ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
ޓިކްޓޮކްގައި ޗައިނާއަށް ތާއީދުކުރާ ކޮންޓެންޓް އިސްކުރޭ
ދުނިޔެ

ޓިކްޓޮކްގައި ޗައިނާއަށް ތާއީދުކުރާ ކޮންޓެންޓް އިސްކުރޭ

އއިބްރާހީމްް ސަމީރު24 ނޮވެމްބަރު 2025
ނެޓްވޯކް ކޮންޓެޖިއަން ރިސާޗް އިންސްޓިޓިއުޓް (އެންސީއާރުއައި) އިން ދާދި ފަހުން ކުރިއަށް ގެންދިޔަ ދިރާސާއަކުން ދައްކާ ގޮތުގައި، ޓިކްޓޮކްގެ އެލްގޮރިދަމްތަކުން ޗައިނާއަށް ތާއީދުކުރާ ކޮންޓެންޓް ނިޒާމީ ގޮތެއްގައި އިސްކުރަމުންދާ ކަމަށް ވަނީ ހާމަވެފައެވެ. މި ދިރާސާއިން ދައްކާގޮތުގައި މި ޕްލެޓްފޯމްގައި ޗައިނާއަށް ފާޑުކިޔާ ކޮންޓެންތް ފަނޑުކޮށް އާންމުންގެ ތަސައްވުރު ބައްޓަންކުރުމުގައި ބޮޑު ދައުރެއް އަދާކުރެއެވެ. މި ދިރާސާގެ ހޯދުންތަކުން ދައްކާގޮތުގައި "އުއިގޫރު"، "ޝިންޖިއަންގް"، "ޓިބެޓް" އަދި "ޓިއަނަންމެން" ފަދަ ލަފުޒުތައް ޓިކްޓޮކްގައި ހޯދަން އުޅެފިނަމަ، އެހެން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ދައްކާ މިންވަރާ އަޅާބަލާއިރު ޓިކްޓޮކުން ފެންނަ މިންވަރު މަދުވާނެއެވެ. މީގެ ބަދަލުގައި ޓިކްޓޮކުން ދައްކާނީ ޗައިނާއަށް ތާއީދުކުރާ ކޮންޓެންޓާއި ހޯދަން އުޅުނު މައުލޫމާތާ ގުޅުމެއް ނެތް އެހެނިހެން މައުލޫމާތެވެ. އެންސީއާރުއައިގެ ދިރާސާއިން ހާމަވާގޮތުގައި ޓިކްޓޮކް ގިނައިން ބޭނުންކުރާ ފަރާތްތަކުގެ ތެރެއިން، ދުވާލަކު ތިން ގަޑިއިރަށް ވުރެ ގިނައިރު އެ އެޕް ބޭނުންކުރާ މީހުންގެ މެދުގައި ޗައިނާއާމެދު ރަނގަޅު ރަނގަޅު ތަސައްވުރެއް އޮތުމުގެ ފުރުސަތު 50 އިންސައްތައަށް އިތުރުވެއެވެ. މި ދިރާސާ ކުރިއަށް ގެންދިޔަ ފަރާތްތަކުން ފާހަގަކުރާގޮތުގައި މިއީ ޓިކްޓޮކްގެ ކުރު ވީޑިއޯތަކާއެކު ޕްރޮޕެގެންޑާ އާ ދެބައި މިކްސްކޮށް ގެނެސްދިނުމުގެ ސަބަބުން ކުރާ އަސަރެކެވެ. މި ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި ދައުލަތާއި ދައުލަތުގެ މުއައްސަސާތަކާ ގުޅުންހުރި އިންފްލުއެންސަރުން ސަގާފީ ކޮންޓެންޓާއި ދަތުރުފަތުރުގެ ކޮންޓެންޓް ޕްރޮމޯޓްކުރަމުންދިއުމަކީ ޝިންޖިއާންގ އަދި ޓިބެޓް ފަދަ ސަރަހައްދުތަކުގައި ހިނގަމުންދާ މައްސަލަތަކުން ބއެލުންތެރިންގެ ސަމާލުކަން ކަސިޔާރު ކުރުމަށް ކުރާ މަސައްކަތެކެވެ.

ގުޅުންހުރި ޚަބަރު