ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
ޖެނޮސައިޑް ނިންމަން އެއްބަސްވި އެއްބަސްވުމާ ޚިލާފް ވަމުން
ދުނިޔެ

ޖެނޮސައިޑް ނިންމަން އެއްބަސްވި އެއްބަސްވުމާ ޚިލާފް ވަމުން

އއިބްރާހީމްް ސަމީރު24 ނޮވެމްބަރު 2025
އިޒްރޭލުން ދަނީ އެއްބަސްވުމާ ޚިލާފަށް ޣައްޒާއަށް ބޮން އަލަމުންނެވެ. އަދި އޭގެ އިތުރުން، ލުބްނާން އަދި ސީރިޔާގައި ވެސް ހަމަލަތައް ދެމުން ގެންދެއެވެ. އިޒްރޭލުން ވަނީ ޖެނޮސައިޑް ނިންމާ ކަމަށް ބުނެ ބެއްވި ސަމިޓްގެ ނިވަލުގައި އަސްކަރީ އޮޕަރޭޝަންތައް އިތުރަށް ވަރުގަދަ ކޮށްފައި ކަމަށް ރިޕޯޓުތައް ބުނެއެވެ. މިކަމުގެ ސަބަބުން އެމެރިކާއިން މެދުވެރިވެގެން ގާއިމުކުރި ނާޒުކު ސުލްހައިގެ ރޭވުންތަކަށް ހުރަސްއެޅިފައި ވެއެވެ. އަދި އަރަބިން އެމީހުން އެހެން ކަންކަމުގައި މަޝްޣޫލު ވިނަމަވެސް ބައިނަލްއަގުވާމީ ފަރާތްތަކުގެ ފާޑު ކިޔުން އިޒްރޭލަށް އަމާޒުވެފައިވެއެވެ. ޖެނޮސައިށޑް ނިންމަން އެއްބަސްވި ފަހުން ޔަހޫދީން އެއްބަސްވުމާ ޚިލާފްވެ ދެމުން ގޮސްފައިވާ ހަމަލަތަކުން ޝަހީދުވެފައިވާ މީހުންގެ އަދަދު މިހާރު ސަތޭކައާއި ގާތް ކުރާނެ ކަމަށް ލަފާ ކުރެވެއެވެ. މުހައްލިލުން ދެކޭ ގޮތުގައި އޮޅުވާލުމާއެކު އިޒްރޭލުން ދަނީ ސުލްހައިގެ މުހިންމު ހަމަތަކަށް ފާޅުގައި ދެކޮޅު ހަދަމުންނެވެ. މިދިޔަ މަހު ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވީ ފަހުން، މިހާތަނަށް ދެވުނު އެންމެ ނުރައްކާތެރި ހަމަލާތައް މިދިޔަ ހަފްތާގައި ޣައްޒާއަށް އިޒްރޭލުން ދީފައިވާއިރު، މި ހަމަލާތަކުގައި މަދުވެގެން 27 މީހުން ޝަހީދުކޮށްފައި ވެއެވެ. ޝަހީދުވި މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ. ހަމާސްއިން ބުނެފައި ވަނީ މި ހަލަމަތައް ޔަހޫދީން ދީފައި ވަނީ ސަބަބެއް ނެތިއެވެ. އަދި މި ހަމަލާތަކަކީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ހުރަސްއަޅާ، ނުރައްކާތެރި ހަމަލާތަކެއް ކަމަށް ވެސް ސިފަކޮށްފައި ވެއެވެ. ޣައްޒާގެ ރައްޔިތުން ބުނާގޮތުގައި، ގޮވުންތަކުގެ އަޑު ގަދަވެ، އެމީހުންނަށް ވަނީ އަނެއްކާވެސް އެމީހުންގެ ގޭބިސީތައް ދޫކޮށް ދާން މަޖުބޫރުވެފައެވެ. އަނެއްކޮޅުން ދެކުނު ލުބްނާނުގައި އިޒްރޭލުން ދަނީ ހަމަލަތައް ވަރުގަދަ ކޮށްފައެވެ. މިއީވެސް ސަބަބެއް ނެތި ދީފައިވާ ހަމަލަތަކެކެވެ. މި ހަމަލަތަކުގައި ފަލަސްތީނުގެ ރެފިއުޖީ ކޭމްޕެއްގައި މަދުވެގެން 11 މީހުން ޝަހީދުކޮށްފައި ވެއެވެ. އިޒްރޭލުން ވަނީ ލުބުނާނާއެކު ވެސް ދެކުނު ލުބުނާނަށް ހަމަލަ ނުދޭން އެއްބަސްވެފައެވެ. ނަމަވެސް ބަހަނާއެއް ހޯދުމަށްފަހު އިޒްރޭލުން ވަނީ ހަމަލަތައް ވަރުގަދަ ކޮށްފައެވެ. އިޒްރޭލުން ވަނީ ސޫރިޔާއަށްވެސް އުދުވާނީ ހަމަލަތައް ދީފައެވެ. މިހަފްތާ ނިމުނުއިރު އިޒްރޭލުން ވަނީ ސޫރިޔާގެ ސަރަހައްދު ތެރެއަށް ވަދެ އިޒްރޭލު ދިދަ ނަގާފައެވެ. އަދި އެތަނަށް އޭގެ ކުރިން ނަތަންޔާހޫ ވަނި ޒިޔާރަތް ކޮށްފައެވެ. ސަލާމަތީ މަޖިލީހުން ވަނީ ޣައްޒާއަށް ސުލްހަ ބަލަހައްޓާ ލަޝްކަރެއް ފޮނުވުމަށް ނިންމާފައެވެ. ނަމަވެސް ޔަހޫދީންގެ އަމަލުތައް ހުރިގޮތުން މިކަންވެސް ކާމިޔާބު ވާނެ ކަމަކަށް ނުބެލެވެއެވެ.

ގުޅުންހުރި ޚަބަރު