ޚަބަރު

ސްރީލަންކާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، މިއަދު މާލެވަޑައިގެންފިއެވެ. މިއީ ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދަޢުވަތަކަށް، ކުރެއްވި ފުރަމާނަ ދަތުރުފުޅެކެވެ. ރައީސްގެ ދެކަނބަލުން މިދަތުރުފުޅުކީ މޭ މަހުގެ 3 އިން 6 އަށް ކުރެއްވި ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރަސްމީ ބައްދަލުވުންތަކާއި، ރަސްމިއްޔާތުތަކުގެ އިތުރުން، މުޖުތަމައާ ގުޅުންހުރި އެކި ދާއިރާތަކުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ....