ޚަބަރު
ދިވެހި ނޫސްވެރިން ކުރަމުންދަނީ ޤައުމީ މުހިންމު މަސައްކަތެއް ކަމަށް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުއްލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ނޫސްވެރިންގެ މިނިވަންކަމުގެ ދުވަހުގެ ތަހުނިޔާ ނޫސްވެރިންނަށް ފޮނުއްވަމުން އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރައްޔިތުންނަށް ޞައްޙަ މަޢުލޫމާތު ފޯރުކޮށްދެއްވުމަށް ނޫސްވެރިން ކުރައްވަނީ ބުރަމަސައްކަތެއް ކަމަށެވެ. މުޖުތަމަޢު ހޭލުންތެރު ކުރުމަށް ނޫސްވެރީން ކުރާ މަސައްކަތަކީ ޝުކުރު ޙައްޤު މަސައްކަތެއް ކަމަށް ވެސް ވިދާޅުވެފައިވެއެވެ. “ ރައްޔިތުންނަށް ޞައްޙަ މަޢުލޫމާތު ފޯރުކޮށްދިނުމުގަޔާއި، މުހިންމު ޤައުމީ....

