ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
ޔޫރަޕްގައި ހަދައިގެން އުޅުނު އިންސާނީ ޒޫތައް
ދުނިޔެ

ޔޫރަޕްގައި ހަދައިގެން އުޅުނު އިންސާނީ ޒޫތައް

އއިބްރާހީމްް ސަމީރު29 ނޮވެމްބަރު 2025
މި ފޮޓޯއަކީ، 1958ގައި ބެލްޖިއަމްގައި ބޭއްވި އެކްސްޕޯ 58ގެ ފޮޓޯއެއް ކަމަށް ބުނެއެވެ. ފޮޓޯއާ ބެހޭ ގޮތުން ބުނަނީ މި ކުއްޖާ ރާމާމަކުނުތަކާއެކު ކޮށްޓެއްގައި ބަންދުކޮށްގެން 1958ގައި ބޭއްވި މި މައުރަޒުގެ ޒުލުގައި ޒިޔާރަތް ކުރާ މީހުންނަށް ދައްކާލެވުނު ކަމަށެވެ. މި ހާދިސާއަކީ ހަގީގީ ހާދިސާއެކެވެ. ނަމަވެސް މި ފޮޓޯއަކީ ހަގީގީ ފޮޓޯއެއް ނޫނެވެ. މައުރަޒު، އެކްސްޕޯ '58 ގައި ބެލްޖިއަމް އިން ކޮންގޯގައި ހިންގަމުން ގެންދިޔަ އިސްތިއުމާރީ ހަރަކާތްތަކުގެ "ކާމިޔާބީތައް" ދައްކާލުމަށް މައުރަޒެއް ބޭއްވިއެވެ. އެ މައުރަޒުގައި ކޮށްޓެއް ހަދައި ކޮންގޯ އިން 600 މީހުން ގެނަސް ދައްކާލުމަށް އެކޮށީގައި ބޭތިއްބިއެވެ. އޭގެ ތެރޭގައި 200 ކުޑަކުދިން ވެސް ހިމެނުނެވެ. މި މައުރަޒު ބަލާލުމަށް މިލިއަނަކަށް ވުރެ ގިނަ މީހުން ޒިޔާރަތްކުރި އެވެ. ކޮންގޯ މީހުން އެކޮށީގައި ބަންދުކޮށްފައި ބޭތިއްބީ އޮޅުވާލައިގެން ގެނަސްފައެވެ. އެމީހުން ގާތު ބުނީ ބެލްޖިއަމްގައި އޮންނަ ސަގާފީ ބަދަލުވުމަކަށް ގެންނަނީ ކަމަށެވެ. ނަމަވެސް ކޮށްޓަކަށް ލައި އެމީހުން ހުދު މީހުންނަށް ދެއްކީ އިންސާނީ ޖަނަވާރުންގެ ގޮތުގައެވެ. އެތަނަށް ޒިޔާރަތް ކުރި މީހުން، މި ކޮންގޯ މީހުންނަކީ މަކުނުތަކެއް ކަމަށް ބަލައިގެން އަޑުއަޑު ލައްވައި ހެދިކަމަށްވެސް ރިޕޯޓް ކޮށްފައި ވެއެވެ. މިމީހުން ގަދަ ފިނީގައި ރައްކަލެއް ނެތި ގެންގުޅުމުން އޭގެ ތެރޭން ތުއްތު ކުއްޖަކުވެސް މަރުވިއެވެ. މި "އިންސާނީ ޒޫ"ތަކަކީ ޔޫރަޕްގެ ދިގު، ލަދުވެތި އިސްތިއުމާރީ ސަގާފަތުގެ ބައެކެވެ. މިއީ މިފަދަ ފުރަތަމަ ހާދިސާއެއް ނޫނެވެ. އޭގެ ކުރިން 1897 ވަނަ އަހަރު ބެލްޖިއަމްއިން ވަނީ އިސްތިއުމާރުގެ ކާމިޔާބު ދައްކާލުމަށް އެހެން މައުރަޒެއްވެސް ބާއްވާފައެވެ. އަދި ބެލްޖިއަމްގެ ލެއޮޕޯލްޑް ރަސްގެފާނުގެ އަމުރަށް ކޮންގޯގައި މިލިއަނުން މީހުން މަރާފައި ވެއެވެ. މީހުންގެ ގުނަވަންތައްވެސް ބުރިކޮށްފައި ވެއެވެ. ބެލްޖިއަމްގެ މި އިންސާނީ ޒުލަކީ ޔޫރަޕްގައި ގެންގުޅުނު އިންސާނީ ޒޫ ތަކުގެ ތެރޭން އެންމެ ފަހުގެ ޒުލެވެ. 19 ވަނަ ގަރުނުގެ ފަހުކޮޅުން ފެށިގެން 20 ވަނަ ގަރުނުގެ މެދާ ހަމައަށް ޔޫރަޕްގެ ސިޓީތަކުގައި އިންސާނީ ޒޫތައް ވަރަށް ބޮޑަށް ފެތުރިފައި އޮތެވެ. އެއީ އިސްތިޢުމާރު ކޮށްފައިވާ ބިންތަކުން ގެންނަ، ދޮން ނޫން ނަސްލުގެ މީހުން ކޮށީގައި ބައިތިއްބައިގެން ދައްކާލުމަށް ބޭނުން ކުރި ތަންތަނެވެ. އެ ޒޫތައް ހަދައިގެން އުޅުނު ގައުމުތަކާއި ޒޫ ތަކުގެ ތަފްސީލު:
  • ޖަރުމަނުވިލާތަކީ އިންސާނީ ކަރާމާތް ނަގާލުމުގައި މިފަދަ ހުރިހައި ޖަރީމާއެއްގައި އެންމެ މަޝްހޫރު ގައުމެވެ. ޖަރުމަންގެ ހެމްބާގްގެ ޒުލުގެ ވެރިޔާ، ކާލް ހެގަންބެކް އަކީ އިންސާނީ ޒުލުގެ އައު ފޯމެޓެއް އީޖާދުކޮށް ޔޫރަޕަށް ދަސްކޮށްދިން މީހާ އެވެ. 1870 ވަނަ އަހަރު އޭނާ އީޖާދު ކުރި ފޯމެޓަށް ޔޫރަޕްގައި އިންސާނީ ޒޫތައް އިންތިޒާމު ކުރެވުނެވެ. އޭނާ އެތައް އިންސާނީ ޒުލެއް އެތައް ސިޓީއެއްގައި ހިންގިއެވެ. ގާތްގަނޑަކަށް 100 ނަސްލުން އިންސާނުން އެތަންތާނގައި އޭނާ ދައްކަމުން ދިޔައެވެ. އޭނާގެ އިންސާނީ ޒޫތައް ބާލިން، މިއުނިކް، ލެޕްޒިގް ފަދަ ތަންތަނުގައި ބޮޑެތި ޝޯތައް ވެސް ބާއްވަމުން ގެންދިޔައެވެ.
  • 2005ގައި ޖަރުމަން މީހުން: ޖަރުމަން މީހުންގެ ލާއިންސާނީ އަމަލުތަކުގައި އެމީހުން ވަނީ 2005ގައި އޮސްބާގްގައި "އެފްރިކާގެ ރަށެއްގެ މައުރަޒެއް" ކަމަށް ބުނާ އިންސާނީ ޒުލެއް އަލުން ދެއްކުމަށް ބިނާ ކުރަން އުޅެފައެވެ. މިއީ ނަސްލީ ތަފާތުކުރުމުގެ އަމަލެއް ކަމަށް ބުނެ މީހުން އިހުތިޖާޖު ކުރުމުން ހޭވެރިކަމެއް އައިސްގެން ޖަރުމަން މީހުން އެކަމުން ދުރުހެލިވީއެވެ.
  • ފްރާންސް: ފްރާންސްސުން 1877 ން ފެށިގެން 1912އަށް ޕެރިހުގައި ޖާޑިން ޑި އެކްލިމޭޓޭޝަން ނަމުގައި ހަދާފައިވާ ޒުލުގައި 33 ނަސްލުގެ އިންސާނުން ގެންގުޅެވެ. އިންސާނުންގެ ޒޫ މައުރަޒްތައްވެސް ބޭއްވިއެވެ. އެންމެ މަޝްހޫރު މައުރަޒަކީ 1877 ގައި ބޭއްވި ނޫބިއަން އިންސާނުން ދައްކާލުމުގެ މައުރަޒާއި 1907ގެ އަޝާންޓީ ވިލެޖް މައުރަޒެވެ. އަދި 1931ގައި ޕެރިސް އިސްތިޢުމާރީ މައުރަޒުގައި ވެސް އިންސާނުންގެ ޒުލެއް ބޭއްވިއެވެ. އޭގައި ސެނެގާލް، މަލަގާސީ، އަދި އިސްތިޢުމާރު ކޮށްފައިވާ އެހެނިހެން ގައުމުތަކުން 100 މީހުން ގެނަސް ބޮޑު އިންސާނީ ޒުލެއްގައި އެ މީހުން ދެއްކިއެވެ. މި ތަންތަނަށް 8 މިލިއަނަށްވުރެ ގިނަ މީހުން ޒިޔާރަތް ކުރިކަމަށް ވެއެވެ.
  • އިނގިރޭސިވިލާތް: ލަންޑަންގެ އާލްސް ކޯޓުގައި 1899 ބޭއްވި "ސޭވޭޖް ސައުތު އެފްރިކާ" ޝޯގައި 200 އަށް ވުރެން ގިނަ އެފްރިކާ މީހުން ދައްކާލެވުނެވެ. އަދި 1908ގައި އެފްރިކާގެ ރަށްތައް ކަމަށް ބުނާ ދަތުރުކުރާ މައުރަޒުތަކެއް އިނގިރޭސިވިލާތުގައި ދައްކާލެވުނެވެ.
  • އިޓަލީ: އިޓަލީގެ ނޭޕަލްސްއާއި ރޯމްގައި އެރިޓްރިއާ ވިލެޖްގެ ނަމުން އިންސާނީ ޒޫތައް ދައްކާލެވުނެވެ. މިތަންތަން 1910ން 1913އަށް ދެމިގެން ދިޔައެވެ. މުސޮލީނީގެ ވެރިކަމުގައި މިލާނާއި ޓޫރިންގައި ވެސް މިފަދަ މައުރަޒުތައް ކުރިއަށް ގެންދިޔައެވެ.
  • ސްޕެއިން: ބާސެލޯނާ ޔުނިވާސަލް އެކްސްޕޮޒިޝަން ގެ ނަމުގައި 1893ގައި އިންސާނީ ޒުލުގެ މައުރަޒެއް ބޭއްވިއެވެ. އޭގައި ދައްކާލީ ފިލިޕީންސްގެ ގަބީލާ ތަކުގެ މީހުންނެވެ. އޭރު ފިލިޕީންސް އަކީ މުސްލިމުންގެ އަތުން ސްޕެއިން އިން ޖަހައިގަތް ބިމެކެވެ. (މެނީލާއަކީ ފީ އަމާނިﷲގެ ނަމުން ކިޔުނު ސިޓީއެކެވެ.) އޭގެ އިތުރުން މެޑްރިޑްގައި 1897 ގައި ނައިޖޭރިޔާގެ އިގްބޯ ގަބީލާ މީހުންގެ "ނެގްރޯ ވިލެޖު" މައުރަޒު ބޭއްވިއެވެ.
  • ޕޯޗުގަލް: ޕޯޗުގަލްގެ ލިސްބަން އާއި ޕޯޓޯގައި 1895ގައި ބޭއްވި "ނިގްރޯ ވިލެޖް" މައުރަޒުތަކުގައި އެންގޯލާ އާއި މޮޒެމްބިކްގެ މީހުން ދައްކާލިއެވެ.
  • ސުއިޒަރލެންޑް: ޖެނީވާގެ ގައުމީ މަރުކަޒުގައި ހުޅަނގު އެފްރިކާގެ 60 މީހުންނާއެކު 1893ގައި އިންސާނީ ޒުލެއް ދައްކާލެވުނެވެ.
  • ނޯވޭ: އޮސްލޯގެ ޖުބިލީ މައުރަޒު ގައި 1914 ވަނަ އަހަރު ކޮންގޯގެ 80 މީހުން ދައްކާލުމަށް 5 މަސް ދުވަހުގެ މައުރަޒެއް ބޭއްވިއެވެ.
  • އެމެރިކާ: 1904ގައި ސެއިންޓް ލުއިސްގައި، ފިލިޕީންސްއާއި އެމެރިކާގެ އަސްލު ވަޒަންވެރިންގެ އެއްހާސް 100 މީހުންގެ މައުރަޒު. އަދި 1906ގައި ބްރޮންކްސްގެ ޒޫގައި އޮރަންގުޓާން ރާމާމަކުނަކާއެކު ކޮންގޯގެ މީހަކު ދައްކާލުން ހިމެނެއެވެ.
[caption id="attachment_9615" align="aligncenter" width="596"] ބްރޮންކްސްގެ ޒޫ[/caption] ފުރަތަމަ ބޮޑު ހަނގުރާމައާއެކު ޔޫރަޕްގައި އިންސާނީ ޒޫތަކަށް ފާޑު ކިޔުން އަމާޒު ވިއެވެ. އަދި މިކަން ނިމުމަކަށް އައީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހުއެވެ.  

ގުޅުންހުރި ޚަބަރު