ޓްރަމްޕްގެ ޣައްޒާ 'ބޯޑް އޮފް ޕީސް' ގައި ޓޯނީ ބްލެއާ ހިމެނުމުން ފާޑުކިޔުންތައް އަމާޒުވެއްޖެ

އިބްރާހީމްް ސަމީރު
ފެބްރުއަރީ 15, 2026

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޣައްޒާ ބަނޑު ދަށުލުމަށް އުފެއްދެވި ’ބޯޑް އޮފް ޕީސް‘ ގައި އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއާ ހިމެނުމާ ގުޅިގެން އޭނާއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވާން ފަށައިފިއެވެ. މި ބޯޑަކީ ޖެނުއަރީ 2026 ގައި ވައިޓް ހައުސްއިން އިއުލާނުކުރި 20 ނުކުތާގެ ޕްލޭނެއްގެ ދަށުން ޣައްޒާ ޓްރަމްޕްގެ ވިޔަފާރި ކުންފުނިން އަލުން އާބާދުކުރުމުގެ މަސައްކަތް ބެލެހެއްޓުމަށް އުފެއްދި ބޯޑެކެވެ.

މި ބޯޑުގައި ބްލެއާގެ އިތުރުން މާކޯ ރޫބިއޯ، ޖެރެޑް ކުޝްނާ، ސްޓީވް ވިޓްކޮފް، މާކް ރޯވަން، އަޖޭ ބަންގާ އަދި ރޮބަޓް ގެބްރިއަލް ހިމެނިވަޑައިގަންނަވައެވެ. ނަމަވެސް، މި ބޯޑުގައި ފަލަސްތީނުގެ އެއްވެސް މަންދޫބަކު ހިމަނާފައި ނުވާތީ، މިއީ ޣައްޒާގެ ބިން ހިފައި ގައްޒާގެ މުސްތަގުބަލުގެ މައްޗަށް ވޮޝިންޓަނުން ބާރު ފޯރުވައި ފަލަސްތީނުގެ މިނިވންކަމުގެ އަޑު ކަނޑުވާލުމަށް ޔަހޫދީން ކުރާ ކަމެއް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އިރާގް ސުންނާފަތިކޮށްލި ބްލެއާ މި މަގާމަށް އައްޔަންކުރުމާއެކު، 2003 ވަނަ އަހަރުގެ އިރާގު ހަނގުރާމައިގައި އޭނާ އަދާކުރެއްވި ދައުރާ މެދު އުފެދިފައިވާ ބަހުސްތައް އަލުން ވަނީ ފެންމަތިވެފައެވެ. އިނގިރޭސިވިލާތުގެ ޗިލްކޮޓް އިންކުއަރީން ނިންމާފައިވަނީ އިރާގު ހަނގުރާމަ ފެށީ ސުލްހަވެރި ހުރިހާ މަގެއް ބަންދުވުމުގެ ކުރިން ކަމަށެވެ. ނަމަވެސް ބްލެއާ އަދިވެސް ވިދާޅުވަމުން ގެންދަވަނީ އޭނާ އަމަލުކުރެއްވީ އިޚްލާޞްތެރި ނިޔަތެއްގައި ކަމަށެވެ.

މީގެ އިތުރުން، 2007 އިން 2015 އަށް ކުއާޓެޓް އޮންވޯއީގެ ގޮތުގައި ބްލެއާ ކުރެއްވި މަސައްކަތްތަކަށް ވެސް ފަލަސްތީނުގެ އޮފިޝަލުން ވަނީ ފާޑުވިދާޅުވެފައެވެ. އެ ބޭފުޅުން ތުހުމަތު ކުރައްވާ ގޮތުގައި ބްލެއާ ބޮޑަށް ބުރަވެވަޑައިގަންނަވަނީ ޔަހޫދީ ޒަޔަނިސްޓުނާއި އިސްރާއީލުގެ މަސްލަހަތަށެވެ. އަދި އޭނާގެ ’ޓޯނީ ބްލެއާ އިންސްޓިޓިއުޓް ފޯ ގްލޯބަލް ޗޭންޖް‘ (ޓީބީއައި) އަށް އޮރެކަލްގެ ބާނީ ޔަހޫދީ ލެރީ އެލިސަންގެ ފަރާތުން ލިބޭ ބޮޑު މާލީ އިނާޔަތްތަކާ މެދު ވެސް ވަނީ ސުވާލު އުފެދިފައެވެ.

ލެރީ އެލިސަން އަކީ އިސްރާއީލުގެ ދިފާއީ އަދި ޓެކްނޮލޮޖީ ދާއިރާއާއަށް ހޭދަ ކުރާ ޔަހޫދީ ސިފައިންނާ ގާތް ގުޅުމެއް އޮންނަ، އިސްރާއީލަށް ވަރަށް ބޮޑަށް ތާއީދުކުރާ ފަރާތެކެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި އެލިސަންގެ ނުފޫޒާއި ބްލެއާގެ އާ ދައުރުގެ ސަބަބުން، ޣައްޒާ އާބާދުކުރުމުގެ މަސައްކަތް ބައްޓަންވެގެންދާނީ އެ ސަރަހައްދުގެ މީހުން ބޭރުކޮށް ޓްރަމްޕް ބޭނުން ގޮތަށް ބިމުގެ ވިޔަފާރިއާއި ސަލާމަތީ އަދި ޓެކްނޮލޮޖީގެ މަސްލަހަތުތަކަށް އިސްކަންދޭ ގޮތަށެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުންނާއި ސަރަހައްދީ ދިރާސާވެރިން އިންޒާރު ދޭ ގޮތުގައި، ފަލަސްތީނުގެ މާނަހުރި ބައިވެރިވުމެއް ނެތި ކުރިއަށްގެންދާ އެއްވެސް މަސައްކަތަކުން ސަރަހައްދުގެ ހަމަޖެހުން އިތުރަށް ގެއްލުން ނޫން ކަމެއް ނުވާނެއެވެ.

ޓްރަމްޕްގެ ސިޔާސަތަށް މުސްލިމު ގައުމުތަކުން ވަނީ ތާއީދުކޮށް ޓްރަމްޕް ރުއްސަން ޣައްޒާ ވިއްކާލާފައެވެ.

މި ލިޔުމާ ގުޅޭ