ދިވެހި|English 9 ޖުލައި 2026 · 05:12
Top banner
Advertisement
މިސްކިތެއް އަޅަން އުޅެނީ ކަމަށް ބުނެ އޮސްޓްރޭލިއާ މީހުން ބިރު ގަންނަވައިފި
ދުނިޔެ

މިސްކިތެއް އަޅަން އުޅެނީ ކަމަށް ބުނެ އޮސްޓްރޭލިއާ މީހުން ބިރު ގަންނަވައިފި

އއިބްރާހީމްް ސަމީރު30 ނޮވެމްބަރު 2025
އޮސްޓްރޭލިއާގެ ސިޑްނީގައި ހައުސިންގ ޕްރޮޖެކްޓަކަށް ޚާއްސަކޮށްފައި އޮތް ބިމެއް މިސްކިތެއް އެޅުމަށް އެބިން ވިއްކާލާފައިޥާ ކަމަށް ބުނެ މީޑިއާގައި މުސްލިމުންނާ ދެކޮޅަށް ބިރުވެރިކަން އުފައްދައިފިއެވެ. ފެއާފީލްޑް އަވަށުގައި މިސްކިތެއް ބިނާ ކުރާތީ ބިރުވެރިކަން ފާޅުކޮށް އިސްލާމޯފޯބިއާގެ ވާހަކަތައް ދައްކައި މިސްކިތް ބިނާ ކުރުން ކުށްވެރިކުރި ޒަޔަނިސްޓް މީޑިއާއަކީ، ސެވަން ނިއުސްއާއި ސްކައި ނިއުސް އޮސްޓްރޭލިއާއާއި އަދި ޑެއިލީ ޓެލެގްރާފް ފަދަ މީޑިއާއެވެ. މީސްމީޑިއާގައި ވައިރަލްވި ޕޯސްޓްތަކުގައި ތުހުމަތުކޮށްފައި ވަނީ ލޭބާ ސަރުކާރުން "ބިދޭސީންނާއި ހަރުކަށި ފިކުރަށް އިސްކަންދޭ" ކަމަށެވެ. މިވާހަކަ ފެތުރުނީ އޮސްޓްރޭލިއަން އިރާގީ މުސްލިމް ސޮސައިޓީ (އޭއައިއެމްއެސް) ގެ ނަމުގައި އެހިސާބުގެ މީހުންނަށް ދިޔަ ސިޓީއަކާ ގުޅިގެންނެވެ. އޭގައި ބުނެފައި ވަނީ އެ ބިމުގައި މިސްކިތެއް ބިނާ ކުރަން މަސައްކަތް ފަށާނެ ކަމަށެވެ. މި ފޭކް ނިއުސްގެ ހަގީގަތް ހާމަކޮށްދިނީ އޭބީސީގެ މީޑިއާ ވޮޗް އިންނެވެ. އޭބީސީން ހޯދައި ބެލި އިރު އެއީ ވިއްކާފައި އަދި މިލްކުވެރިކަން ބަދަލުކޮށްފައި އޮތް ބިމެއް ނޫނެވެ. އަދި އެ ބުނާ އޮސްޓްރޭލިއަން އިރާގީ މުސްލިމް ސޮސައިޓީ (އޭއައިއެމްއެސް)އަކީ ވުޖޫދުގައިވެސް އޮތް ޖަމުއިއްޔާއެއް ނޫނެވެ.މިވާހަކަ ފެތުރީ ފިތުނަ އުފައްދަން ޒަޔަނިސްޓުންގެ ބައެކެވެ. އޮސްޓްރޭލިއާގެ އެންމެ ބޮޑެތި މީޑިއާއިން އިސްލާމޯފޯބިއާގެ ޚަބަރު ފެތުރީ ބެލުމަކާ ނުލައި ކަމަށް އޭބީސީން ބުންޏެވެ.

ގުޅުންހުރި ޚަބަރު