ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ކޮލަމްބިއާއިން ހަރުކަށި ޔަހޫދީ ޖަމާއަތެއް ބޭރުކޮށްފި
ދުނިޔެ

ކޮލަމްބިއާއިން ހަރުކަށި ޔަހޫދީ ޖަމާއަތެއް ބޭރުކޮށްފި

އއިބްރާހީމްް ސަމީރު3 ޑިސެމްބަރު 2025
ކޮލަމްބިއާގެ ސަރުކާރުން ވަނީ ދީނީ ހަރުކަށި ހައްދުފަހަނައަޅާފައިވާ ޔަހޫދީ ޖަމާއަތެއް ކަމަށްވާ ލެވް ތާހޯރުގެ 26 މެމްބަރުން އެ ގައުމުން ބޭރުކޮށްފައެވެ. މިޖަމާއަތަކީ ޔަހޫދީންގެ އާދަޔާޚިލާފު އުސޫލީ ޖަމާއަތެކެވެ. މި ޖަމާއަތަށް ޔަހޫދީން އަމިއްލައަށް ކިޔައީ ޔަހޫދީ ތާލިބާނުން ކަމަށެވެ. ކޮލަމްބިއާގެ ސަރުކާރުން މިޖަމާއަތް ބޭރުކޮށްފައި ވަނީ ކުދަކުދިންނާ ބެހުމާއި ކުޑަކުދިންނާ ކައިވެނި ކޮށްދިނުމުގެ މައްސަލަތަކ ގުޅިގެންނެވެ. ބޭރުކޮށްލި މީހުންގެ ތެރޭގައި 17 ކުދިންނާއި 9 ބޮޑެތި މީހުން ހިމެނެއެވެ. މީހުންނަކީ ނޮވެމްބަރު 22 ގައި ކޮލަމްބިއާގެ ހުޅަނގު އުތުރު ސަރަޙައްދުގައިވާ ޔަރޫމަލް އިން ހައްޔަރު  ކުރި ބައެކެވެ. މިމީހުންނަކީ އެމެރިކާއަށް ނިސްބަތްވާ ބައެއް ކަމުން އެމީހުން ވަނީ އެމެރިކާއަށް ފޮނުވާލާފައެވެ. ލެވް ތާހޯރު އަކީ 1980 ގެ އަހަރުތަކުގައި އުފެދިފައިވާ ދީނީ ޔަހޫދީ ޖަމާއަތެކެވެ. މި ޖަމާއަތުގެ މީހުން ކެނެޑާ، އެމެރިކާ، މެކްސިކޯ، ގުއަޓެމާލާ، އަދި އިސްރާއީލްގައި ދިރިއުޅެއެވެ. މި ސެކްޓުން ސަލާމަތްވި މީހުން ބުނާ ގޮތުގައި އެމީހުންގެ ތެރޭގައި ކުޑަކުދިންނާ ގަދަކަމުން ކައިވެނި ކުރުވުމާއި، އަނިޔާކުރުމާއި، ސިއްޙީ ފަރުވާ ނުދިނުމާއި، އަދި އެކަށީގެންވާ ކާނާ ކާން ނުދިނުމުގެ މައްސަލަތައް ހިމެނެއެވެ. މިމީހުންގެ އަންހެނުންނަކީ ކަޅު ހެދުމުގައި ނިވާކޮށްފައި ބައިތިއްބާ ބައެކެވެ. މި ޖަމާއަތުގެ މީހުން ކޮލަމްބިއާއަށް އައިސްފައިވަނީ އޮކްޓޯބަރު މަހުގައެވެ. އެމީހުންގެ މަޤްޞަދަކީ ދީނީ މަރުކަޒެއް ޤާއިމުކުރުމަށް ރަށްފުށުގެ ސަރަހައްދަކުން ބިމެއް ހޯދުމެވެ. ލެވް ތާހޯރުގެ ޢަމަލުތަކާ މެދު މީޑިއާއިން ވަނީ ގިނަ ދުވަސްތަކެއް ވަންދެން ބަހުސް ކޮށްފައެވެ. ކޮލަމްބިއާގެ މި ނިންމުމަކީ މި ސެކްޓްގެ ޖަރީމާތަކާ މެދު ބައިނަލްއަޤްވާމީ ފެންވަރުގައި ބެލެމުންދާ މައްސަލަތައް ދައްކުވައިދޭ ކަމެކެވެ. އަދި ނުރައްކަލަށް ހުށަހެޅިފައިވާ ކުދިން ބައިނަލްއަޤްވާމީ ގޮތުން ހިމާޔަތްކުރުމުގައި ސަރުކާރުތަކަށް ކުރިމަތިވާ ގޮންޖެހުންތައް ވެސް ހާމަކޮށްދޭ ކަމެކެވެ.

ގުޅުންހުރި ޚަބަރު