ޓްރަމްޕާ ހެދި ގްރީންލެންޑްގެ ނަން ބަދަލުކޮށްފާނެ ބާ؟

އިބްރާހީމްް ސަމީރު
ޖެނުއަރީ 11, 2026

އެމެރިކާ ރައީސް ޓްރަމްޕް މާބޮޑަށް ގްރީންލެންޑާ ދާވައިގެން އުޅޭތީ އެކަމުން އޭނާގެ ޚިޔާލު ބަދަލު ކޮށް މާޔޫސްކުރުމަށް ތަފާތު އުކުޅެއް ގެންގުޅުމަށް މީހުން ދަނީ މީސްމީޑިއާގައި ގޮވާލަމުންނެވެ. އަދި އެއް ބަޔަކު ބުނަނީ މިއީ މި ހާލަތަށް އެކަށީގެންވާ ޚިޔާލެއް ކަމަށެވެ.

މީހުން ހުށަހަޅާ ޚިޔާލަކީ ގްރީންލެންޑްގެ ނަން ބަދަލު ކުރާށެވެ.

އުމުރު ހަމަ ނުވާ އަންހެން ކުދިން އެމެރިކާގެ ވެރިންނަށް ހޯދައިދިން ދައްލާލް ޖެފްރީ އެޕްސްޓީން އަކީ ޓްރަމްޕަށް އަތްގާތް ކޮށްދިން ރަހުމަތްތެރިއެއްވެސް މެއެވެ.

މީހުން ބުނަނީ ގްރީންލެންޑްގެ ނަން އެޕްސްޓީން އައިލެންޑަށް ބަދަލުކޮށްފިނަމަ ޓްރަމްޕް ލަދުންވެސް އެކަމާ ނޫޅޭނެ ކަމަށެވެ. ނަމަވެސް އެހެން ބަޔަކު ބުނަނީ ޓްރަމްޕަކީ ލަދު ބެއްސެވި ދުވަހު އެއްވެސް ގޮތަކަށް ލަދު ހޯދަން ސަފުގައި ހުއްޓި ހުރި މީހެއް ނޫން ކަމުން އޭނާގެ ކިބައިގައި ލަދުގެ ކަންފުޅެއްވެސް ނުހުންނާނެ ކަމަށެވެ.

މި ލިޔުމާ ގުޅޭ