ރިޕޯޓް
ޑރ. އޭ.ޕީ.ޖޭ. ޢަބްދުލް ކަލާމަކީ އިންޑިއާގެ ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާގައި އެންމެ ފާހަގަކޮށްލެވޭ އެއް ޝަޚްޞިއްޔަތެވެ. ވަރަށް އާދައިގެ މުސްލިމު ޢާއިލާއަކަށް އުފަންވެވަޑައިގެންނެވި ޢަބްދުލް ކަލާމަކީ ކުޑައިރު ނޫސްވިއްކަން އުޅުނު ކުއްޖެކެވެ. ފަހުން އެއީ ވަރަށް މޮޅު ސައިންސްވެރިއެކެވެ. އިންޑިއާގެ 11 ވަނަ ރައީސެވެ. އިންޑިއާގެ ދިފާޢީ އަދި ފަޒާގެ ދާއިރާއަށް ކޮށްދެއްވާފައިވާ އަގުނުކުރެވޭފަދަ ޚިދުމަތްތަކުގެ ސަބަބުން އެމަނިކުފާނު މަޝްހޫރުވެފައިވަނީ ”މިސައިލް މޭން އޮފް އިންޑިއާ“ ގެ ނަމުންނެވެ. ޑރ.....

