ހަތިޔާރާއެކު ވަދެ ބޮޑެތި ގެއްލުންތަކެއް ދީފި

އިބްރާހީމްް ސަމީރު
ޖެނުއަރީ 20, 2026

ޕާކިސްތާނުގެ ޒަރުދު ޣުލާމް ޖާން މަންގޯޗަރ ގްރިޑް ސްޓޭޝަނަށް ވަދެ، ސެކިއުރިޓީ ބަލަހައްޓާ މުވައްޒަފުންނާއި ކުއެޓާ އިލެކްޓްރިކް ސަޕްލައި ކޮމްޕެނީ (ކުއެސްކޯ) ގެ މުވައްޒަފުން ހިފަހައްޓައި، ކޮންޓްރޯލް ރޫމާއި އެހެނިހެން ތަކެއްޗަށް ގެއްލުން ދިނުމުގެ ޢަމަލެއް 20 އަށްވުރެ ގިނަ ޓެރަރިސްޓުްނ ހިންގައިފިއެވެ.

ކުއެސްކޯގެ އިސްވެރިން މައުލޫމާތު ދެއްވި ގޮތުގައި، 132 ކިލޯވޯޓުގެ ގްރިޑް ސްޓޭޝަނަށް ހަމަލާދިން މީހުން ވަނީ ސެކިއުރިޓީ ބަލަހައްޓާ މީހުނ އަތުން ބަޑި އަތުލައި، މުވައްޒަފުންނަށް ބަޑިން ދައްކައި ބިރުދައްކައި، ގްރިޑް ސްޓޭޝަނުގެ އެތެރެއަށް ބަޑި ޖަހައި، ކޮންޓްރޯލް ރޫމާއި، ހައި-ޕަވަރ ޓްރާންސްފޯމަރ އަދި އެހެނިހެން މުހިންމު އިލެކްޓްރިކަލް ސާމާނަށް ގެއްލުންދީފައެވެ.

މުވައްޒަފުންނާއި ސެކިއުރިޓީ ބަލަހައްޓާ ފަރާތްތައް ވަކި މުއްދަތެއް ވަންދެން ހިފަހައްޓުމަށްފަހު، ހަމަލާދިން މީހުން ވަނީ އެމީހުންގެ ފުރާނައަށް ގެއްލުމެއް ލިބިދާނެ ކަމުގެ އިންޒާރުދީ، ވަގުތުން އެތަނުން ފުރައިގެން ދިއުމަށް އަންގާފައެވެ. އެއަށްފަހު މުވައްޒަފުންނާއި ސެކިއުރިޓީ ބަލަހައްޓާ ފަރާތްތައް ވަނީ ރައްކާތެރިކަމާއެކު އެތަނުން ފިލާފައެވެ.

މި ހާދިސާއާ ގުޅިގެން ކުއެސްކޯގެ އިސްވެރިން ވަނީ ލޯކަލް ފުލުސް ސްޓޭޝަނަށް މައްސަލަ ހުށަހަޅައި، ހަމަލާދިން ފަރާތްތަކާ ދެކޮޅަށް އެފްއައިއާރު ހުށަހަޅާފައެވެ. މީގެ އިތުރުން، ކުޗްލަކް ބައިޕާސް ކައިރީގައި ހުންނަ 132 ކިލޯވޯޓުގެ ޔާރޯ އިންޑަސްޓްރިއަލް ޓްރާންސްމިޝަން ލައިނަށްވެސް ވަނީ ވައު ބޭނުންކޮށްގެން ޓެކްނިކަލް މައްސަލަތަކެއް ކުރިމަތިކޮށްދީފައެވެ.

ލޯކަލް އެޑްމިނިސްޓްރޭޝަނާއި ފުލުހުންނާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ގާތްގަނޑަކަށް 700 މީޓަރުގެ ކަރަންޓު ވައިރާއި އެހެނިހެން އިލެކްޓްރިކަލް ތަކެތި ވަގަށް ނަގާފައިވާކަން ވަނީ ފާހަގަކުރެވިފައެވެ.

މި ލިޔުމާ ގުޅޭ