ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
މަޝްހޫރު ރެސްލަރ ހަލްކް ހޯގަން މަރުވި ސަބަބާ މެދު ޝައްކު
ދުނިޔެ

މަޝްހޫރު ރެސްލަރ ހަލްކް ހޯގަން މަރުވި ސަބަބާ މެދު ޝައްކު

އއިބްރާހީމްް ސަމީރު3 ޑިސެމްބަރު 2025
އެމެރިކާގެ މަޝްހޫރު ރެސްލިންގ ލެޖެންޑް ހަލްކް ހޯގަން މަރުވި ހަގީގީ ސަބަބާ މެދު ބޮޑު ބަހުސެއް އުފެދިއްޖެއެވެ. އޭނާގެ ރަޙްމަތްތެރިޔާ އަދި ރެސްލަރ ރިކް ފްލެއަރ ބުނެފައިވަނީ ހޯގަން މަރުވީ މަސްތުވާތަކެތި ބޭނުންކުރުމުގެ ސަބަބުން ކަމަށެވެ. ނަމަވެސް ހޯގަންގެ އަންހެނުން ވަނީ މި ވާހަކަތައް ދޮގުކޮށްފައެވެ. އޭނާގެ އަސްލު ނަމަކީ ޓެރީ ބޮލިއާ އެވެ. ހަލްކް ހޯގަން އަކީ ގައްޑާވާން ވެގެން އޭނާ ބޭނުން ކުރާ ނަމެކެވެ. ރަސްމީކޮށް ހާމަކޮށްފައިވާ ގޮތުގައި ހޯގަން މަރުވީ 24 ޖުލައި 2025 ގައި އެވެ. އނާ މަރުވީ ގޭގައި އިންދާ ހިތް ހުއްޓި ގެންނެވެ. އޭނާ ކެންސަރު ބަލި ލޫކީމިއާ އަށް ވެސް ފަރުވާ ހޯދަމުން ދިޔައެވެ. ނަމަވެސް، ރެސްލަރ ރިކް ފްލެއަރ ވަނީ 'ޑަބަލް 3 ކަވަރޭޖް' ޕްރޮގްރާމެއްގައި ތަފާތު ވާހަކައެއް ބުނެފައެވެ. އޭނާ ބުނީ ހޯގަން މަރުވުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން އޭނާއާ ވާހަކަ ދައްކާފައިވާ ކަމަށެވެ. އަދި، ޑޮކްޓަރުން އޭނާއަށް ތަދުކަނޑުވާ ބޭސް ދިނުން ހުއްޓާލުމުން، މަސްތުވާތަކެއްޗަށް ބަރޯސާވާން ނިންމީ ކަމަށް ބުންޏެވެ. ކުރީގެ ރެސްލަރ ރިކް ފްލެއަރ ބުނީ ހޯގަން ވަނީ ކަރުގެ އޮޕަރޭޝަނަކާއި، ބުރިކަށީގެ 10 އޮޕަރޭޝަނާއި، ދެ ކަކުލުގެ އޮޕަރޭޝަނާއި، އުނަގަނޑުގެ ދެ އޮޕަރޭޝަން ކޮށްފައެވެ. ޑޮކްޓަރުން އިތުރު ތަދުކަނޑުވާ ބޭސް ދިނުން ހުއްޓާލުމުން، އޭނާއަށް ތަދަށް ކެތް ނުކުރެވުނު ކަމަށާއި، އެހެންކަމުން މަގުމަތިން މަސްތުވާތަކެތި ގަންނަމުން ދިޔައީ ކަމަށެވެ.

ގުޅުންހުރި ޚަބަރު