޗައިނާގެ ދިފާއީ ވުޒާރާއިން ވަނީ ތައިވާނާ ގުޅޭ ކަންތައްތަކުގައި ޖަޕާނުގެ ސިފައިން ބައިވެރިވެއްޖެނަމަ ޗައިޏާ ސިފައިންގެ އަތުން ވޭންދެނިވި ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހޭނެ ކަމުގެ އިންޒާރު ދީފައެވެ. ބޮޑުވަޒީރު ތަކައިޗީ ވަނީ ޗައިނާއިން ހުށަހަޅާފައިވާ ގޮތަށް އެކަމަނާގެ ވާހަކަތައް އަނބުރާ ގެންދެވުމަށް ދެކޮޅު ހައްދަވާފައެވެ. އެކަމަނާ ވިދާޅުވީ އެ ވާހަކަތައް ދެއްކެވީ ނުރައްކާތެރި ހާލަތެއް މެދުވެއްޖެނަމަ، ޖަޕާނުން ކަން ކުރާނެ ގޮތާ ބެހޭ ގޮތުންނެވެ. ޗައިނާއިން ތައިވާނަށް ހަމަލާދީފިނަމަ ޖަޕާނަށް ނުރައްކާވާފަދަ ހާލަތެއް ކުރިމަތިވެދާނެ ކަމަށާއި، އެހެންކަމުން ދިފާއު ހުއްދަވާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ. ކެބިނެޓްގެ އިސް ސެކްރެޓަރީ މިނޯރު ކިހާރާ ވަނީ ސުލްހަވެރިކަމާއެކު މައްސަލަ ހައްލުކުރުމަށް ޖަޕާނުން ތާއީދު ކުރާނެ ކަން އަލުން ހާމަކުރައްވާފައެވެ. އަދި 1972 ވަނަ އަހަރުގެ ދެގައުމުގެ ޖޮއިންޓް ކޮމިއުނިކޭއަށް ޖަޕާނުން އަމަލު ކުރާނެ ކަމަށާއި، އެއީ ތައިވާނަކީ ޗައިނާގެ ބައެއް ކަމަށް ބެއިޖިންގ އިން ދައުވާކުރާކަން ގަބޫލުކުރާ އެއްބަސްވުމެކެވެ. ޗައިނާއާއި ތައިވާނަކީ 1949 ވަނަ އަހަރުން ފެށިގެން ވަކިވަކިން ވެރިކަން ކުރަމުންދާ ދެ ސަރަހައްދެވެ. ނަމަވެސް ބެއިޖިންގ އިން ދަނީ ތައިވާނަކީ ބާޣީ ޕްރޮވިންސެއް ކަމަށާއި، ބާރުގެ ބޭނުންކޮށްގެން ނަމަވެސް އިއްތިހާދު ކުރަން ޖެހޭ ކަމަށް ބުނަމުންނެވެ.  

ގުޅުންހުރި ޚަބަރު