- ބަންގްލަދޭޝްގެ އިންތިޚާބުގައި ގިނަ އަދަދެއްގެ މީހުން ވޯޓުލާން ނިކުމެއްޖެއެވެ.
- ސިޔާސީ ގޮތުން ގައުމު ހަލަބޮލިވެފައިވާ ދަނޑިވަޅެއްގައި ކުރިއަށްދާ މި އިންތިޚާބުގައި ސަލާމަތީ ކަންކަން ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ.
- ޚާއްޞަކޮށް ޒުވާނުންނާއި އަލަށް ވޯޓުލާ މީހުންގެ ގިނައިން ބައިވެރިވުން މިފަހަރުގެ އިންތިޚާބުގައި ވަރަށް ބޮޑެވެ.
- ޝެއިޚް ހަސީނާގެ ޚުދުމުޚުތާރު ވެރިކަން ނިމުމަށްފަހު ބާއްވާ ފުރަތަމަ އިންތިޚާބެވެ.
- އިންތިޚާބު ފެށުމުގެ ކުރިން އެމެރިކާގެ ހިންދީންގެ ހަރުކަށި މަދަނީ ޖަމުއިއްތޔާއަކުން މިއީ އިންސާފުވެރި ނޫން އިންތިޚާބެއް ކަމަށް ބުނެ އިންތިޚާބުގެ އަގު ވެއްޓުމަށް ވާހަކަ ދައްކާފައި ވެއެވެ.
- އިންތިޚާބު ނަޒާހަތްތެރި ކަމަށް އަދި ލިބުނު ގިން ރިޕޯޓްތައް ބުނެއެވެ. ނަމަވެސް ބައެއް މަރުކަޒުތަކުގައި ހަމަނުޖެހުން އުޅޭ ކަމަށް ވެސް ރިޕޯޓު ކޮށްފައި ވެއެވެ.
- އިންޑިއާ ފަދަ އަވަށްޓެރި ގައުމުތަކުން މި އިންތިޚާބުގެ ނަތީޖާއަށް ވަރަށް ބޮޑަށް އިންތިޒާރު ކުރަމުންދެއެވެ. އެއީ ޖަމާއަތޭ އިސްލާމީ ކުރި ހޯދާނެ ކަމަށް ބެލެވޭތީއެވެ. ޖަމާއަތަކި އިންޑިއާއަށް ސަޕޯޓު ކުރާ ބައެއް ނޫނެވެ.
- ހަސީނާ ސަރުކާރު ވައްޓާލި ޒުވާނުން ހަދާފައިވާ ސިޔާސީ ޕާޓީ ވަނީ ޖަމާއަތޭ އިސްލާމީއާއެކު ކޯލިޝަން ހަދާފައެވެ.
- އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރަންދެން އެއްވެސް ފަރާތަކުން ކާމިޔާބީގެ ލަފާކުރުންތައް ހާމަނުކުރުމަށް ވަނީ އަންގާފައެވެ.






