ދިވެހި|English Aug 20, 2026 · 13:06
Top banner
Advertisement
އެސްޓީއޯ ހެލްތު ކެއަރ އިން ޕޮކެޓް ސައިޒްގެ ސްކޭން މޮޑެލްތަކެއް ތަޢާރަފް ކޮށްފި
News

އެސްޓީއޯ ހެލްތު ކެއަރ އިން ޕޮކެޓް ސައިޒްގެ ސްކޭން މޮޑެލްތަކެއް ތަޢާރަފް ކޮށްފި

ހިރި ނިއުސްހިރި ނިއުސްAug 20, 2026

އެސްޓީއޯ ހެލްތު ކެއަރ އިން ޕޮކެޓް ސައިޒްގެ ސްކޭން މޮޑެލްތަކެއް ތަޢާރަފް ކޮށްފިއެވެ. މިއީ އަލްޓްރާ ސައުންޑް ސްކޭން މެޝިން އުފެއްދުމުގައި ދުނިޔޭގެ މަޝްހޫރު ބްރޭންޑެއް ކަމުގައިވާ GE Healthcare އިން އަލަށް ބާޒާރަށް ނެރެފައިވާ ޕޯޓަބަލް އަލްޓްރާސައުންޑްގެ މޮޑެލް، 'V Scan' ގެ މޮޑެލް އެކެވެ. ހޮޓެލް ޖެންގައި ރޭ ބޭއްވި ހަފްލާގައި މިޑިވައިސް ތަޢާރަފް ކޮއްދެއްވީ، އެސްޓީއޯގެ ސީއީއޯ އަދި އެމްޑީ، ޝިމާދު އިބްރާހިމާއި، GE Healthcare  ގެ ދެކުނު އޭޝިއާގެ ސޭލްސް ހެޑް ޖަގްދިޝް ބާބޫ އެވެ.

ސްކޭންގެ ޚިދުމަތް ދެވެމުންއައި ގޮތް، ކްލިނިކް ތަކުގެ ކޮންސަލްޓޭޝަން ރޫމްތަކުން ނުކުމެ، ޕޭޝަންޓާ ވީހާވެސް ކައިރިން ޚިދުމަތް ދިނުމުގައި، އަލަށް ތަޢާރަފް ކުރެވުނު މިމޮޑެލްތަކުން ވަރަށް ބޮޑު ދައުރެއް އަދާކުރާނެއެވެ. އަދި ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި، ކުދިކުދި ރަށްރަށަށް މިޙިދުމަތް ފުޅާކުރުމުގައި މިއީ ލިބިގެންދާ ވަރަށް ބޮޑު ފުރުސަތެއް ކަމުގައި އެސްޓީއޯގެ ހެލްތުކެއަރ ޓީމުން ގަބޫލުކުރާ ކަމަށްވަނީ ވިދާޅުވެފައެވެ. މިމޮޑެލް ތަކުން އެޕަލް އަދި އެންޑްރޮއިޑްގެ ފޯނާއި ލެޕްޓޮޕަށް ގުޅާލެވި، ސްކޭންކުރާ އިމޭޖްތައް DICOM  ސްޓޭންޑަޑް ގައި ޝެއަރ ކުރެވޭނެއެވެ.

ސްކޭން މެޝިންގެ ބްރޭންޑު ތަކުގެ ތެރެއިން  GE Healthcare  އަކީ ރޭޑިއޮލޮޖިސްޓުންގެ މެދުގައި މަގްބޫލު ބްރޭންޑެކެވެ. ރާއްޖޭގެ ސިއްޙީ ޙިދުމަތްދޭ ހޮސްޕިޓަލްތަކުގައި މިހާރުވެސް ފުޅާދާއިރާއެއްގައި ބޭނުންކުރަމުން އަންނަ މި ބްރޭންޑުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރ އަކީ އެސްޓީއޯއެވެ. އަދި މިބްރޭންޑުގެ މެޝިނަރީސްގެ އަފްޓަރ ސޭލްސް ސަރވިސް ހަރުދަނާކޮށް ދެމެހެއްޓެނިވި ގޮތެއްގައި ދިނުމުގެ ގޮތުން އެސްޓީއޯގެ ބަޔޯމެޑިކަލް ޓީމުންވަނީ GE Healthcare ގެ ކޮންމެ މޮޑަލިޓީއަކަށް ހާއްސަ އިންޖިނިއަރެއް ތަމްރީނުކޮށް، މަސައްކަތަށް ނެރެފައެވެ. މިގޮތުން އެމް.އާރު.އައި ، ސީޓީ، މެމޮގްރަފީ،އަދި އަލްޓްރާ ސައުންޑް ފަދަ ކޮންމެ މޮޑަލިޓީއަކަށް ސެޓިފައިޑް އިންޖިނިއަރުންގެ ޓީމެއް އޮތް އިރު، މިޓީމުގައި ދިވެހި އަންހެން އިންޖިނިއަރުން ތިބިކަން އެއީ އެސްޓީއޯއިން ފާހަގަކުރާ ކަމެއް ކަމަށްވަނީ އެކުންފުނީން ވަނީ ވިދާޅުވެފައެވެ.

މި ޑިވައިސް އަކީވެސް އެސްޓީއޯއިން ރާއްޖޭގެ ސިއްޙީ ދާއިރާގެ ކުރިއެރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، މިދާއިރާއަށް ޚާއްސަ އީޖާދީ އުފެއްދުންތައް ދިވެހީންނާ ހަމައަށް ގެނެސްދިނުމަށް ކެނޑިނޭޅި ކުރަމުން އަންނަ މަސައްކަތަށް ލިބުނު ކާމިޔާބީއެކެވެ.

-ޚަބަރާއި ފޮޓޯ އެސްޓީއޯ

 

Related News