ސައުދީ އަރަބިއްޔާއިން ޖަމަލުތަކަށް 'ޕާސްޕޯޓު' ތައާރަފުކޮށްފި

އިބްރާހީމްް ސަމީރު
ފެބްރުއަރީ 6, 2026

ސައުދީ އަރަބިއްޔާގެ ސަރުކާރުން ބައިނަލްއަގުވާމީ ފެންވަރުގައި ޖަމަލުތަކަށް ހާއްސަ ’ޕާސްޕޯޓެއް‘ ދޫކުރަން ފަށާނެކަން އިއުލާނުކޮށްފިއެވެ. މި މަޝްރޫއު ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ސައުދީގެ އެންވަޔަރަންމަންޓް، ވޯޓަރ އެންޑް އެގްރިކަލްޗަރގެ ނައިބު ވަޒީރު މަންސޫރު އަލް މުޝައިތީއެވެ.

ސައުދީ ކަމާބެހޭ އިދާރާތަކުން ހާމަކުރި ގޮތުގައި، މި ޕާސްޕޯޓަކީ ޖަމަލުތައް ދެނެގަތުމަށާއި ޖަމަލާގުޅޭ ކަންކަން އިންތިޒާމުކުރުމަށް ބޭނުންކުރެވޭނެ ރަސްމީ ލިޔުމެކެވެ. މިއީ ޖަމަލުތަކުގެ މައުލޫމާތު އެއްކުރެވިފައިވާ ފުރިހަމަ ލިޔުމެއްގެ ގޮތުގައި ބޭނުންކުރެވޭނެ އެއްޗެކެވެ.

މި ޕާސްޕޯޓުގައި ޖަމަލުގެ މައިކްރޯޗިޕް ނަންބަރާއި، ޕާސްޕޯޓު ނަންބަރު އަދި އުފަން ތާރީހު ހިމެނޭނެއެވެ. މީގެ އިތުރުން ޖަމަލުގެ ނަމާއި، ނަސްލާއި، ޖިންސާއި، ކުލައިގެ އިތުރުން އުފަންވީ ތަނުގެ މައުލޫމާތު ވެސް މި ޕާސްޕޯޓުގައި ހިމެނޭނެއެވެ. އަދި ޖަމަލު ދެނެގަތުމަށްޓަކައި އޭގެ ފޮޓޯވެސް ޕާސްޕޯޓުގައި ހިމެނުމަށް ވަނީ ނިންމާފައެވެ.

ސައުދީ އަރަބިއްޔާގެ ގައުމީ ތަރިކައިގެ ގޮތުގައި މިހާތަނަށް 2.2 މިލިއަން ޖަމަލު ރަޖިސްޓްރީ ކުރެވިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މީގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ޖަމަލު ރަޖިސްޓްރީ ކުރެވިފައިވަނީ ރިޔާޒް ސަރަހައްދުގައެވެ. އެ ސަރަހައްދުގައި އެކަނިވެސް 6.5 މިލިއަނަށްވުރެ ގިނަ ޖަމަލު ރަޖިސްޓްރީ ކުރެވިފައިވާ ކަމަށް ސައުދީގެ އޮފިޝަލުން މައުލޫމާތު ދެއެވެ.

މި ލިޔުމާ ގުޅޭ