އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ކުރީގެ ރައީސް ބަރަކް އޮބާމާ އާއި އަނބިކަނބަލުން މިޝޭލް އޮބާމާ ރާމާމަކުނުގެ ގޮތުގައި ސިފަކޮށްފައިވާ ވީޑިއޯއެއް އާންމުކުރެއްވުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ އިސް ބޭފުޅުންގެ ފާޑުކިޔުންތައް އަމާޒުވެއްޖެއެވެ.
ޓްރަމްޕްގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ ”ޓްރޫތް ސޯޝަލް“ ގައި އާންމުކުރި އެއް މިނެޓުގެ މި ވީޑިއޯ ނިމޭކޮޅުގައި، އޮބާމާގެ ދެމަފިރިންގެ މޫނު ރާމާމަކުނުތަކެއްގެ މޫނުގެ ގޮތުގައި ގާތްގަނޑަކަށް އެއް ސިކުންތަށް ފެނިގެންދެއެވެ. މި ވީޑިއޯގައި 2020 ވަނަ އަހަރުގެ އިންތިޚާބު އޮޅުވާލާފައިވާ ކަމަށް ބުނާ ތިއަރީތަކަށް ތާއީދުކޮށް ވާހަކަދައްކާފައިވެއެވެ.
މި ވީޑިއޯއާ ގުޅިގެން ކެލިފޯނިއާގެ ގަވަރުނަރު ގަވިން ނިއުސަމް ވަނީ ވަރަށް ބޮޑަށް ޓްރަމްޕް ކުށްވެރި ކުރައްވާފައެވެ. ނިއުސަމްގެ މީޑިއާ އޮފީހުން އެކްސްގައި ބުނެފައިވަނީ، ”މިއީ ރައީސެއްގެ ފަރާތުން ފެނިގެންވާނެ ވަރަށް ފަކުރުގަންނަ ފަދަ އަމަލެއް“ ކަމަށާއި، ހުރިހާ ރިޕަބްލިކަން ބޭފުޅުންވެސް މިކަން ވަގުތުން ކޮންޑެމް ކުރަންޖެހޭނެ ކަމަށެވެ.
އޮބާމާގެ ވެރިކަމުގައި ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ އިސް މަގާމެއް ފުރުއްވި ބެން ރޯޑްސް ވެސް ވަނީ މިކަމަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވި ގޮތުގައި، ކުރިމަގުގައި އެމެރިކާގެ ރައްޔިތުން އޮބާމާގެ އާއިލާއަކީ އެންމެން ލޯބިވާ ބައެއްގެ ގޮތުގައި ބަލާނެ ކަމަށާއި، ނަމަވެސް ޓްރަމްޕް ބެލެވޭނީ ބޯގޯސް އެމެރިކާގެ ތާރީޚުގައި ޖެހުނު ލަދުވެތި ސިއްކައެއްގެ ގޮތުގައެވެ.
2025 ވަނަ އަހަރުގެ ކުރީކޮޅު އަލުން ވެރިކަމަށް ވަޑައިގަތުމަށްފަހު، ޓްރަމްޕް ގެންދަވަނީ ސޯޝަލް މީޑިއާގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ފޭކް ވީޑިއޯތައް ގިނައިން ހިއްސާކުރައްވަމުންނެވެ. މީގެ ކުރިންވެސް އޮބާމާ ހައްޔަރުކޮށް ޖަލު ހެދުމުގައި ހުންނަ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ޓްރަމްޕް ވަނީ އާންމުކުރައްވާފައެވެ. ބައެއް މީހުން ބުނަނީ ޓްރަމްޕަކީ އަލްޒައިމާ ޖެހިފައިވާ ބޯ ހަމަނުޖެހޭ މޮޔައެއް ކަމަށެވެ.






