ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ހަމަލާ ބަދަލުކުރުން ހުއްޓާލިތާ މަހެއް ވީއިރު ވެސް ގައްޒާއަށް އެހީ ފޯރުކޮށްދިނުމަށް ހުރަސްތަކެއް
ދުނިޔެ

ހަމަލާ ބަދަލުކުރުން ހުއްޓާލިތާ މަހެއް ވީއިރު ވެސް ގައްޒާއަށް އެހީ ފޯރުކޮށްދިނުމަށް ހުރަސްތަކެއް

މމުޙައްމަދު ގުރައިޝް އަޙްމަދު30 ނޮވެމްބަރު 2025
ފަލަސްތީނުގެ ގައްޒާގައި ހަމަލާ ބަދަލުކުރުން ހުއްޓާލިތާ އެއް މަސް ވެފައިވާއިރު، އަދިވެސް އެ ސަރަހައްދަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށް އދ. ގެ އޮފީސް ފޯ ދަ ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއާޒް (އޯޗާ) އިން ބުނެފިއެވެ. އެ އޮފީހުން ބުނީ ހަނގުރާމަ މެދުކަނޑާލާފައި އޮތް ނަމަވެސް، އިދާރީ ގޮތުން ކުރިމަތިކުރުވާ ދަތިތަކާއި، އެހީދޭ ޖަމާއަތްތަކަށް އަޅާފައިވާ ފިޔަވަޅުތަކުގެ އިތުރުން ސަލާމަތީ ކަންކަން ހުރި ގޮތުން އެހީގެ ކަންކަން ފުޅާކުރުމަށް ހުރަސްތަކާ ކުރިމަތިވެފައިވާ ކަމަށެވެ. އޯޗާއިން ހާމަކުރި ގޮތުގައި އެހީ ފޯރުކޮށްދިނުމަށް ކުރާ ދަތުރުތަކަށް އިސްރާއީލުގެ ފަރާތުން ހުއްދަ ހޯދުމުގައި ވެސް ދަތިތަކެއް އެބަހުއްޓެވެ. އެގޮތުން އިއްޔެ އެކަނި ވެސް އެހީގެ ތަކެތި ހިފައިގެން ދިއުމަށް އަށް ފަހަރެއްގެ މަތިން މަސައްކަތް ކުރިއިރު، ފުރިހަމަ ހުއްދަ ލިބުނީ އެންމެ ދެ ދަތުރަށެވެ. އަދި ބައެއް ޓީމުތައް ދަތުރު ފެށުމަށް ހުއްދަ ލިބެންދެން 10 ގަޑިއިރު ވަންދެން މަޑުކުރަން ޖެހުނު ކަމަށާއި، ހަތަރު ދަތުރަކަށް ހުރަސްއެޅި ކަމަށް ވެސް އެ އޮފީހުން ބުނެއެވެ. މީގެ އިތުރުން ހަމަލާ ބަދަލުކުރުން މެދުކަނޑާލާފައި ވީ ނަމަވެސް، ގައްޒާގެ ބައެއް ސަރަހައްދުތަކަށް އަދިވެސް ހަމަލާތައް އަމާޒުވަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ގޮންޖެހުންތަކާ އެކުވެސް އދ. ގެ އެޖެންސީތަކުން އަންނަނީ ވީވަރަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ޔުނިސެފާއި ޑަބްލިއުއެޗްއޯ ގުޅިގެން 44،000 ކުދިންނަށް އަމާޒުކޮށްގެން ވެކްސިން ޖެހުމުގެ ޕްރޮގްރާމެއް ވަނީ ފަށާފައެވެ. އަދި ހާން ޔޫނިސްގައި ހުންނަ އަލް ހައިރު ހޮސްޕިޓަލް މަރާމާތުކޮށް އަލުން ހިދުމަތް ދޭން ފަށާފައިވާއިރު، ކާންބޯތަކެތި ނުލިބުމުގެ ސަބަބުން ހާލު ދެރަވެފައިވާ ކުދިންނަށް ފަރުވާ ދިނުމަށް އެ ހޮސްޕިޓަލުގައި ހާއްސަ ވޯޑެއް ވެސް ވަނީ ގާއިމުކޮށްފައެވެ. މީގެ އިތުރުން ފިނި މޫސުމާ ދިމާކޮށް ކުޑަކުދިންނަށް ބޭނުންވާ ހެދުމާއި ބްލޭންކެޓް ފަދަ ތަކެތި ވެސް އަންނަނީ ބަހަމުންނެވެ.

ގުޅުންހުރި ޚަބަރު