މި ހާދިސާއަކީ ކެރެލާ ސްޓޭޓްގެ ކާސަރްގޯޑްގައި ހިނގައިފައިވާ ހާދިސާއެކެވެ. ހާދިސާގެ ބަޠަލުންނަކީ އަބްދުﷲ އާއި އޭނާގެ އަނބި ޚަދީޖާއެވެ. މި ދެމަފރިން ވަނީ ދީނުގެ ނަމުގައި މުސްލިމުންނާ އެހެން ދީންތަކުގެ މީހުންގެ މެދުގައި ފިތުނަ އުފައްދަން އުޅޭ މީހުންނަށް ނަމޫނާ ދައްކާފައެވެ.
ޢަބްދުﷲ އާއި ޚަދީޖާ ގެ ދެމަފިރިން ހިންދޫ އަންހެން ކުއްޖާ ބަލައި ބޮޑު ކުރަން ފެށީ އެކުއްޖާގެ އުމުރުން 10 އަހަރުން ފެށިގެންނެވެ. އެ ދެމަފިރިންގެ ގޭގައި އެކުއްޖާ ބަލައި ބޮޑު ކުރީ އެމީހުންގެ ދަރިއަކާ އެއްފަދައިންނެވެ. ތަފާތު ކުރުމަކާ ނުލައެވެ.
އުމުރުން 10 އަހަރުގައި ރާޖޭޝްވަރީ ގެ މަންމައާއި ބައްޕަ މަރުވިއެވެ. އެމީހުންނަކީ އަބްދުﷲގެ އާއިލާގެ ޚިދުމަތުގައި އުޅުނު ބައެކެވެ.
އަބްދުﷲ އައިލާއިން ރާޖޭޝްވަރީ ބަލައިބޮޑުކޮށްފައި ވަނީ އޭނާގެ ދީނަށް އިހުތިރާމުކޮށް ދީނަށް ބިނާކޮށް އޭނާއާ ތަފާތުކުރުމަކާ ނުލައެވެ.
އުމުރުން 10 އަހަރުގެ ރާޖޭޝްވަރީގެ މައިންބަފައިން މަރުވިއިރު އޭނާ ބަލާނެ ބަޔަކު ނުވިއެވެ.

ޢަބްދުﷲ އާއި ޚަދީޖާ ވަނީ އޭނާ ދަރިއެއް ކަމަށް ބަލައިގެން އެމީހުންގެ އަމިއްލަ ތިން ފިރިހެންދަރިންނާ އެކު ރާޖޭޝްވަރީ ވަރަށް ލޯތްބާއި އިޙްތިރާމާއެކު ބޮޑުކޮށްފައެވެ.
ޢަބްދުﷲ އާއި ޚަދީޖާގެ އެންމެ މުހިންމު ސިފައަކަށް ވެގެންދިޔައީ، އެމީހުންގެ ދަރިއެއް ކަމުގައި ވީނަމަވެސް، ރާޖޭޝްވަރީގެ ދީން ބަދަލުކުރުމަށް ނުވަތަ އޭނާގެ ނަން ބަދަލުކުރުމަށް ނުވަތަ އޭނާގެ އަޤީދާއަށް ބަދަލެއް ގެނައުމަށް ބަރު ނޭޅުމެވެ. އޭނާގެ އަމިއްލަ ދީނީ އަޤީދާގައި ހުރުމުގެ ފުރިހަމަ މިނިވަންކަން ދީގެންނެވެ.
ރާޖޭޝްވަރީ ކައިވެނި ކުރުމުގެ އުމުރަށް އެޅުމުން ޢަބްދުﷲ އާއި ޚަދީޖާ ވަނީ އޭނާއަށް ހިންދޫ ޒުވާނެއް ކަމަށްވާ ވިޝްނޫ ޕްރަސާދު ހޯދައިދީފައެވެ. ކައިވެނީގެ ހުރިހާ ކަމެއް ކުރިއަށް ގެންދިޔައީ ހިންދޫ ދީނުގެ އާދަތަކާއި އުސޫލުތަކާ އެއްގޮތަށް، ފައްޅިއެއްގައެވެ. ވެޑިކް މަންތްރާތައް ކިޔައި، ހުރިހާ ރަސްމިއްޔާތެއް ފުރިހަމަ ކުރުމާ އެކުގައެވެ.
މުސްލިމުން ކަމުގައި ވީނަމަވެސް، ޢަބްދުﷲ އާއި ޚަދީޖާ ވަނީ ފައްޅީގައި ކައިވެނިކުރި ދެމަފިރިންނާއެކު އެކު އެކަމުގައިވެސް އުލެފައެވެ.
އިންޑިއާ މުސްލިމުންނަކީ އެމީހުންގެ ފުށުން އެހެން މީހުންނަށް އުދަގޫ ކުރާ ބަޔެއް ނޫނެވެ.






