ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
ކްލާސްރޫމް ގައި ބޭނުންކުރާ އޭއައި އެޕްތަކުން ކުދިން ޕޯން ސައިޓްތަކަށް ވައްދާ
ދުނިޔެ

ކްލާސްރޫމް ގައި ބޭނުންކުރާ އޭއައި އެޕްތަކުން ކުދިން ޕޯން ސައިޓްތަކަށް ވައްދާ

އއިބްރާހީމްް ސަމީރު5 ޑިސެމްބަރު 2025
ޔޫކޭގެ ސްކޫލްތަކުގެ ކްލާސްރޫމްގައި ބޭނުން ކުރާ އޭއައި އެޕްލިކޭޝަންތަކަކީ ކުދިންނަށް ސީރިއަސް ނުރައްކާތަކެއް ކުރިމަތިކުރުވާ އެއްޗެއްކަން ތދިރަސާއެއްގައި ހާމަވެއްޖެއެވެ. 5ރައިޓްސް ފައުންޑޭޝަން އިން ހެދި ތަހުގީގެއްގައި ދައްކާ ގޮތުގައި، މި އެޕްތައް ބޭޢނުން ކުރާ ކުދިން އެޕް ބޭނުންކުރާތާ ދުވަސް ކޮޅަކަށް ފަހު ޕޯން ސައިޓްތަކަށް ވަނުމަށް މަގުފަހި ކޮށްދެއެވެ. ދިރާސާއަށް ފާހަގަވީ އެންމެ ބޮޑު ކަންބޮޑުވުމަކީ، އޭއައި އެޕްތަކުން ކުދިންނަށް ގެއްލުންދެނިވި ކޮންޓެންޓްތަކަށް ހުށަހަޅާ ކަމެވެ. 5ރައިޓްސް ފައުންޑޭޝަނުން ބުނާ ގޮތުގައި މި އެޕްތަކަކީ ހަމައެކަނި ތަޢުލީމީ ޓޫލްތަކެއް ނޫނެވެ. އެއީ ނުރައްކަލުގެ ހީލަތްތެރި ދާތަކެއް ކަމަށެވެ. މީގެ އިތުރުން، ބައެއް އެޕްތަކުން ޔޫކޭގެ ކުޑަކުދިންގެ ރައްކާތެރިކަމާ ބެހޭ ހެލްޕްލައިންތަކަށް ގުޅުވައި ދިނުމުގެ ބަދަލުގައި އެމެރިކާގެ ހެލްޕްލައިންތަކަށް ކުދިންނަށް މަގުދައްކާކަން ވެސް ފާހަގަވިއެވެ. މިކަމުގެ ސަބަބުން ކުދިންނަށް ކުއްލި ހާލަތްތަކުގައި ލިބެންޖެހޭ އެކަށީގެންވާ އެހީތެރިކަން ލިބުމަށް ހުރަސް އެޅެއެވެ. ޕްރައިވެސީއަށް އަރައިގަތުމާއި ނޭދެވޭ މައުލޫމާތު ދިނުން
  • ރިޕޯޓުގައިވާ ގޮތުން، ގިނަ އެޕްތަކުން ކުދިންގެ އަމިއްލަ މައުލޫމާތު އެއްކޮށް، އެ މައުލޫމާތު 3 ވަނަ ފަރާތަކަށް ވިއްކައެވެ.
  • އަދި އޭއައި އެޕްތަކުން ބައެއް ފަހަރު އޮޅުވާލާ ނުވަތަ ނުރައްކާތެރި ނަސޭހަތްތައް ވެސް ކުދިންނަށް ދެއެވެ. މިކަންކަމުގެ ސަބަބުން ކްލާސްރޫމްތަކުގައި އޭއައި ބޭނުންކުރުމަށް އޮންނަ އިތުބާރު ގެއްލެއެވެ.
ތަޢުލީމީ ދާއިރާގައި އޭއައި ބޭނުންކުރުން ދަނީ ހަލުވިކަމާއެކު އިތުރުވަމުންނެވެ. އުނގަންނައި ދިނުމަށާއި ހޯމްވޯކްގެ އެހީތެރިކަމަށް ސްކޫލްތަކުން މި ޓޫލްތައް ބޭނުންކުރަމުން ދާއިރު، ކުޑަކުދިންގެ ރައްކާތެރިކަމަށް ވަކާލާތުކުރާ ފަރާތްތަކުން ބުނަނީ، މި ޓޫލްތައް ބޭނުންކުރަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ހުންނަ ނުރައްކާތަކާ އެއްފަދަ ނުރައްކަލަށް ކުދިން ހުށަހަޅާ ގޮތަށެވެ. ރިޕޯޓުގައި ބުނެފައި ވަނީ ކުދިންނަކީ ތަޖުރިބާކޮށް ބެލުމަށް ބޭނުންކުރާ 'ޓެސްޓް ސަބްޖެކްޓްސް' އަކަށް ހަދައިގެން ނުވާނެ” ކަމަށެވެ.

ގުޅުންހުރި ޚަބަރު