ޓިކްޓޮކްގެ އެމެރިކާގެ އޮޕަރޭޝަންގައި ޓްރަމްޕްގެ މަސްލަހަތު

އިބްރާހީމްް ސަމީރު
ޑިސެމްބަރ 19, 2025

ޓިކްޓޮކްގެ އެމެރިކާގެ އޮޕަރޭޝަން ވިއްކާލަނީ އިޒްރޭލާ ގާތް ގުޅުމެއް އޮންނަ އޮރެކަލްގެ ސިލްވަރ ލޭކް ކުންފުންޏަށާއި އަބޫދާބީގެ ސޮވަރިން އޭއައި ފަންޑް އެމްޖީއެކްސް އަށެވެ.  މި އެއްބަސްވުމުގައި ސޮއި ކުރާނީ 22 ޖެނުއަރީ 2026 ގަ އެވެ.

އެތެރޭގެ މެމޯއެއްގައިވާ ގޮތުން އާ އިންވެސްޓަރު ގްރޫޕުގެ މިލްކުވެރިއަކަށް ވާނީ އެމެރިކާއާއި ޔޫއޭއީންނެވެ. މި ދެ ފަރާތަށް 50 ޕަސެންޓު ލިބޭނެއެވެ. މިހާރުގެ އޯނަރު ބައިޓްޑާންސްގެ އިންވެސްޓަރުންނާ ގުޅުން ހުރި ކުންފުނިތަކަށް 30.1 ޕަސެންޓެވެ. އަދި ޗައިނާގެ ބައިޓްޑާންސް ކުންފުންޏަށް 19.9 ޕަސެންޓުގެ މައިނޯރިޓީ ހިއްސާ އެކެވެ.

އެމެރިކާގެ މަގްސަދަކީ މި އައު ނިޒާމުގެ ދަށުން އެމެރިކާގެ ޔޫޒަރުންގެ ޑޭޓާ ރައްކާތެރިކޮށް ޓިކްޓިކްގެ ކޮންޓެންޓް އެމެރިކާ ބޭނުންވާ ގޮތަށް ސެންސަރު ކުރުމެވެ. މި ސެންސަރު ކުރުން އޮންނާނީ ޓިކްޓޮކްގެ އެލްގޮރިޒަމް އާ ގުޅެގެން، ބޭނުން ނުވާ ޒާތުގެ ވާހަކަތައް ޔޫޒަރުންނަށް ނުފެންނަ ގޮތަށް ބްލޮކް ކޮށްގެންނެވެ.

މި އެއްބަސްވުމަކީ އެމެރިކާގެ ގައުމީ ސަލާމަތަށް ކަންބޮޑުވުން އޮތް ޑީލެއް ކަމަށް ކޮންގްރސް މެމްބަރު އެލިޒަބަތު ވޮރެން ބުނެއެވެ.

އަނެއްކޮޅުން މި ޑީލަކީ ތްރަމްޕް އާއިލާއަށް ފަހިވާނެ ޑީލެކެވެ. ޓރަމްޕް އާއިލާއަކީ ޔޫއޭއީގެ ޖާސޫސީ އިދާރާގެ ވެރިޔާ ތަހުނޫން ބިން ޒާއިދު އިސްކޮށް ހުންނަ އެމްޖީއެކްސްގެ ބައިވެރިއެވެ. ދެބައި މީހުންނަކީ ކްރިޕްޓޯގެ ދާއިރާގައި ޑީލްކުރާ ފަރާތްތަކެކެވެ. އަދި އަބޫދާބީ ފަންޑުން ވަނީ ރައީސް ޓްރަމްޕްގެ އެކުވެރިންނާ ގުޅިފައިވާ އެމެރިކާގެ ޓެކްނޮލޮޖީ މަޝްރޫއުތަކަށާއި ޓްރަމްޕް އާއިލާއާ ގުޅިފައިވާ ވެންޗާތަކަށް ވެސް އިންވެސްޓްކޮށްފަ އެވެ.

TikTok Sells U.S. Unit to Oracle and Abu Dhabi’s MGX Amid Trump-Linked Investment Ties

މި ލިޔުމާ ގުޅޭ