ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ދަރްމެންދްރާ ހަގީގަތުގައިވެސް މިފަހަރު މަރުވެއްޖެ
ދުނިޔެ

ދަރްމެންދްރާ ހަގީގަތުގައިވެސް މިފަހަރު މަރުވެއްޖެ

އއިބްރާހީމްް ސަމީރު24 ނޮވެމްބަރު 2025
އިންޑިއާގެ މަޝްހޫރު ބޮލީވުޑް އެކްޓަރު ދަރްމެންދުރާ އުމުރުން 89 އަހަރުގައި މަރުވެއްޖެއެވެ. ފަހަކަށް އައިސް އޭނާ މަރުވެއްޖެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ތަފާތު އަޑުތައް ފެތުރުނު ނަމަވެސް، މި ފަހަރު މި ހިތާމަވެރި ހަބަރު އޭނާގެ އާއިލާއިން ވަނީ ކަށަވަރުކޮށްދީފައެވެ. ދަރްމެންދްރާ މަރުވީ މުސްކުޅި ބަލީގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުމަށްފަހު، ހާލު ދެރަވެގެން މުމްބާއީގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށް ފަރުވާ ހޯދަމުން ދަނިކޮށެވެ. ބޮލީވުޑްގެ "ހީ މޭން" ގެ ނަމުން މަޝްހޫރުވެފައިވާ ދަރްމެންދްރާ ވަނީ އިންޑިއާގެ ފިލްމީ ދާއިރާގައި 300 އަށްވުރެ ގިނަ ފިލްމުގައި މަސައްކަތްކޮށް، ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައެވެ. އޭނާ އެންމެ ބޮޑަށް ފާހަގަކުރެވިގެން ދިޔައީ "ސޯލޭ" ފަދަ ކާމިޔާބު ފިލްމުތަކުންނެވެ. އޭނާ މަރުވިއިރު ކައިރީގައި އަނބިމީހާ ހެމާ މާލިނީ އާއި ދަރިން ކަމަށްވާ ސަނީ ޑިއޯލް އާއި ބޮބީ ޑިއޯލް ތިބި ކަމަށް ރިޕޯޓުތައް ބުނެއެވެ. ދަރްމެންދްރާ މަރުވުމާ ގުޅިގެން މުޅި ބޮލީވުޑް ވަނީ ހިތާމައިގެ ތެރެއަށް ވެއްޓިފައެވެ. މި ހަބަރާއެކު އިންޑިއާގެ ޕްރައިމް މިނިސްޓަރު ނަރެންދުރަ މޯދީ ވެސް ވަނީ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ. މޯދީ ވިދާޅުވީ މިއީ އިންޑިއާގެ ސިނަމާއަށް ލިބުނު ފޫނުބެއްދޭވަރުގެ ގެއްލުމެއް ކަމަށެވެ. ދަރްމެންދްރާގެ ހަށިގަނޑު އަންދާލުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ މުމްބާއީގައި ކަމަށާއި، އޭނާގެ ޖަނާޒާގައި ބައިވެރިވުމަށް ފިލްމީ ދާއިރާގެ ގިނަ އަދަދެއްގެ މަޝްހޫރު ފަންނާނުން ވަނީ ގޮސްފައެވެ.

ގުޅުންހުރި ޚަބަރު