ދުނިޔޭގެ ސިޔާސީ މަސްރަހަށް އަންނަމުންދާ ބަދަލުތަކާއި ޕާކިސްތާނުގެ ދާޚިލީ ބަލިކަށިކަމުގެ ފައިދާ ނަގައި، އެ ގައުމުގެ ސިފައިންގެ ފަރާތުން ދައުލަތުގެ މައްޗަށް އޮތް ބާރު 2025 ވަނަ އަހަރު އިތުރަށް ވަރުގަދަކޮށްފި ކަމަށް ބުނެ، އީސްޓް އޭޝިއާ ފޯރަމްގައި ބަހުސްކޮށްފިއެވެ. އެ ފޯރަމްގެ ބަހުސްގެ ރިޕޮޓްތަކުގައިވާ ގޮތުން، ކުރިން އޮތް ހައިބްރިޑް ނިޒާމުގެ ބަދަލުގައި މިހާރު ގައުމުގެ ހިންގުން ވަނީ ސީދާ ސިފައިންގެ ބާރުގެ ދަށަށް ގޮސްފައެވެ.
ޕާކިސްތާނުގެ ގާނޫނުއަސާސީއަށް ގެނެވުނު 27 ވަނަ އިސްލާހާއެކު، އާމީ ޗީފް އާސިމް މުނީރު ވަނީ ފީލްޑް މާޝަލްގެ މަގާމަށް އުފުލާފައެވެ.
އަލަށް އުފެއްދި ’ޗީފް އޮފް ޑިފެންސް ފޯސަސް‘ ގެ މަގާމާއެކު، ހުރިހާ ސާވިސްތަކެއްގެ މައްޗަށް ބާރު ހިންގުމާއި، އިސް މަގާމުތަކަށް އައްޔަންކުރުންތަކުގެ ބާރުގެ އިތުރުން އުމުރަށް ދައުވާ ނުކުރެވޭނެ ފަދަ އިމްތިޔާޒުތަކެއް އޭނާއަށް ވަނީ ލިބިވަޑައިގެންފައެވެ.
މިއީ 2024 ވަނަ އަހަރު ގެނައި 26 ވަނަ އިސްލާހަށްފަހު، ޕާލަމެންޓާއި ފަނޑިޔާރުގޭގެ މިނިވަންކަން ކުޑަކުރުމަށް އެޅުނު ފިޔަވަޅެކެވެ.
ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން އަދިވެސް ހުންނެވީ ސިޔާސީ މަގްސަދެއްގައި ކުރެވިފައިވާ ދައުވާތަކެއްގެ ދަށުން ޖަލުގައެވެ. އޭނާގެ ސަޕޯޓަރުން ވޮޝިންގްޓަންގައި ކުރި ލޮބީ މަސައްކަތްތަކަށް ކާމިޔާބީއެއް ނުލިބުނީ، އެމެރިކާއާއި ޕާކިސްތާނުގެ ގުޅުން ބަދަހިވަމުން ދިއުމާ ގުޅިގެންނެވެ.
ޚާއްސަކޮށް 2025 ވަނަ އަހަރުގެ މެއި މަހު އިންޑިއާއާއި ޕާކިސްތާނާ ދެމެދު ހިނގި ކުރިމަތިލުންތަކަށްފަހު، ހަނގުރާމަ ހުއްޓާލުމުގެ ނިންމުންތަކާއެކު ޕާކިސްތާނުގެ ސިފައިންނަށް ބައިނަލްއަގުވާމީ މައިދާނުގައި އިތުރު ބާރެއް ލިބުނެވެ.
ޕާކިސްތާނުގައި ޓެރަރިޒަމްގެ ހަމަލާތައް ފާއިތުވި ދިހަ އަހަރު ތެރޭގައި ނުދާހާ މައްޗަށް، ގޮސްފައި ވެއެވެ:
- ތެރަރިޒަމް ވަނީ 34 އިންސައްތައަށް އުފުލިފައެވެ. ޚާއްސަކޮށް ބަލޮޗިސްތާނާއި ޚައިބަރް ޕަޚްތޫންޚުވާ ސަރަހައްދުގައި ހަރަކާތްތެރިވާ ޓީޓީޕީ ފަދަ ޖަމާއަތްތަކުގެ ނުރައްކާ ވަނީ ބޮޑުވެފައެވެ.
- އެމެރިކާއާއި ޗައިނާ އަދި ރަޝިޔާގެ ވާދަވެރިކަމުގެ ތެރޭގައި، މަދުން ނޫނީ ނުފެންނަ މައުދަނުތަކާއި ޓެރަރިޒަމާ ދެކޮޅު މަސައްކަތްތަކުގައި ޕާކިސްތާނުގެ ބޭނުންތެރިކަން ބޮޑުވުމުން، އެ ގައުމުގެ ޑިމޮކްރަސީއަށް އަންނަ ހީނަރުކަމަށް ބައިނަލްއަގުވާމީ މުޖުތަމައުން ދޭ ސަމާލުކަން ވަނީ ކުޑަވެފައެވެ.
އީސްޓް އޭޝިއާ ފޯރަމްގައި ކޮށްފައިވާ ތަހުލީލުގައި އިންޒާރު ދީފައިވާ ގޮތުގައި، ޕާކިސްތާނުގައި މިހާރު ފެންނަން އޮތް ހަމަޖެހުމަކީ ބޮޑެތި ބާރުތަކުގެ ރުހުމާއި އަސްކަރީ ބާރުވެރިކަމުގެ މައްޗަށް ބިނާވެފައިވާ ވަގުތީ ހަމަޖެހުމެކެވެ. ރައްޔިތުންގެ މެދުގައި އޮތް ނުތަނަވަސްކަން ގޯސްވެއްޖެނަމަ، ގައުމު އިތުރު ހަލަބޮލިކަމެއްގެ ތެރެއަށް ވެއްޓުމުގެ ފުރުސަތު ބޮޑުކަމަށް ފާހަގަކޮށްފައިވެއެވެ.






