ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ކަލަކު ވޮޑިގެންވާ ކަމަށް އިންކާރު ކުރާތީ ޑިބޭޓެއް ބާއްވަނީ
ދުނިޔެ

ކަލަކު ވޮޑިގެންވާ ކަމަށް އިންކާރު ކުރާތީ ޑިބޭޓެއް ބާއްވަނީ

އއިބްރާހީމްް ސަމީރު29 ނޮވެމްބަރު 2025
ހިންދީ ސިނަމާގެ އެންމެ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި ޒަންޖީރު (1973) ދީވާރު (1975) ޝޯލޭ (1975) ޑޮން (1978) މިސްޓަރ އިންޑިއާ (1987) ޔާދޮނ ކީ ބާރަތު، ހާތީ މޭރޭ ސާތީ، ދޯސްތާނާ، ހިމެނެއެވެ. މިހިޓް ފިލްމުތަކުގެ ސްކްރިޕްޓް ލިޔުމުގައި ބައިވެރިވާ ފަރާތަކީ ޖާވިދް އަޚްތަރު އެވެ. އޭނާއަކީ ފަރްހާން އަޚުތަރުއާއި ޒޯޔާ އަޚުތަރުގެ ބައްޕައެވެ. ޖާވިދު އަޚުތަރަކީ ކަލަކު ވޮޑިގެންވާ ކަމަށް ގަބޫލުކުރާ މީހެއް ނޫނެވެ. އޭނާ ބުނަނީ އޭނާއަކީ ކަލަކު ވޮޑިގެންވާ ކަމަށް ގަބޫލު ނުކުރާ މުސްލިމެއް ކަމުގައެވެ. އޭނާ ފާޅުގައި ބޮޑެތި ބައްދަލުވުންތަކުގައި، މިތާގައި ނުލިޔެވޭ ވަރުގެ ބޮޑެތި ކުފުރުގެ ބަސްތައް ބުނެފައި ވެއެވެ. މީނާގެ އިލާހީ ޒާތަށް ފުރައްސާކުރުން އިންތިހާއަށް ދިއުމުން ޒުވާން މުސްލިމު ދަންނަބޭކަލަކު ވަނީ އޭނާއާއެކު މުނާޒަރާއަކަށް ގޮވާލާފައެވެ. މުފްތީ ޝަމާއިލް ނަދުވީއާއި ޖާވިދު އަޚުތަރުގެ ޑިބޭޓް ބޭއްވުމަށް ހަމަޖެހިފައި ވަނީ 20 ޑިސެމްބަރުގައެވެ. ދިއްލީގައި އޮންނަ މި ޑިބޭޓު ޔޫޓިއުބުން ލައިވް ކުރެވޭނެއެވެ. އަދި މާލަމަށް ވަދެވޭނީ ދައުވަތު ދެވޭ ފަރާތްތަކަށް އެކަންޏެވެ. މި ޑިބޭޓް އިންތިޒާމު ކުރަނީ ވަޙުޔައިން ފައުންޑޭޝަން އިންނެވެ. އަދި ޑިބޭޓް މޮޑެރޭޓް ކުރާނީ ނޫސްވެރިޔާ އަބީސާރް ޝަރްމާ އެވެ. މުފްތީ ޝަމާއިލް ނަދުވީއަކީ ދާރުލްއުލޫމް ނަދުވަތުލްއުލަމާގެ ގުރެޖުއޭޓެކެވެ. އަދި އޭނާ މިހާރު ގެންދަނީ ޕީއެޗްޑީއަށް ލިޔަމުންނެވެ.

ގުޅުންހުރި ޚަބަރު