ދިވެހި|English 9 ޖުލައި 2026 · 05:10
Top banner
Advertisement
އިޒްރޭލު ޢުދުވާނަކީ މަދަނީންނަށް ދިން ޓެރަރިސްޓް ޙަމަލައެއް
ދުނިޔެ

އިޒްރޭލު ޢުދުވާނަކީ މަދަނީންނަށް ދިން ޓެރަރިސްޓް ޙަމަލައެއް

އއިބްރާހީމްް ސަމީރު19 ސެޕްޓެމްބަރު 2024
ލުބުނާންގައި އިޒްރޭލުން ދިން ޓެރަރިސްޓް ހަމަލައަކީ، ޓެކްނޮލޮޖީގެ ދާއިރާއިން ދުނިޔެ ސިއްސުވާލި ޓެރަރިސްޓް ހަމަލާއެކެވެ. ތިން ހާސް މީހުން ޒަޚަމް ކޮށްލި މި ހާދިސާއަކީ، ޓައިވާންގެ ސެމީކޮންޑަކްޓަރ އުފައްދާ ފަރާތްތަކާއި އިޒްރޭލުން ގުޅިގެން ސައިބާ ޓެރަރިޒަމް ހިންގާ ކަމުގެ ހެއްކެކެވެ. ލުބުނާންގެ އިންޓަރނެޓްގެ ބަލިކަށިކަމުން ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްޙީ ދާއިރާގެ އެހެން ފަރާތްތަކުން އަދިވެސް އެމީހުންގެ މަސައްކަތަށް ޕޭޖަރު ބޭނުން ކުރެއެވެ. ލުބުނާންގައި އިޒްރޭލުން ދިން ޓެރަރިސްތް ހަމަލާގައި ބޭނުން ކޮށްފައި ވަނީ ޓައިވާންގެ ނިއު ޓައިޕޭ ސިޓީގައި ގާއިމްވެފައިވާ ގޯލްޑް އެޕޯލޯ ކޯ ލިމިޓެޑުން އުފައްދާފައިވާ ޕޭޖަރެކެވެ. ގޯލްޑް އެޕޯލޯ އާރް-924 މަރުކާގެ މި ޕޭޖަރުގެ ބެޓެރީގައި 50 ގްރާމުގެ ގޮވާތަކެތި އެއްކޮށްފައި ބަހައްޓައި އެއްފަހަރަކާ އެތަކެތި ގޮއްވާލީއެވެ. ގޯލްޑް އެޕޯލޯއިން ލުބުނާނަށް 10 ހާސް ޕޭޖަރު ސަޕްލައިކޮށްފައި ވެއެވެ. މި ހަމަލަ ދޭނެ ކަމުގެ މަޢުލޫމާތު އެމެރިކާގެ ޖާސޫސީ އިދާރާތަކަށް އޮތީ ލިބިފައެވެ. ބެއިރޫތުގައި ހުންނަ އެމެރިކަން ޔުނިވަރސިޓީގެ ޑޮކްޓަރުންނާއި ނަރުހުން ބޭނުންކުރާ ޕޭޖަރުތައް ޙަމަލާގެ ދިހަ ދުވަސްކުރިން އަތުލާފައި ވެއެވެ. އިޒްރޭލުގެ މި ޢަމަލަކީ ގާނޫނީ ފަރާތްތަކުން ބުނާ ގޮތުގައި ހަނގުރާމައިގެ ޖަރީމާއެކެވެ. ޖިނާއީ ދާއިރާގެ ވަކީލުން ބުނާ ގޮތުގައި މިއީ ކޯޕަރޭޓް ޓެރަރިޒަމްގެ ޢަމަލެކެވެ. އިޒްރޭލުން ދިން ޓެރަރިސްޓް ހަމަލާގައި 17 އަށް ވުރެ ގިނަ މީހުން މަރުވެފައިވެއެވެ. އެންމެންނަކީވެސް މަދަނީންނެވެ. އޭގެ ތެރޭން އެންމެ ހަގު ކުއްޖާއަކީ 9 އަހަރުގެ އަންހެން ކުއްޖެކެވެ. ޕޭޖަރު އުފައްދާ ކުންފުނިން އުފައްދާފައިވަނީ އެމެރިކާގެ ބްރޭންޑެއް ކަމަށްވާ މޮޓޮރޯލާ ކުންފުނީގެ ބްރޭންޑެކެވެ. އެހެންވެ މި ކަމުގައި އެމެރިކާގެ އަތެއްވާ ކަމަށްވެސް ބެލެވެއެވެ. ތައިވާންގެ ކުންފުނި، ގޯލްޑް އެޕޯލޯގެ ބާނީ ސޫ ޗިންގ ކުއާން ބުނެފައި ވަނީ އިޒްރޭލުގެ ޖާސޫސީ އިދާރާ މޮސާޑުން އެކުންފުނި ބަދުނާމު ކޮށްފައިވާ ކަމަށާއި އެކަމަށްޓަކައި އިޒްރޭލާ ދެކޮޅަށް އެތައް ބިލިއަން ޑޮލަރުގެ ދައުވާއެއް ވައްދާނެ ކަމަށެވެ. އެމެރިކާގެ މަސްއޫލުވެރިންނާ މި ކަމުގައި ސުވާލު ކުރުމުން ވަނީ ބޯ ދަމައިގެންފައެވެ.

ގުޅުންހުރި ޚަބަރު