ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
އިންސާނުންނަށް ވުރެން ފަލަސްޠީނުގެ ހިމާރުތައް ދެކެ ލޯބިވާ ގައުމެއް
ދުނިޔެ

އިންސާނުންނަށް ވުރެން ފަލަސްޠީނުގެ ހިމާރުތައް ދެކެ ލޯބިވާ ގައުމެއް

އއިބްރާހީމްް ސަމީރު25 ނޮވެމްބަރު 2025
ޖަރުމަންވިލާތުން ސާބިތުކޮށްދީފައި ވަނީ އެގައުމަކީ، އިންސާނުންނަށް ވުރެން ބޮޑަށް ހިމާރުތައް ދެކެ ލޯބިވާ ގައުމެއްގެ ގޮތުގައެވެ. ފަލަސްޠީނުގައި ހިންގާ ޖެނޮސައިޑާ ދެކޮޅަށް އަޑު އުފުލާމީހުންނާ މެދު ޖަރުމަން ސަރުކާރާއި ޖަރުމަން ފުލުހުން ގޮށްމުށުގެ ބާރު ދައްކައެވެ. ޔަހޫދީ ހޮލޮކޯސްޓުން ބަނޑަށް މަރާ މީހުންނަށް ކާއެތިކޮޅެއް ދިއްކޮށެއް ނުލައެވެ. ބޭސްފަރުވާއަށް އެހީއެއްވެ ނުދެއެވެ. އެކަމަކު ފަލަސްޠީނުގެ ހިމާރުތައް ދެކެ މާބޮޑަށް ލޯބިވާ ކަމަށް ޖަރުމަނުން ސާބިތުކޮށް ދިނުމުން މީހުންގެމެދުގައި ޖަރުމަން ސަރުކާރު ވަނީ ޖޯކަކަށް ވެފައެވެ. އިހަށް ދުވަހު ޖަރުމަނުން ވަނީ، ޣައްޒާގައި ބަނޑަށް ޖެހި އަނަރޫފަ ވެފައިވާ 4 ހިމާރެއް ފަރުވާ ދިނުމަށް ޖަރުމަނަށް ގެންގޮސްފައެވެ. އެހިމާރުތަކަކީ އަނާއާއި، އެލްސާއާއި، ގްރެޓާ އަދި ރޫޑީ އެވެ. ޖަރުމަނުން ބުނީ މި ހިމާރުތައް ބަނޑަށް ޖެހުމާއި އެސޮރުމެން ލައްވައި މާގިނައިން މަސައްކަތް ކުރުވުމުން ޖަރުމަނު ސަރުކާރުގެ މަސްއޫލުވެރިންގެ ހިތަށް ނުކަތައިގެން ފަރުވާއަށް އެސޮރުމެން ގެންދިޔައީ ކަމަށެވެ. އަދި ވެޓެރިނަރީ ފަރުވާއާއި ރައްކާތެރި މާހައުލެއްގައި ޖަރުމަނުން އެސޮރުމެނަށް މެހުމާންދާރީ އަދާކުރާނެ ކަމަށެވެ. މި ޖަނަވާރުތައް ގެންދިޔައީ އިސްތިއުމާރީ ސިޔާސަތުތަކާއި ޖެނޮސައިޑްގެ މާޒީއެއް ހިއްސާ ކުރާ ގައުމުތައް ކަމަށްވާ ޖަރުމަނާއި ފްރާންސް އަދި ބެލްޖިއަމް އިން ފަލަސްޠީނުގެ 100 އަށް ވުރެ ގިނަ ޙިމާރު ފަރުވާއަށް ގެންދިއުމުގެ އޮޕަރޭޝަނެއްގެ ތެރެއިންނެވެ. ޖަރުމަނުން ބަލައިގަތީ 4 ހިމާރެވެ. މިއީ ފަލަސްޠީނު މީހުންނަށް ކުރާ މަލާމާތެއް ތޯ ސުއާލުކޮށް، މިޑްލް އީސްޓް މޮނިޓަރ އާއި މޮންޑޯވޭސް ފަދަ މީޑިއާއިން ވަނީ ޖަރުމަން ސަރުކާރާ ސުއާލުކޮށްފައެވެ. ޖަރުމަން ނޫސް އަލްމެއިން ޒައިޓަންގް އިން ވަނީ ޖަރުމަން ސަރުކާރުގެ މި މަސައްކަތަށް ތައުރީފް ކޮށްފައެވެ. އެކަމާ ގުޅިގެން މީހުން ވަނީ އެމީހުންގެ އުދާސްތައް ބަނޑުކޮށްލާފައެވެ.

ގުޅުންހުރި ޚަބަރު