ބަނގްލަދޭޝްގެ އިންތިޚާބާ ދިމާކޮށް އިސްލާމީ ޕާޓީތަކުން ތައްޔާރުވާން ފަށައިފި

އިބްރާހީމްް ސަމީރު
ޖެނުއަރީ 14, 2026

2024 ވަނަ އަހަރުގެ އުތުރިއެރުމުގައި އޭރުގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަގާމުން ދުރުކުރި ފަހުން ބާއްވާ ފުރަތަމަ އާންމު އިންތިޚާބަށް ބަނގްލަދޭޝް ތައްޔާރުވަމުންދާއިރު، އެ ގައުމުގެ އިސްލާމީ ޖަމާއަތްތަކުން ފާއިތުވި ދިހަވަރަކަށް އަހަރު ތެރޭގައި ކުރާ އެންމެ ވަރުގަދަ ސިޔާސީ މަސައްކަތްތައް ފަށައިފިއެވެ. ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބުގައި އެންމެ އިސް ދައުރެއް އަދާކުރަނީ އެ ގައުމުގެ އެންމެ ބޮޑު އަދި އެންމެ ރޭވުންތެރި އިސްލާމީ ޕާޓީ ކަމަށްވާ ޖަމާއަތޭ އިސްލާމީއެވެ.

ކުރިން މަނާކޮށްފައި އޮތް ޖަމާއަޓޭ އިސްލާމީން މިހާރު ދަނީ ރަސްމީ ސިޔާސީ މައިދާނަށް އަލުން ނުކުތުމަށް ތައްޔާރުވަމުންނެވެ. އެގޮތުން އެ ޕާޓީން ވަނީ އެކި އިސްލާމީ ގްރޫޕްތަކާއި، 2024 ގެ މުޒާހަރާތަކުގެ ތެރެއިން އުފެދުނު ދަރިވަރުންގެ ހަރަކާތެއް ކަމަށްވާ ނޭޝަނަލް ސިޓިޒަން ޕާޓީ (އެން.ސީ.ޕީ) އާއެކު އިއްތިހާދެއް އުފައްދާފައެވެ. ނަމަވެސް، މި އިއްތިހާދުން ހަމައެކަނި ފިރިހެން ކެންޑިޑޭޓުން ނެރުމަށް ނިންމުމާ ގުޅިގެން ބައެއް އަންހެނުން ވަނީ އިހުތިޖާޖުކޮށް އެކަމުން ވަކިވެފައެވެ.

ޝައިޚް ހަސީނާގެ 15 އަހަރުވީ ވެރިކަމުގައި އިސްލާމީ ހަރަކާތްތަކާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އެޅިއެވެ. އެގޮތުން 1971 ގެ ހަނގުރާމައިގެ ކުށްތަކުގެ ތުހުމަތުގައި ޖަމާއަތުގެ އިސް ލީޑަރުންތަކެއް ދަންޖައްސައި މަރާލާފައިވާއިރު، އެތައް ސަތޭކަ ހަނގުރާމަވެރިންނެއް ވަނީ ހައްޔަރުކޮށް ނުވަތަ މަރާލާފައެވެ. އަދި އެ ދުވަސްވަރު އިސްލާމީ ޕާޓީތަކަށް އިންތިޚާބުތަކުގައި ބައިވެރިވުން އޮތީ މަނާކޮށްފައެވެ.

ހަސީނާ ފިލައިގެން އިންޑިއާއަށް ވަޑައިގަތުމަށްފަހު، އިސްލާމީ ގްރޫޕްތަކުން ދަނީ އެމީހުންގެ ފިކުރާ ދެކޮޅު ކަންކަން މަނާކުރުމަށް ބާރުއަޅަމުންނެވެ.

މި ލިޔުމާ ގުޅޭ