ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
އެމެރިކާގައި ކުޑަކުދިންގެ ޕާޓީއެއްގެ ތެރޭގައި ބަޑިޖަހައި ބަޔަކު މަރާލައިފި
ދުނިޔެ

އެމެރިކާގައި ކުޑަކުދިންގެ ޕާޓީއެއްގެ ތެރޭގައި ބަޑިޖަހައި ބަޔަކު މަރާލައިފި

މމުޙައްމަދު ގުރައިޝް އަޙްމަދު30 ނޮވެމްބަރު 2025
އެމެރިކާގެ ނޯދަން ކެލިފޯނިއާގައި އޮތް ކުޑަކުދިންގެ ޕާޓީއެއްގެ ތެރޭގައި ބަޑިޖަހައި ހަތަރު މީހުން މަރާލައިފި އެވެ. މި ހާދިސާ ހިނގާފައި ވަނީ ހޮނިހިރު ދުވަހުގެ ރޭ އެ ސަރަހައްދުގެ ސްޓޮކްޓަންގަ އެވެ. މިއީ އާއިލީ ހަފުލާއެއް ކުރިއަށް ދިޔަ ވަގުތެއްގައި ހިނގި ހިތާމަވެރި ހާދިސާއެކެވެ. ސެން ޖަކިން ކައުންޓީ ޝެރިފް އޮފީހުން ބުނި ގޮތުގައި މި ހަމަލާގައި ޖުމްލަ 14 މީހަކަށް ވަނީ ބަޑީގެ އަނިޔާ ލިބިފަ އެވެ. އޭގެ ތެރެއިން ހަތަރު މީހުން މަރުވެފައިވާކަން މިހާރު ވަނީ ކަށަވަރުކޮށްދީފަ އެވެ. އަނިޔާ ލިބުނު މީހުންގެ ތެރޭގައި ކުޑަކުދިންނާއި ބޮޑެތި މީހުން ވެސް ހިމެނޭ ކަމަށާއި، އެ އެންމެންނަށް ސަރަހައްދުގެ ހޮސްޕިޓަލްތަކަށް ގެންގޮސް ފަރުވާދެމުން އަންނަ ކަމަށް އޮފިޝަލުން ބުންޏެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމަށް ފުލުހުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ޝެރިފް އޮފީހުން ސޯޝަލް މީޑިއާގައި ބުނީ، މިއީ ވަކި ބަޔަކަށް އަމާޒުކޮށްގެން ދީފައިވާ ހަމަލާއެއް ކަމަށް މިހާތަނަށް ބެލިބެލުމުން ފާހަގަކުރެވޭ ކަމަށެވެ. އަދި މިކަމާ ގުޅޭ ހުރިހާ ކަމެއް ވަރަށް ސީރިއަސްކޮށް ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ގުޅުންހުރި ޚަބަރު