ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
އޮޅުވާލައިގެން ނަސްލު ސާފުކޮށް އެމެރިކާއިން ޣައްޒާ ފޭރިގަންނަނީ
ދުނިޔެ

އޮޅުވާލައިގެން ނަސްލު ސާފުކޮށް އެމެރިކާއިން ޣައްޒާ ފޭރިގަންނަނީ

އއިބްރާހީމްް ސަމީރު20 ނޮވެމްބަރު 2025
ޣައްޒާއިން ނަސްލު ސާފުކޮށްލުމަށް ޓްރަމްޕް ރާވާފައިޥާ ރޭވުން ތަންފީޒު ކުރުމަށް މަސައްކަތް ކޮށްދޭ އޮޕަރޭޝަން ސެންޓަރުގެ މައުލޫމާތު މީޑިއާއަށް ތިލަ ވެއްޖެއެވެ.
  • މިއޮޕަރޭޝަން ސެންޓަރަކީ އިޒްރޭލުގެ ސަރަހައްދުގައި ހަދާފައިވާ މަރުކަޒެކެވެ.
  • މި މަރުކަޒުގައި ދައްކާ ވާހަކަތަކުގައި ބަހުސް ކުރަމުން ދަނީ އައްސޭރި ފަށުން ފަލަސްޠީނު މީހުން ދުރަށް ގެންދިއުމާ ބެހޭ ގޮތުންނެވެ.
  • އަދި ފަލަސްޠީނު މީހުން ގެންގޮސް ބައިތިއްބަން ރާވަމުން ދަނީ ޣައްޒާގައި އިޒްރޭލުން މިހާރު ހިފާފައިވާ ބަފަރ ޒޯންގައި އަޅާ ވަގުތީ ގެތަކުގައެވެ.
  • މި އޮޕަރޭޝަން މަރުކަޒުގައި ފަލަސްޠީނުގެ އެއްވެސް މީހަކު ބައިވެރިކޮށްފައެއް ނުވެއެވެ.
  • މި އޮޕަރޭޝަން މަރުކަޒުގައި ތިބީ އިޒްރޭލާއި އެމެރިކާއާއި ޔޫއޭއިއާއި ކެނެޑާއާއި ޖަރުމަންވިލާތާއި ސިންގަރޫޕުގެ ތަޖުރިބާ ކާރުންނެވެ.
  • މިމީހުން ވާހަކަ ދައްކަނީ ހައްސާސް މައްސަލަތަކާ ބެހޭ ގޮތުންނެވެ. އެގޮތުން ފަލަސްޠީނުގެ މީރުފެން ހުންނަ ތަންތަނާއި ފެން ފަށަލަ ފަދަ ހައްސާސް މައްސަލަތައް ހޯދައި ބަހުސް ކުރެއެވެ.
  • މި އޮޕަރޭޝަން މަރުކަޒުގައި އިސްކޮށް ވިލަރެސް ކުރުމަށް ހުންނަނީ ޔަހޫދީ ފާދިރީ އެކެވެ. އޭނާއަކީ އާރިއޭ ލައިޓިސްޓަން އެވެ.
  • މީޑިއާއިން ލަފަ ކުރާ ގޮތުގައި މި ސެންޓަރުން މަސައްކަތް ކުރަނީ ކުރިން ޓްރަމްޕް އިއުލާން ކުރި ނާކާމިޔާބުވި ރިވޭރާ އެއް ބިނާކުރުމަށް ޣައްޒާއިން ނަސްލު ސާފު ކޮށްދިނުމަށެވެ.

ގުޅުންހުރި ޚަބަރު