އީރާނަކީ އަމއިްލައަށް ފައިމައްޗަށް ތެދުވާން ދަންނަ ގައުމެއް

އިބްރާހީމްް ސަމީރު
ޖެނުއަރީ 11, 2026

ހުޅަނގުގެ ގައުމުތަކުން ބޭނުންކުރާ ގިނަ ޓެކްނޮލޮޖީ ޕްލެޓްފޯމްތަކަށް ބަލާއިރު، އީރާނުން ވަނީ އެ ގައުމުގެ އަމިއްލަ ވަސީލަތްތައް ބޭނުންކޮށްގެން އެފަދަ ހިދުމަތްތައް އުފައްދާފައެވެ. އީރާނުގައި އަމިއްލަ އެމެޒޯން، އޫބާ އަދި ނެޓްފްލިކްސް ފަދަ ވަރުގަދަ ޕްލެޓްފޯމްތައް ހުރިއިރު، މިއީ ހަމައެކަނި ކޮޕީކޮށްގެން އުފައްދާފައިވާ އެއްޗެއް ނޫނެވެ. މި ޕްލެޓްފޯމްތަކަކީ އީރާނުގެ އެތެރޭގައި ތިބި ގާބިލު އިންޖިނޭރުންނާއި ސައިންސްވެރިންގެ ބުރަ މަސައްކަތުން އުފައްދާފައިވާ، ފުރިހަމައަށް މަސައްކަތްކުރާ ނިޒާމުތަކެކެވެ.

މި ކުރިއެރުމުގެ ފަހަތުގައި ވަނީ އީރާނުގެ ވަރުގަދަ ޓެކްނިކަލް ޔުނިވަރސިޓީތަކެވެ. ދުނިޔޭގެ ފެންވަރުގެ ސައިންސްވެރިންނާއި އިންޖިނޭރުން އުފައްދާ މި މަރުކަޒުތަކުގެ ސަބަބުން، ބޭރުގެ އެހީއާ ނުލައި އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ގާބިލުކަން އެ ގައުމަށް ވަނީ ލިބިފައެވެ. ވަކިން ހާއްސަކޮށް، އީރާނުގެ ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިން އަދި މެތަމެޓިކްސް ސްޓެމްސް ގެ ދާއިރާތަކުގައި އަންހެނުން އަދާކުރާ ދައުރު ވަރަށް ބޮޑެވެ.

އީރާނުގެ މި ހާލަތަކީ ހަމައެކަނި ދީނާއި ސެކިއުލަރިޒަމް ނުވަތަ ޑިމޮކްރަސީއާއި ޑިކްޓޭޓަރޝިޕާ ދެމެދު އޮތް މައްސަލައެއް ނޫނެވެ. މިއީ ފާއިތުވި 40 އަހަރު ދުވަހުގެ ތެރޭގައި، ބޭރުގެ ފިއްތުންތަކާއި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުގައި އޮވެ، އެ މުޖުތަމައު ތަރައްގީވެ، ހޭލުންތެރިވެފައިވާ މިންވަރު ދައްކުވައިދޭ ކަމެކެވެ. ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އީރާން ބަލިކަށިނުވީ، އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ނިޒާމެއް އެ ގައުމުން ބިނާކޮށްފައިވާތީއެވެ.

ނަމަވެސް، މިހާރު އުފެދޭ އެންމެ ބޮޑު ސުވާލަކީ މި ތައުލީމީ އަދި ގާބިލު ޖީލުގެ ކުރިމަގާ މެދުގައެވެ. އަމިއްލަ ނަފްސަށް އިތުބާރު އޮތް، ހުނަރުވެރި މި ޖީލުން ބޭނުންވަނީ އަބަދު އެކަހެރިވެފައި ތިބުމަށްތޯ ނުވަތަ ދުނިޔެއަށް ހުޅުވާލެވިފައިވާ އާ ބާބެއް ފެށުމަށްތޯ މިއީ މިއަދު އީރާނުގެ އެތެރޭގައި އުފެދިފައިވާ އެންމެ ބޮޑު ބަހުސެވެ. މައްސަލައަކީ އެމެރިކާއާއ އެމެރިކާގ ދަރިކުރުމުގެ ފިޔަވަޅުތަކެވެ،

މި ލިޔުމާ ގުޅޭ