ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ސްރީ ލަންކާއިން ގުޖުރާތުގެ ތަރައްޤީގެ މޮޑެލަށް ބަލަނީ: ހައިކޮމިޝަނަރ
ދުނިޔެ

ސްރީ ލަންކާއިން ގުޖުރާތުގެ ތަރައްޤީގެ މޮޑެލަށް ބަލަނީ: ހައިކޮމިޝަނަރ

އއިބްރާހީމްް ސަމީރު16 ނޮވެމްބަރު 2025
ސްރީ ލަންކާއިން އިންޑިއާއަށް ކަނޑައަޅާފައިވާ ހައި ކޮމިޝަނަރު، މަހިޝިނީ ކޮލޯން، ވަނީ ސްރީލަންކާއިން އިންޑިއާގެ ގުޖުރާތުގެ ތަރައްޤީގެ މޮޑެލް ނަމޫނާއަކަށް ބަލާ ކަމަށް ވިދާޅުވެފައެވެ. އޭނާ ފާހަގަކުރެއްވީ ދެ ސަރަހައްދުގެ ދެމެދުގައިވާ އިޤްތިޞާދީ ފުރުޞަތުތަކަކީ މުހިންމު ފުރުސަތުތަކެއް ކަމުގައި ވިދާޅުވެފައެވެ. އަދި ގުޖުރާތާއި ސްރީލަންކާއާ ދމެދު އިގްތިސާދީ ގޮތުން ގުޅުން ބަދަހި ވުމުން އިތުރު ތަނަވަސް ކަމެއް ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ. ކޮލޯން ވިދާޅުވީ ގުޖުރާތާއި ސްރީ ލަންކާއާ ދެމެދު ޒަމާންވީ ގުޅުމެއް ބަދަހިވެފައިވާ ކަމަށާއި އެއީ މާޒީއަށް މޫލާފައިވާ ކަމެއް ކަމަށެވެ. އަދި ދެ ސަރަހައްދަކީ ވެސް ކަނޑުދަތުރުފަތުރުކުރާ މުޖުތަމަޢުތަކެއްގެ އިތުރުން، ފުން ބަނދަރުތަކެއް ހުރި ސަރަހައްދުތަކެއް ކަމަށް އޭނާ ފާހަގަ ކުރައްވައެވެ. ސްރީ ލަންކާއިން އިންޑިއާގެ ޓްރާންސްޝިޕްމަންޓް ވިޔަފާރީގެ ބޮޑު ބައެއް ބަލަހައްޓާއިރު، ކޮލޮމްބޯގެ ބަނދަރުތައް ވަނީ އިންޑިއާގެ ބައިނަލްއަޤްވާމީ ވިޔަފާރީގެ މައި ދޮރާއްޓެއްގެ ގޮތުގައި ވެގެން ގޮސްފައެވެ. ގުޖުރާތުން ސްރީލަންކާއަށް އިޤްތިޞާދީ ގޮތުން އެއްބާރުލުން ދެވިދާނެ ދާއިރާތައް ފާހަގަ ކުރައްވަމުން ކޮލޯން ވިދާޅުވީ، ފޮއްޗާއި، ބޭސްވެރިކަމުގެ ސިނާޢަތާއި، ހޮސްޕިޓަލިޓީ އަދި ފަތުރުވެރިކަމުގެ ދާއިރާއަކީ ފާހަގަ ކުރެވޭ ދާއިރާތަކެއް ކަމަށެވެ. މި ގުޅުން ބަދަހިކުރުމުގެ ގޮތުން، ގުޖުރާތު ޗެމްބަރ އޮފް ކޮމާސް އެންޑް އިންޑަސްޓްރީ (ޖީސީސީއައި) އާއި ސިލޯން ޗެމްބަރ އޮފް ކޮމާސް (ސީސީސީ) އިން ވަނީ ދެ ޤައުމުގެ ވިޔަފާރީގެ ގުޅުންތައް އިތުރަށް ކުރިއެރުވުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.

ގުޅުންހުރި ޚަބަރު