ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ޕަލަސްތީނުގެ ރައްޔިތުންނޭ ކިޔާ ބަޔަކު ނުތިބޭނެ ކަމަށް ޔަހޫދީ ދައްޖާލަކު ބުނެފި
ދުނިޔެ

ޕަލަސްތީނުގެ ރައްޔިތުންނޭ ކިޔާ ބަޔަކު ނުތިބޭނެ ކަމަށް ޔަހޫދީ ދައްޖާލަކު ބުނެފި

އއިބްރާހީމްް ސަމީރު17 ނޮވެމްބަރު 2025
ޔަހޫދީ ޓެރަރިސްޓް ދައުލަތް ކަމަށްވާ އިޒްރޭލުގެ ހައްދުފަހަނައަޅާފައިވާ ހެރިޓޭޖް މިނިސްޓަރު އަމިހާއި އިލިޔާހޫ ބުނަނީ ފަލަސްޠިނު ރައްޔިތުންނޭ ކިޔާ ބަޔަކު ނުތިބޭނެ ކަމަށެވެ. މިއީ އާންމުކޮށް ޔަހޫދީންގެ ޖެނޮސައިޑް ސަރުކާރުގެ ވިސްނުން ހުންނަ ގޮތެވެ. ޓެރިޒަމަށް ތާއީދުކުރާ ޔަހޫދީންގެ ހަރުކަށި ފަރާތްތަކުން ފަލަސްޠީނު މީހުންނާ މެދު ބުނާ މިފަދަ ވާހަކަތަކަކީ ޕަލަސްތީނުގެ ޝަޚުސިއްޔަތު ގެއްލުވާލައި އެމީހުންގެ ހައްގުތައް ނިގުޅައި ގަތުމަށް ދައްކާ ވާހަކައެކެވެ. ޖެނޮސައިޑް ހިންގާ އިޒްރޭލަކީ، ޔޫރަޕުން ބިކަ ހާލުގައި އައި ޔަހޫދީ ޓެރަރިސްޓް ޖަމާއަތްތަކުން ފަލަސްޠީނުގެ ބިންތައް ހިފައި ޖެނޮސައިޑް ހިންގައި ނަސްލު ނައްތާލުމަށްފަހު އިއުލާން ކޮށްފައިވާ ދައުލަތެކެވެ. ދައްޖާލު ވަޒީރު އެލިއާހޫ ބުނެފައި ވަނީ ފަލަސްޠީނު މީހުންނޭ ކިޔާ ބަޔަކީ ބަޔަކު މީހުންގެ ޚިޔާލީ އުފެއްދުމެއް ކަމަށެވެ. އިޒްރޭލުގައި ވެރިކަން ކުރާ މީހުންނަކީ އެ ފަސްގަނޑަށް ނިސްބަތް ނުވާ އެމީހުންގެ ޑީއެންއޭއާއި ނަސްލު ކަށަވަރު ނުވާ ބައެކެވެ. އަދި މިމީހުންނަކީ އިރުމަތީ ޔޫރަޕުން އައިސްފައިވާ މީހުންނެވެ.

ގުޅުންހުރި ޚަބަރު