ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ޕޫޓިންގެ ކުރިއަށް އޮތް އިންޑިއާ ދަތުރުފުޅަށް ދުނިޔޭގެ ސަމާލުކަން
ދުނިޔެ

ޕޫޓިންގެ ކުރިއަށް އޮތް އިންޑިއާ ދަތުރުފުޅަށް ދުނިޔޭގެ ސަމާލުކަން

އއިބްރާހީމްް ސަމީރު28 ނޮވެމްބަރު 2025
ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން ޑިސެމްބަރު މަހުގެ ކުރީކޮޅު ނިއުދިއްލީއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ 23 ވަނަ އިންޑޯ-ރަޝިޔާ އަހަރީ ސަމިޓަށެވެ. މިއީ ޔޫކްރޭން ހަނގުރާމަ ފެށުނު ފަހުން އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މި ދަތުރުފުޅުގައި ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި އިގްތިސާދީ އަދި ޑިޕްލޮމެޓިކް މުހިއްމު ބައިވެރިއެއްގެ ގޮތުގައި އިންޑިއާއަށް ރަޝިޔައިން ބަރޯސާވާކަން ފާހަގަކޮށްލެވެއެވެ. އިންޑިއާ ވެފައިވަނީ ރަޝިޔާއިން އެންމެ ގިނައިން ސާފުނުކުރާ ތެޔޮ ގަންނަ ގައުމަށެވެ. އަދި، 2022 ވަނަ އަހަރުން ފެށިގެން އިންޑިއާއިން ރަޝިޔާއަށް އިމްޕޯޓް ކުރުން ވަނީ %600 އަށް އިތުރުވެފައެވެ. މިހާރު މޮސްކޯއިން އެކްސްޕޯޓްކުރާ ތެލުގެ %38 ގަންނަނ އިންޑިއާއިންނެވެ. ނިއުދިއްލީއާއި މޮސްކޯގެ ވިޔަފާރި 2024-25 ވަނަ އަހަރު ވަނީ 68.7 ބިލިއަން ޑޮލަރަށް އަރާފައެވެ. މިއީ ރަޝިޔާގެ ފަރާތުން ލިބިފައިވާ އިތުރު ވިޔަފާރިއެކެވެ. އަދި ދެގައުމުގެ ދެމދު ދިފާއީ ގުޅުންތައް ވެސް ބަދަހި ކުރެވިފައެވެ. އިންޑިއާގެ އަސްކަރީ އިމްޕޯޓްގެ 70 އިންސައްތަ ހޯދަނީ ރަޝިޔާއިންނެވެ. އޭގެ ތެރޭގައި އެސްޔޫ 30އެމްކޭއައި ފައިޓާ ޖެޓްތަކާއި، ޓީ-90 ޓެންކް، އަދި ބްރަހްމޯސް މިސައިލް ޕްރޮގްރާމް ހިމެނެއެވެ. ހުޅަނގުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮ ކުރުމުން، އިންޑިއާއިން ވަނީ ޑިސްކައުންޓްޑް އަގުގައި ތެޔޮ ލިބުން ދަމަހައްޓާނެ ކަމަށް ބުނެފައެވެ. ހުޅަނގުން ބުނަނީ ދަތިކުރުމުގެ ފިޔަވަޅުތައް ބޮލާލައި ޖަހައި ވިޔަފާރި ގުޅުން ދެމެހެއްޓުމުން ރަޝިޔާގެ ހަނގުރާމައިގެ މަސައްކަތަށް ފައިސާ ލިއްބައިދޭ ކަމަށެވެ. އެމެރިކާއިން ވަނީ މި ކަމާ ގުޅިގެން އިންޑިއާގެ މުދަލަށް %100 ޓެރިފް ނަގާނެ ކަމުގެ އިންޒާރު ދީފައެވެ. އީޔޫއިން ވަނީ ރަޝިޔާއާއެކު އިންޑިއާއިން ކުރާ އަސްކަރީ ޑްރިލްތަކަށް ފާޑުކިޔައި ފައެވެ. އަދި އިންޑޯ-ޕެސިފިކްގެ އިތުބާރު ހީނަރުވެ، ކުއާޑްގެ އެއްބައިވަންތަކަން ގެއްލިދާނެ ކަމުގެ އިންޒާރު ވެސް ދީފައި ވެއެވެ. މޮސްކޯއަށް މި ސަމިޓަކީ އިގްތިސާދީ ލުއިތަކާއި ސިޔާސީ ބާރުވެރިކަން ދެއކުމަށް ލިބޭ ފުރުސަތެކެވެ. ނިއުދިއްލީއަށް މިއީ ޖިއޮޕޮލިޓިކަލް ނުފުޒު އެންމެ ފުރިހަމައަށް ހޯދުމަށް ކުރެވޭ ހިސާބު ކުރުމުގެ ބައެކެވެ.

ގުޅުންހުރި ޚަބަރު