ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
އެސްފީނާއިން ސަލާމަތް ވާން އޮރިޔާން ފިލްމު ކުޅުނު މީހެއްގެ ފޮޓޯ ޖަހައިފި
ދުނިޔެ

އެސްފީނާއިން ސަލާމަތް ވާން އޮރިޔާން ފިލްމު ކުޅުނު މީހެއްގެ ފޮޓޯ ޖަހައިފި

އއިބްރާހީމްް ސަމީރު3 ޑިސެމްބަރު 2025
އިންޑިއާގެ ކަރްނާޓަކާގެ ދަނޑުވެރިއަކު ވަނީ އޭނާގެ ކަފަ ދަނޑުތައް އެސްފީނާ ޖެހުމުން ސަލާމަތް ކުރުމަށް، ކުރިން އޮރިޔާން ފިލްމު ކުޅުނު ސަނީ ލިއޯންގެ ފޮޓޯތައް ދަނޑުގައި ބަހައްޓާފައެވެ. މިހާރު ސަނީ ލިއޯނަކީ އިންޑިއާގެ ބޮލީވުޑްގެ މަޝްހޫރު ތަރިންގެ ތެރޭގައި ހިމެނޭ މީހެކެވެ. ދަނޑުވެރިޔާ އޭނާގެ ދަނޑުގެ އެކި ހިސާބުތަކުގައި ސަނީ ލިއޯންގެ ބޮޑެތި ޕޯސްޓަރުތައް ބެހެއްޓުމުން  އެކަމަށް ގިނަ ބަޔެއްގެ ސަމާލުކަން ލިބިފައި ވެއެވެ. މި ދަނޑުވެރިޔާ ބުނަނީ އޭނާގެ މަޤްޞަދަކީ އޭނާގެ ދަނޑު އެސްފީނާގެ ނުބައިކަމުން ސަލާމަތް ކުރުމެވެ. އެހިސާބުގެ މަގުތަކުން ދަތުރު ކުރާމީހުންނަށް ސަނީ ލިއޯންގެ ފޮޓޯތައް ވަނީ ގަޔާވާ މަންޒަރުތަކެއް ކަމަށް ވެފައެވެ. އިންޑިއާ ދަނޑުވެރިން އެސްފީނާއާއި ކާޅުން ސަލާމަތް ކުރުމަށް އެކި އުކުޅުތައް ބޭނުން ކުރެއެވެ. ނަމަވެސް މިއީ އޮރިޔާން ފިލްމު ކުޅުނު މީހެއްގެ ފޮޓޯ ބޭނުން ކުރި ފުރަތަމަ ފަހަރެވެ.

ގުޅުންހުރި ޚަބަރު