އިންޖިނިއަރސް އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން އިތުރު ކޮށްފިއެވެ.
އެ މިނިސްޓްރީން ވިދާޅުވެފައިވަނީ މިއީ ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެކަމުގައި ޝާމިލުވާ ފަރާތްތަކުން ކޮށްދެއްވާ ބުރަ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ދޭ އެވޯޑެއް ކަމަށެވެ.
އިންޖިނިއަރސް އެވޯޑު އަށް ކުރިމަތިލުމުގެ އިތުރުކުރި މުއްދަތު ހަމަވާނީ އޮގަސްޓު މަހުގެ 27 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށެވެ.
މި އަހަރުގެ އިންޖިނިއަރުންގެ އެވޯޑު 10 ގިންތިއަކުން ދިނުމަށް މި މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ.
އެއީ:
އިންޖިނިއަރ އޮފް ދަ އިޔަރ
ލައިފްޓައިމް އެޗިވްމަންޓް އެވޯޑް
ޔަންގް އިންޖިނިއަރ އެވޯޑް
ވިމެން އިން އިންޖިނިއަރިންގ އެވޯޑް
އިންޖިނިއަރިންގ އިނޮވޭޝަން، ޓެކްނޮލޮޖީ، އެޑިއުކޭޝަން އެންޑް ރިސަރޗް އެވޯޑް
ސަސްޓެއިނަބިލިޓީ ޗެމްޕިއަން އެވޯޑު
އިންޖިނިއަރިންގ ކޮންސަލްޓަންޓް / ކޮންސަލްޓަންސީ ފާރމް އޮފް ދަ އިޔަރ އެވޯޑު
ސްޓޫޑަންޓް އިނޮވޭޓަރ އެވޯޑު
ކޮމިއުނިޓީ އިމްޕެކްޓް އެވޯޑު
ކޮންޓްރެކްޓަރ އޮފް ދަ އިޔަރ އެވޯޑް
ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ 'އިންޖިނިއަރސް އެވޯޑު ދިނުމާ ގުޅޭ އުސޫލު' ގައި ބަޔާންކޮށްފައިވާ ޝަރުތުތައް ހަމަވާ ފަރާތްތަކުން މި އެވޯޑަށް ނަން ހުށަހެޅޭނެއެވެ.





