އީރާނުގެ ވެރިކަން ބަދަލުކުރުމަށް ކުލީ ސިފައިން މަސައްކަތް

އިބްރާހީމްް ސަމީރު
ޖެނުއަރީ 11, 2026

2026 ވަނަ އަހަރުގެ ކުރީކޮޅު އީރާނުގެ އިސްލާމީ ޖުމްހޫރިއްޔާގައި ހިނގަމުންދާ މުޒާހަރާތަކާ އެކު، އީރާނުގެ އެންމެ ފަހުގެ ރަސްގެފާނުގެ ދަރިކަލުން ރިޒާ ޕަހްލަވީގެ ނަން އަނެއްކާވެސް ވަނީ ސިޔާސީ މައިދާނުގައި ގަދަވެފައެވެ. އީރާނުގެ އިދިކޮޅު ފަރާތްތަކާއި، ބޭރު ގައުމުތަކުގައި ދިރިއުޅޭ އީރާނުގެ ރައްޔިތުން އަދި ދައުލަތުގެ މީޑިއާގައި ވެސް ”ޕްރޮޖެކްޓް ރިޒާ ޕަހްލަވީ“ އަކީ މިއަދު އެންމެ ބޮޑަށް ބަހުސް ކުރެވޭ އެއް މައުޟޫއެވެ.

1979 ވަނަ އަހަރުން ފެށިގެން ގައުމުން ބޭރުގައި ދިރިއުޅޭ ރިޒާ ޕަހްލަވީ އަމިއްލައަށް ސިފަކުރަނީ އީރާނަށް ޑިމޮކްރެޓިކް ބަދަލެއް ގެނައުމަށް މަސައްކަތްކުރާ ލީޑަރެއްގެ ގޮތުގައެވެ. 2025 ވަނަ އަހަރު އޭނާ ވަނީ އިޒްރޭލާ އެމެރިކާގެ ބައެއް ޖަމާއަތްތަކުގެ އެހީތެރިކަމާއެކު ”އީރާން ޕްރޮސްޕެރިޓީ ޕްރޮޖެކްޓް“ އިފްތިތާހު ކުށފައެވެ. މި މަޝްރޫއުގެ ދަށުން އީރާނުގެ އިގްތިސާދު އިސްލާހުކުރުމާއި، ސިޔާސީ މިނިވަންކަން ގާއިމުކުރުމާއި، އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް އެމެރިކާ ބޭނުންވާ ތަފްސީލީ ޕްލޭންތަކެއް ވަނީ ހުށަހަޅާފައެވެ.

ނަމަވެސް، މި މަސައްކަތަކީ ބޭރުގެ ބާރުތަކުން، ހާއްސަކޮށް އެމެރިކާ އާއި އިސްރާއީލުން އަޑީގައި ތިބެގެން ހިންގާ ”ޕަޕެޓް“ ނުވަތަ ބޭރުގެ ނުފޫޒު އޮތް ހަރަކާތެއްގެ ގޮތުގައި ގިނަ ބަޔަކު ތުހުމަތު ކުރެއެވެ. 2025 ވަނަ އަހަރުގެ ފަހުކޮޅު ބައެއް މީޑިއާން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިސްރާއީލުން ވަނީ އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ސޯޝަލް މީޑިއާގައި ޕަހްލަވީގެ މަގުބޫލުކަން އިތުރުކުރުމަށް ކެމްޕޭންތަކެއް ހިންގާފައެވެ. މީގެ އިތުރުން، 2023 ވަނަ އަހަރު އޭނާ ގުދުސްއަށް ކުރި ޔަހޫދީ ޒިޔާރަތާއި އިސްރާއީލަށް ކުރާ ތާއީދުގެ ސަބަބުން، އޭނާއަކީ ހުޅަނގުގެ މަސްލަހަތު ހިމާޔަތްކުރަން އަންނަ މީހެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.

އީރާނުގެ މިހާރުގެ ސަރުކާރާ ދެކޮޅު މީހުންގެ މެދުގައި ވެސް ޕަހްލަވީއާ މެދު އޮތީ ބައިބައިވުމެވެ. ގިނަ އެކްޓިވިސްޓުން ގަބޫލުކުރާ ގޮތުގައި، ޕަހްލަވީގެ އާއިލީ ތާރީޚުގައި އޮތް އަމިއްލަ އެދުމާއި ހުދުމުޚުތާރު ވެރިކަމުގެ ހިޔަނި އަދިވެސް ފިލައިގެން ނުދެއެވެ. އަދި އޭނާ ގައުމުން ބޭރުގައި ފަންސާހަކަށް އަހަރު ހޭދަކޮށްފައިވުމުން، ގައުމުގެ އެތެރޭގެ ހަގީގީ ހާލަތު އޭނާއަށް ނޭނގޭނެ ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެއެވެ.

ޖުމްލަގޮތެއްގައި، ”ޕްރޮޖެކްޓް ރިޒާ ޕަހްލަވީ“ އަކީ އީރާނުގެ މުސްތަގުބަލާ މެދު ކުރެވޭ  ބަހުސެކެވެ. މިފަދަ ބޭރުގެ ނުފޫޒު އޮތް މަޝްރޫއުތަކުގެ ސަބަބުން އީރާނަށްހުރަސް އެޅިދާނެ ކަމުގެ ބިރު މިއަދު ވަނީ ބޮޑުވެފައެވެ.

 

މި ލިޔުމާ ގުޅޭ